"ދިވެހި އެންމެންގެ ޕާޓީ" ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވީ، ދިވެހި އެންމެންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީކޮށްފައި ވަނީ ނުވަ ސިޔާސީ ޕާޓީއެކެވެ. އަދި މި މަހު 25 ވަަނަ ދުވަހު އެމްއާރްއެމް ރަޖިސްޓްރީކުރި ކަމުގެ ސެޓްފިކެޓް ހަވާލު ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަޖްވާ

    ހަނބީބު ހާދަ ޗާލު ގަމީހެކޭ ތުރުކުރައްވައިގެން ހުންނެވީ!

    3
    1
  2. އީސީ

    ކާކައްތަ ހުއްދަ ދިނީ އީސީ ޝަރީފައްތަ

  3. ނަޖްވާ

    މީ އަނެއްކާ ކޮންފަދަ ކަމެއް؟ ޕާޓީ ނެހެދިގެންތަ މި އުޅެނީ!

    2
    1
  4. ނަންހުސްވީތަ

    ދިވެހި އެންމެން ތިޔަ ޕާޓީއަކަށް ޔަގީނުންވެސް ނުވަންނާނެ. ދެން ތިޔަކަހަލަ ނަންނަން ކިޔާކަށްނުވާނެނު. ކޮންމެ ޕާޓީއަކަށްވެސް ވަންނަނީ ދިވެހިން މިހާތަނަށް.

    1
    1
  5. Anonymous

    މަރުހަބަަާ