މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޙާބުގައި އެ ޕާޓީގެ ރައީސް ކަމަށް ވާދަ ކުރެއްވި މުހައްމަދު ނަޝީދު އަށް ނ.ހެނބަދޫ އިން ނޫނެކޭ ބުނެފިއެވެ.

އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރީ ނަޝީދު އެކަންޏެވެ. އެހެންކަމުން ނަޝީދު އެމްޑީޕީގެ ރައީސް ކަމުގައި ހުންނަން ފެނޭތޯ ބަލަން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.

ހެނބަދޫގެ ނަތީޖާ ދައްކާ ގޮތުން 86 މީހަކު ވަނީ ނަޝީދު އެމްޑީޕީގެ ރައީސް ކަމަށް ގެންނަން ނުފެންނަ ކަމަށް ވޯޓް ދީފައެވެ. ނަޝީދު އެމްޑީޕީގެ ރައީސް ކަމަށް ގެންނަން ފެންނަ ކަމަށް ވޯޓް ދިނީ 17 މީހުންނެވެ. ބާތިލް 01 ވޯޓް އެރަށުގެ ވޯޓް ފޮށީގައި އެބައޮތެވެ.

އެހެންކަމުން ހެނބަދޫ އެމްޑީޕީ މެންބަރުންގެ 82.7 އިންސައްތަ މީހުން ވަނީ ނަޝީދަށް ނޫނެކޭ ބުނެފައެވެ. ނަޝީދަށް އާނ ބަސް ބުނީ 16.3 އިންސައްތަ މީހުންނެވެ. ބާތިލް ވޯޓްގެ އިންސައްތަ އަކީ 0.96 އެވެ.

ހެނބަދޫ އެމްޑީޕީ މެންބަރުން ނަޝީދަށް ނޫނެކޭ ބުނި ނަމަވެސް ގިނަ ރަށްރަށުގެ އެމްޑީޕީ މެންބަރުން ގެންދަނީ ނަޝީދު އެމްޑީޕީގެ ރައީސް ކަމަށް ގެންނަން ބޮޑު އިންސައްތަ އަކުން އާނ ބަސް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. އަހުމަދު

    الحمد لله....

    185
    3
  2. ދިވެހި

    الحَمْدُ ِلله

    163
    3
  3. ހުސައިން

    الحمد

    54
    3
  4. ދޮންބެ

    އިބިލީހަށް ނޫނެކޭ ބުނޭ

    78
    3
  5. ޙަހަ

    2018 ވަނަ އަހަރު އިންތިޚާބުގަ ޔާމީނަށް މުޅި ރާއްޖެ ނޫނެކޭ ބުނި. ތިޔަ ލިބުނީ ވާ ވަރަށް ބޮޑު ކުރިއެރުމެއް ނަޝީދުއާއި ދެކޮޅަށް . ޙަޖަމު ނުވެގެން ސީލާބަލަ އިނދިކޮޅު ލާ ދީނީ ބައިގަނޑު.

    19
    84
    • ހޯހޯ

      ލާދީނީ ބައިގަނޑު ތިބީ އިދިކޮޅުގައެއްނޫން. ލާދީނީ ބައިގަނޑަކީ މިސަރުކާރުގައި ތިބި ބައިގަނޑާއި އެބައިގަނޑަށްތާއީދު ކުރާ ތިޔަކަހަލަ ލާދީނީ މީހުން.

      50
      5
    • Anonymous

      90 ހާސް ވޯޓް ޔާމީން އެކަނި. 4 ޕާޓީން ނުކުމެ 140 ހާސް ވޯޓް. އީސީ ޝަރީފު ޕާޓީ، މައުމޫނު ޕާޓީ، ، މަހުޖަނު ޕާޓީ އަދި، ޝޭހުން ބުނެދޭ ﷲ ގެ ބަސްފުޅުތައްނޫން އެހެން ގޮތެއް ހޯދަން އާދޭސްކުރި މީހާ ޕާޓީ. މިވޯޓުގެ ތެރެއިން 1ލައްކަ އަކީ އީސީ ޝަރީފު ދިން ވޯޓް. ފޮނިކަނޑާ ދޮގުހަދާ. އަދިވެސް އިބިލީހާ ދުރުހެން ހީވަނީ ދޯ. ގިނައިން ދޮގުހެދިވަރަކަށް އެސޮރުގެ ރިހުން ލިބޭނެ.

      47
      3
  6. ނަންނުގަތި

    ތިދިޔައިި ހެނބަދޫގެ ދުވަސ. ދެން އެރަށަކަހ އެއްވެސް ކަމެއް ބުއްޅަބެއައް ވެގެންނެއް މި ސަރުކާރަކުން ނުކޮށްދޭނެ.

    74
    1
  7. އިސްމާއީލް

    މުޅި ޤައުމުވެސް ނޫނެކޭ ބުނަންޖެހޭ މީހެެއްއެއީ

    95
    4
  8. އެންދެރި

    ތި ޕާޓީގަ ވޯޓް އޮޅުވާލުމުގެ ސަގާފަތެއް އެބަ އޮތެވެ. ކުރީގެ އެތެރޭގެ އިންތިހާބުތައް ބަލާލަ ބަލާށެވެ.

    64
    6
  9. ސަމީރު

    މރ. ޑޮބައިސީ

    24
  10. ޒަމް

    الحَمْدُ لله

    40
    2
  11. އަހުމަދު

    ވަގުތު ޖެހުމުން މުޅި ރާއްޖޭގެ ރައްޔިތުން ނަޝީދަށް ނޫނެކޭ ބުނާނެ.. ދެން ކޯޓު އަނުރަމުން މިކޮމެންޓް ކުރިފަރާތުގެ އައިޕީ ހޯދާ.. ތިޔައީ ފެށުމެއް

    71
    4
  12. Anonymous

    ސާބަހޭ ހެނބަދޫ ގެ ހިތްވަރު ގަދަ ދަރިންނަށް
    ތިޔަ އަންގާލަދިނީ ދީނާ ކުޅޭ މީހަކަށް ފުރުސަތުނުދޭނެކަން

    84
    4
  13. ނަރެލް

    ތިޔަރަށު މީހުންނަށް ފިސާރި ނުލަފާކަން ދައްކާލާނެ

    57
    5
  14. ރަންގޮމާ

    އަނެއްކާ ކޮންވައްތަރު ޖަމާއަތެއްގެ ބައެއް އުލޭ ރަށެއްބާ!

    33
    10
  15. Anonymous

    ހެނބަދޫން ކުރިޔައް އޮތް ތާނގައި އެމްޑީޕީ އައްވެސް ނޫނެކޭ ބުނާނެ

    68
    6
  16. ޙަސަނު

    އަންނިއަށް ފޭވަރ ކޮށް ވޯޓް ދޭނީވެސް އޭނަ ކަހަލަ މުރުތައްދުން

    66
    3
  17. ފިކުރީ

    މި ވެރިކަން ނިމޭއިރު ދިވެހިރާއްޖޭގެ %99 މީހުން ނޫނެކޭ ބުނާނެ.. ބާކީ ތިބި ލާދީނީ މަދު މީސްކޮޅު އެކަނި ނަޝީދު އަށް ވޯޓު ދޭނީ

    67
    3
  18. ޔުނީކް

    ސާބަހޭ ހެބަނދޫ ... ޢަހަރު މެން ރަށު ރައްޔިތުންގެވެސް ތިކަހަލަ ހެޔޮ ވިސްނުން ހުންނާނެނަ މަ..... ތީ ހަ މަ ސަތޭކައިން އެކެއް ...

    73
    2
  19. ސަމޭދާން ވަލް ވަސަންތީ

    ހެނބަދޫއަށް ދަތިކުރުމުގެ ފިޔަވަޅުނާޅާނެބާ.

    26
  20. Anonymous

    ކުޑަކުޑަ ބައިވެސް މަދު ރަށަކުން ދީނަށް އޮތް ލޯބި ތިޔަ ދައްކާލަދިނީ. މާޝާﷲ
    ހެނބަދޫ އަކީ ނަމޫނާ ރަށެއް .ފަޚްރުވެރި ވަން ނ.އަތޮޅު ހެނބަދޫ އަށްޓަކައި. ﷲ ހެނބަދޫ ގެ ރައްޔިތުންނަށް ރަޙްމަތް ލައްވާށި އާމީން.

    49
  21. އީޖާބޭރާއްޖެ

    ބަލަ ނަން ވާނީ ދިގުރާސްތާ 30 އަހަރު ކުރިމަތލީ އެކަކު ދެން ކޮން ވޯޓެއްލާކައް މީހުން ނައް ކަންދައްކަން ތިޔަ ވޯޓްގައި ބައިވެރި ވިމީހުން ހަމަ ހޭގަތޯ ބަލަން ވީނުންތޯ އެންމެ ފުރަތަމަ

  22. ބޯ ބުރާންތި

    އެމްޑީޕީ ހެނބަދޫ ކުދިންނަކީ ދީނަށް ލޯބިކުރާ ބައެއްކަން ދައްކުވައިދީފި. ބަހާ ޢަމަލާ ދިމާކޮށްފި. ސާބަހޭ ހިޔާ ޖަމިއްޔާގެ ރައީސް ޝިހާމޫ

    7
    1
    • ޕިސް.

      ތިޔަ ޝިހާމަކީ ރަނގަޅު މީހެއް ނޫން.😂

  23. ޑިމޮކް

    ޑިމޮކްރަސީ ކިޔަން މިހާރު ހަނދާންވެއްޖެ ދޯ؟
    ޔާމީނު ސަރުކާރުގައި ޑިމޮކްރަސީ ދަންނަ ވަރުން އިދިކޮޅު ޖަލްސާއަކަށް ޑިމޮކްރަސީ ކިޔަން ތިޔަހުރި ކާނިވާ ނުދިނީ. ބިރުން.
    ޢިދިކޮޅު އެންމެން ޖަލަށްލައިގެންވެސް ވީކަމެއް ހަރާމުން ހަރާން.

  24. ހެބަދޫ

    ހެބަދޫ އެމްޑީޕީ މެމްބަރުންގެ ތި އިސްނެގުމަށް މަރުހަބާ. ހެބަދޫ މެމްބަރުން ނަމޫނާއަކަށްބަލާ އެމްޑީޕީގެ ހުރިހާމެމްބަރުން އެކައްޗެއްކިޔާ މި ޤައުމުގެ ދަރީންގެ ދަރީންގެ ދަރީންނަށް ޓަކައި މިނިވަން އެކުވެރި ތަހުޒީބް ރައްޔަތެއްގެ ގޮތުގައި ޤައުމު ތަރައްގީކުރުމަށް ނަޝީދުކަހަލަ ދޮގުގަދާ ގޮތެއްފޮތެއްނެތް މީހުންނަށް ނޫނެކޭ ބުނަންޖެހޭވަރަށް ނަޝީދު އެމްޑީޕީ މީހުނަށް މިހާރު އެގޭނެ.

    5
    1
  25. ބިޖޫ

    ސާބަހޭ ސާބަހޭ ހެނބަދޫގެ ދަރިންނައް ސާބަހޭ އެގޮތައް ނޫނެކޭބުނެ އެހެންރައްތަކުންވެސް ހަމަވީ ހޫރާލަން ލާދީނިއްޔަތައް ނޫނެކޭބުނެލި ހެނބަދޫގެ ޔައްޔިތުންއައް އަސަރިބަހާސާބަސް ސެލިއުޓް ކުރަން ހެނބަދޫގެ ރައްޔިތުންނައް

  26. ސާބަސް

    ތާރީޚުގައި ނ.ހެނބަދޫގެ ނަން ރަން އަކުރުން ލިއެވިގެން ހިގައްޖެ. މަރުހަބާ.

  27. މަޒީދު

    ނ.ހެނބަދޫ މީހުންނަށްވިސްނޭ.އެމީހުން އުޅޭހެން އުޅެބަލަ.