އިއްޔެ ކުރިޔަށް ގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުން "ވައްކަން" ކޮށްފައިވާ ކަމުގެ ތުހުމަތުތައް އެޕާޓީގެ ބައެއް ފަރާތްތަކުން ކުރަން ފަށައިފިއެވެ.

އިއްޔެ 18:00-14:00 އަށް ކުރިއަށް ގެންދިޔަ އެމްޑީޕީގެ ލީޑާޝިޕް އިންތިޚާބުގައި މިހާތަނަށް ގިނަ ވޯޓް ފޮށިތަކުގެ ވަގުތީ ނަތީޖާތައް ގުނާ ނިމިފައިވާ އިރު، އެ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް ޝިފާޒް އާ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އެމްޑީޕީގެ އިސް ފަރާތްތަކުން ހާމަކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، ޝިފާޒް އާއި އަސްލަމް އާއި ދެމެދު މިހާރުވެސް 2000-3000 ދެމެދުގެ ވޯޓުގެ ފަރަގެއް އެބައޮތެވެ.

އެމްޑީޕީގެ ނައިބު ރައީސް ކަމަށް އަސްލަމް ގެންނަން ތާޢީދުކުރައްވާ ހުރިހާ އިސް އެކްޓިވިސްޓުންނެއް ކަހަލަ ގޮތަކަށް މިހާރު މީސްމީޑިއާގައި ދައުރުކުރަމުންދާ މެސެޖެއްގައި ބުނެފައިވަނީ އިންތިޚާބުގައިވެސް، އަދި ވޯޓުގައިވެސް މައްސަލަތަކެއް ހުރިކަމަށް ޝައްކު ކުރެވޭތީ އެފަދަ މައްސަލަތައް މިވަގުތު ބަލަމުންދާ ކަމަށެވެ. އަދި އެކަހަލަ އެއްވެސް މައްސަލައެއް ހިއްސާކުރަން ބޭނުންވާ ފަރާތެއް ވާނަމަ އެކަން ލަސްނުކޮށް ހިއްސާކުރަން ވަނީ އެދިފައެވެ.

ނައިބު ރައީސް އަކަށް އަސްލަމް ގެންނަން ތާޢީދު ކުރައްވާ ބައެއް އިސް ފަރާތްތަކުން ވަނީ ވޯޓުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުން އެމީހުން ފާހަގަކުރަނީ ތ. މަޑިފުށީގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލާން ރަޖިސްޓްރީވެފައި ތިބި މީހުންގެ އަދަދާއި، އެ ފޮށިން ޝިފާޒް އަށް ލިބުނު 326 ވޯޓެވެ.

ތ. ވިލުފުށި ދާއިރާގައި ހިމެނޭ މަޑިފުށި އަށް މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ޖުމްލަ ވޯޓު ލާފައިވަނީ 485 މީހެކެވެ. މިހާ ގިނަ އަދަދެއްގެ މީހުން ކުއްލިއަކަށް އެމްޑީޕީއަށް ވަދެފައިވަނީ ކޮން ގޮތަކުންތޯ ގިނަ ބަޔަކު ސުވާލުކޮށްފައިވެއެވެ. އިއްޔެގެ އިންތިޚާބުން އެ ވޯޓު ފޮށިން ޝިފާޒް އާއި ވާދަކުރައްވާ އަސްލަމަށް ލިބިފައިވަނީ އެންމެ 3 ވޯޓެވެ.

އިއްޔެގެ އިންތިޚާބާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު، މުހައްމަދު މުސްތަފާ ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި އެ ޕާޓީގެ ތާރީޚުގައިވެސް ސުވާލު ނުއުފެދޭ ވަރަށް އިއްޔެގެ އިންތިޚާބުގައި މައްސަލަ ޖެހިފައިވާ ކަމަށެވެ. އެމްޑީޕީގެ ލީޑާޝިޕް އިންތިޚާބުގައި ވޯޓުގެ އޮބްޒާވަރުންގެ ގޮތުގައާއި، ވޯޓު ފޮށި ބެލެހެއްޓުމާއި ހަވާލުވެހުރި މީހުން ފޮނުވާފައިވަނީ ޝިފާޒް ދުރާލާ ރާވައިގެން ކަމަށްވެސް މުސްތަފާ ތުހުމަތު ކުރެއްވިއެވެ.

އޭގެ އިތުރުން ސަރުކާރުގެ ހިއްސާ އޮންނަ ފެނަކަ އާއި، ފިއުލް ސަޕްލައިގެ މުވައްޒަފުންނަށްވެސް ބިރު ދައްކާފައިވާ ކަމަށް މުސްތަފާ ތުހުމަތު ކުރެއްވިއެވެ. އިއްޔެގެ އިންތިޚާބުގައި ޝިފާޒް، މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ވޯޓުން ވައްކަން ކޮށްފައިވާ ކަމަށާއި، އެ ވައްކަންތައް "ވަރަށް ރީއްޗަށް، ވަރަށް އަވަހަށް" ފަޅާ އަރާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

އިއްޔެގެ އެމްޑީޕީގެ އިންތިޚާބުން އަސްލަމް ބަލިވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މުސްތަފާ ދެކޭއިރު، އަސްލަމް އަކީ މިހާތަނަށް ދުވަހަކުވެސް އިންތިޚާބަކުން ބަލިވެފައިވާ ބޭފުޅެއް ނޫން ކަން އޭނާ ފާހަގަކުރެއްވިއެވެ. ބައެއް ރަށްރަށުން އެއްވެސް "ހަމައެއްނެތި ވޯޓު އަޅާލީ ޝިފާޒްގެ ނަމުގައި، އިލެކްޝަން ރާވާ ހިންގީ ވޯޓުން ވައްކަން ކުރަން." މުސްތަފާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ާހަހަހަހަ

  ޙަހަހަހަ

  30
 2. ކުންބޭ

  އެމްޑީޕީއަކީ އަބަދުވެސް ވޯޓުން ވައްކަން ކުރާ ބައެއް

  85
  1
 3. ވަސީމު

  އެމްޑީޕީ ކުދިން ވޯޓަށް ވައްކަން ކުރާނެ ކަންއެންމެ ރަގަޅަށް އެގޭނީ އަސްލަމަށް. އެކަމުން ސަލާމަށް ވާން އެންމެރަގަޅަށް ނޭގެނީވެސް އަސްލަމަށް. އަސްލަމް ފަދަބޭފުޅަކު ނަޝީދު ޤުރުބާން ކުރަން ގެންގުޅޭ ކަންބަޅިއަކަށް ވެގެން އުޅޭތީހައިރާން ވޭ!. އަސްލަމް އާދޭސް ކޮށްފަބުނަން ތިކަމުން ސަލާމަތްވެ އައްޑޫ އަކީ އައްޑޫ ކަން ތިކަލޭގެއަށް ދައްކާ.

  62
  2
 4. ފުނަދޫ

  މިހާތަނައް މިގައުމުގަ ނެގި ހުރިހާ ވޯޓަކުން ވައްކަންކުރީ މިފަހަރު އަމިއްލަފޮށިން ވައްކަން ތިކުރީ ދެންކީކޭބިނާނީ އެއްފުޅައްމަތިން ފުއްމާލިބަކަރި އަނެއްފުޅައްމަތިން ފުއްމާލާނެވާހަކަ ހަރުބަހެއްގަ އޮވޭ މިހާރު އެފުއްމާލީ 3 ވަނަފުޅައްމަތިން

 5. ނިކް

  ތިވާނި އައްނި ބޭގެ އަސްލަންޓޭ ނުހޮވުނީމަ ކަޑަވެގެން ކޮންމެވެސް ގޭސް ގަނޑެއް އަނބުރަނީކަން.. މި އިންތިހާބުން އެނގުނީ އެމްޑީޕީގަ އައްނިބޭއަށް އޮތް ސަޕޯޓުދަށްވެ އިބޫ ގަދަކުރަކުން އަންނަކަން..މޮޅެތި ގޭސް ނާނބުރާ ދެންވެސް އިސްލާހުވޭ ދީނަށް ލޯބިކުރޭ

 6. ތުއްރަވާސް

  ތިއުޅޭ ރީލޯޑް ކޮބާތަ؟ އަޑެއްބަޑެއް ނީވެ މިހާރު..... ނަގޫ ފިތިފަތަ ހުރީ އަނެއްކާ

 7. ހަމަޖެހުން

  މިގައުމުގެ ވެރިކަމުގައި ތިބީ މިގައުމުގެ ހަލާކު މިބައި މީހުންގެ ކިބައިން ދުވަހަކުވެސް ހަމަޖެހުމެއް ނާންނާނެ

 8. ދޮހިކަރު

  ހުސް ވަގުން އުޅޭތަނެއްގަ ވައްކަން ކުރިއަކަސް އެއީ އެހާ ބޮޑުކަމެއް ނޫނެއްނުން..

  5
  1
 9. ޥަގުޕާޓީ

  ބަލަ ވަގުންކުރާނީ މުޅިންވެސް ވައްކަން ނޫންތަ ވަގުން ނުކުރާނެ ވައްކަންނޫން އެހެންކަމެއް ވަގުންނޭކިޔަނީ ކަމެއްވެގެންދޯ

 10. ާަޕޮގުބާ

  މުޅި ސަރުކާރުންވެސް ވަށްކަން

 11. ިއިއްބެ

  ވައްކަން ކުރާމީހުން މިދަނީ ފެންނަމުންނެވެ.

 12. ދަންސޫރަ

  ވަގުންގެ މައި ޕާޓީ

  4
  1
 13. އައްޑޫގެދަރިއެއް

  މުސްޠަފާ ތިއުޅެނީ އޮޅިގެން، އަސްލަމްގެ އުފަންރަށުގެ އަމިއްލަ ދާއިރާއިންވެސް އަސްލަމް އަށް ވޯޓުދީފައެއްނުވޭ، އަސްލަމް އަށް ވޯޓުދޭންވާނެތީ ގިނަމީހުން ވޯޓުދޭން ނުވެސް ނިކުމޭ، ދެން ކިހިނެއްތް އެހެން ދާއިރާތަކުން އަސްލަމަށް ވޯޓުދޭނީ ތިބުނާ މިންވަރަށް، ރަނގަޅަށް ވެއްޖެއްޔާ ތި މުސްޠަފާވެސް އަސްލަމް އަށް ވޯޓެއްނުދޭނެ، ޞަބަބަކީ ހުވަދުންފެށިގެން އުތުރަށް ހުރިހާ އެއްމެންވެސް އައްޑޫމީހުންދެކެ އެހާމެބޮޑަށް ރުޅިއައްނާނެ، ޚުދު ތި މުސްޠަފާވެސް ރުޅިއާދޭ

 14. ާަޕޮގުބާ

  ވަގުންނަށް ވަގުން އޮޅުވާލީ

 15. އީސާ މަސީހު

  އަސްލަމު ފަހަތުގާ ހުރީ ކެނެރީގޭ މުހައްމަދު ނަށީދާ އޭނަޔައް ސަޕޯޓުކުރާ މަދުބަޔަކު ށިފާޒު ފަހަތުގަ ހުރީ ރައީސް އިބޫ ގިނަމީހުން މިހާރު އަންނި ބަލަޔެއްނުގަނޭ އޭނަގެ އަހުލާގާ އޭނަގެ ބަސްމަގާހުރެ އައްޑޫމީހުން ނިދިން ހޭލާން ނުޖެހޭތޯ މީފުކެއް ބޮޑުވަރުދޯ އަސްލަމް ކޮންމެ ކަމަކައް ގުރުބާން އެބަކުރޭ އަހަންނަކީ އެމްޑީޕީމީހެއް އަސްލަމާދޭތެރޭ ކަންތައްކުރިގޮތުން އެމްޑީޕީއާ އިދިކޮޅައް ދެންމަސައްކަތް ކުރާނީ އައްޑޫމީހުންނާނުލާ އެމްޑީޕީގެ ކުރިމަގެއް ނޯންނާނެ

 16. ޙަސަނު

  އެމް ޑީ ޕީ ގެންގުޅޭ ދެއޫޅިއެއް ނުވާ މޮޔަ ބައިގަނޑެއް އައްޑޫ މީހުންނަކީ އެޅިހައި ބަތަކަށް ރިހަ ވެގެން ތިބޭނެކަން އެނގޭވިއްޔާ ، ކެކެކެކެކެކެކެ

 17. ލީލް

  އެމްޑީޕީ ކުދިން ވޯޓަށް ވައްކަން ކުރަން ވަރަށް މޮޅުވާނެ. އެކަންއެންމެ ރަގަޅަށް އެގޭނީ އަސްލަމަށް. އަސްލަމް ހައްދައިގެން ނަޝީދު އައްޑުއިން ވޯޓް ހޯދީ. ނަޝީދުގެ މަކަރުވެރި ރޭވުމާއި އެއްގޮތަށް ޝިފާޒް ހޮވުނީ. އަސްލމް ދެން ވެސް ހޭއަރާބަލަ

  4
  1
 18. ލެއްގި ކޮމިޝަނަރ

  ރިޔާސީ އިންތިހާބުން ވައްކަންކުރިބަޔަކު، އެތެރޭ އިންތިހާބުންނާ ބޭރުއިންތިހާބުން ވައްކަން ކުރާނެދޯ؟

 19. ޒާހިރާ

  ތީ ނަޝީދަށް ނޫނެކޭބުނި ބުނުމެއް.އަސްލަމް އަކަށް ނުން.

 20. ވަސީމު

  ތި ޢެމްޑީޕީ އެއްނު! އަދި އަމާގެ ފައޓަރުބައިވެސް ވަގައްނަގާފަ ދޫކޮއްލާނީ