ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 7 މަސް ބޯޓެއް، އަތުލައިގެންފިއެވެ.

އެމްއެންޑީއެގް އިން ވިދާޅުވީ، މި ހަތް ބޯޓު ފެނިފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅުނު ކަމުގެ މަޢުލޫމާތު މިމަހުގެ 21 ވަނަ ދުވަހުގެ ފަތިހު "އަސުރުމާ – 3" ނަމަކަށްކިޔާ މަސްދޯންޏަކުން ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަންގައި މި ބޯޓުތައް ހިފަަހައްޓާފައި ވަނީ މާލޭގެ އިރުން 175 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި މި ބޯޓުތަކުގެ ތެރެއިން ދެބޯޓެއް ހިފަހައްޓާފައި ވަނީ ދާއަޅައިގެން މަސްވެރިކަން ކުރަމުންދަނިކޮށެވެ

މިހާރު މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެމްއެންޑީފުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަތްދައްތަ

    ލަންކާއަށް އައު ބޮޑުވަޒީރަކު ލިބުމުގެ އުފަލުގައި ކުރަން ފެށިކަމަކީ މީ ދޯ

    2
    2