ގއ.ގެމަނަފުށީގައި ބަޔަކު ރަސޫލުކަމަށް ދައުވާކުރާ ކަމަށް ބުނެ މީހަކު ފޭސްބުކްގައި ޕޯސްޓް ކޮށްފައި ވާތީ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގެމަނަފުށީ ބަޔަކު ރަސޫލު ކަމަށް ދައުވާ ކުރާކަމަށް ބުނެ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓްގެ މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށާއި، ނަމަވެސް އެ ޕޯސްޓްގައި އެބުނާ ގޮތައް އެރަށުގެ ބަޔަކު ރަސޫލުކަމަށް ދައުވާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާކަމަށެވެ.

"ފޭސްބުކްގައި ޕޯސްޓް ކުރި މީހާ އާއި ވެސް އަޅުގަނޑު ވާހަކަދެއްކިން. އެއީ އެފަދަ ކަމެއް ހިނގައިގެން ލިޔެފައިވާ އެއްޗެއް ނޫންކަމަށް މައުލޫމާތު ދިން. ނަމަވެސް މިހާރު ކަންތައްތައް މިއޮންނަ ގޮތުން މީހަކު އެފަދަ ވާހަކައެއް ދައްކައިފިނަމަ އެކަމުގެ ހަޤީޤަތް ބަލަން ޖެހޭތީ އެކަން ފުލުހުން އަންނަނީ ބަލަމުން." ކައުންސިލް ރައީސް ވިދާޅުވިއެވެ.

ކައުންސިލް ރައީސް ޝިޔާން ވިދާޅުވީ މިފަދަ ވާހަކަތައް ދެކެވެމުން ދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދީނާއި ގުޅޭ ގޮތުން ދައްކާ ވާހަކަތައް ދިފާޢު ކުރަން އެމްޑީޕީގެ ސަޕޯޓަރުން ތަފާތު ވާހަކަތައް ދެއްކުމުގެ ތެރެއިން ކަމަށެވެ.

ދީނީ ހަރުކަށި ފިކުރު ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ބުނެ އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މިދުވަސްކޮޅު ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެބޭފުޅުން ކަންބޮޑުވުންތައް އިތުރުވެފައި ވަނީ ޑރ.އަފްރާޝީމް އަވަހާރަކޮށްލީ ދީނީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ރިޔާސީ ކޮމިޝަނުން ވިދާޅުވި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ބަކުރު

    ޤިޔާމަތްވުމުގެ ފުރިހަމަ އަލާމަތް!

    61
    1
    • ޢަލީ

      ގިޔާމަތް ނުވާނެ 4 ކެނާ ހަޅެއްލެވިޔަސް ހަހަހަހ

      2
      11
  2. މަސްވެޔާ

    ތިޔައީ މިރަށުގެ މުސްލިމުންގެ އަގުވައްޓަން ސަރުކާރުން ޖަހާފައި ވާ ދަންތުރައެއް ކަމަށް ބެލެވެނީ.

    59
    8
    • ކިނބޫ

      އެމްޑީއެން އުވާލަން ބުނެގެން ބަޔަކުމީހުނަށް ވަރެއް އެބައަރައެއްނު. ތިރާވާހާ އިޔަހޫދި ރޭވުންތައް ބައްލަވާވޮޑިގެންވޭ. އިންޝާﷲ ދާދި އަވަހަށް މި މުސީބާތުން ފިއްލަވާށި! އާމީން!

      37
  3. އެޑްމުންޑޯ

    ދީނާއި ގުޅުވާގެން ހަގީގަތާއި ޚިލާފް ދޮގުވާހަކަ ފަތުރާ މީހުންގެ މައްސަލަ ބަލާ އަދަބު ދޭންޖެހޭ ، މީހުންގެ އަބުރަށް އަރާގަނެ ރައްރަށުގެ ނަންކިލަބު ވަމުންދަނީ މިފަދަ ވިޔާނުދާ މީހުންގެ ސަބަބުން

    64
  4. Anonymous

    އެޖެންޑާ 19

    43
    3
  5. ޝޫލާ ޝިރާޒް ހިއްޕަވާ ބޭޅާ

    މި ނަޝީދު ދީނީ ހަރުކަށި މީހުންނޭ ލައްވަން ފެށީއްސުރެ މި ކަހަލަ ކަމެއް ނުވާ ދުވަހެއް ނުދޭ އައިސިސް ގުރެފިޓީ ތަކާ ރަސޫލު ކަމަށް ދައުވާ ކުރާމީހުން މިހާރު ، މިއީ ހަމަ ކެނެރީ ގޭ ސޮރު ބޭނުންވާ ގޮތް ، އޭނާ ގެ އޮއްޕޮނެންޓަކީ އާންމު ދިވެހި ހުރިހާ ރައްޔިތުން ، އެމްޑީއެން އާ ދެކޮޅަށް ތެދުވި ރައްޔިތުން ، ދިވެހި މުސްލިމުން ބައިބައި ކުރަން އޭނަ ދައްކާ ވާހަކަ އެ ދައްކަނީ އޭނަޔައް އެނ ގޭ ރައްޔިތުން ވޯޓުން އޭނަ ނުހޮވޭނެ ކަންވެސް.

    55
    6
  6. މީމު

    އެއީ އިށަނިކައިގެން ދެކޮޅުން ރެވިރެވި އޮއްވާ ލާދީނީ ވެރިޔަކު އައްޔަންކުރި އިއްޒަތްތެރި ކައުންސިލަރެއް ލިޔުނު ޕޯސްޓެއް! މިވަރުން ފުއްދާލާ!

    43
  7. މުއްތު

    ގެމަނަފުއްޓަކީ އަބަދުވެސް ދީނީފިކުރު ތަފާތުމީހުންއުޅޭރަށެއް އަބަދުވެސް ދީނަށް ފުރައްސާރަކުރާ
    މީހުން އުޅޭ ރަށެއް ތިރަށު އެއްމެނަކީ ތިބުނާ ލާދީނީ މީހުން

    2
    3
  8. ރަގީބު

    ސުމަގުލް ކުރާ ބޭފުޅަކު ތިކަން ކުރީ!

  9. Anonymous

    އަޅެ ވަލުޒިނީ އާނިޔާ ޗަހިންދާ އަޒްރާ ހަމީދު ކޮބާ މިމީހުން ގެ ތަހްގީގެއް ހިންގަން ނުކެރިގެނ ރިއުޅެނީޔޯ ވަގު ސަރުކާރު

    41
    1
  10. މިއަދު

    މިހިނގާ ހުރިހާ ޕްރަޕަގެންޑާއެއްގެ ފަހަތުގައި ހުންނާނީ ނަޝީދު ހީލަތުލް މަކަރިއްޔާގެތެރެއިން ގަދަޔަށް އެވާހަކަދައްކަމުން އެކަން ފަތުރަމުންއެގެންދަނީ ދުވާލުދެއިރު ދެގޮތަށްވާހަކަދައްކަނީ އެހެންވެގެން

    28
    1
  11. މުހައްމަދު އަހްމަދު

    ރައީސް ނަޝީދުގެ ޢަމަލުތަކާ ދެކޮޅަށް ބަޔަކު ވާހަކަ ދައްކާތީ، އެ ބައެއްގެ އަގުވައްޓާލަންވެގެން އައްޔަންކުރި ކައުންސިލަރު ކުރި ޕޯސްޓެއް... ޝައިޚް ހުސައިން ރަޝީދަކީ ވެސް ހަމަ އޭގެ ގޮލައެއް..

    5
    1
  12. ކުސުމް

    އަމިއްލައަށް ގޯސް ވާހަކައެއް ދެއްކޭއިރު ނޭގޭބަޔަކަށް އަންނި ކިތައްމެ ގޯސް ވާހަކައެއް ދެއްކިޔަސް ނޭނގޭނެތާ ދޯ ނުވެސް ވިސްނޭނެ. ކީއްކުރާނީ ......... ހަމަގައިމުވެސް އެ ފަތުރާލީ ދޮގު ޚަބަރެއް. ދޮގުހެދުމަށްވެސް ހައްދެއް އޮންނަންވާނެ ދޯ. ދެން ކީއްކުރާނީ. މަޝަކީވެސް ގެމަނަފުއްޓަށް އުފަން އެމް ޑީޕީ މީހެއް. އެކަމަކު މީދެން ތަންކޮޅެއް ބޮޑުވަރު.

    3
    1
  13. މުހައްމަދު އަލީ

    ތިޔަ ވާހަކައަކީ، އިސްލާމް ދީނަށް ލޯބިކުރާ ލާދީނީ ފިކުރުތަކާ ދެކޮޅު މީހުންގެ އަގު ވައްޓާލުމަށް ރައީސް ނަޝީދުގެ އައުވާނުންގެ ތެރޭ ހިމެނޭ މީހަކު ދެއްކި ބުހުތާނު ދޮގުވާހަކައެއް.. އިންތިޚާބު ތަކުގައިވެސް ރޯބުހުތާނު ވާހަކަދައްކައި، ދޭތެރެ ޖައްސައި ފިތުނަ އުފެއްދުމަށް އޭނަ ވަރަށް މޮޅުވާނެ..

    3
    1
  14. މުހައްމަދުގެ މުހައްމަދު

    އެމްޑީއެން އާ މިރާއްޖޭގައި އުޅޭ ލާދީނީ މީހުން ފަޟީހަތްވަމުންދާތީ، ކެތްނުކުރެވިގެން ރީނދޫ ބައިގަނޑު ތިޔަކަހަލަ ކިތަންމެ މުނާފިޤް ޢަމަލެއް ހިންގާނެ

    4
    1
  15. ހުސައިންް ޢަބުދުﷲ

    ރައީސް ނަޝީދަކީ، ކަލާނގެއެއް ކަމަށް ވެސް އެމީހުން ދައުވާ ކޮށްފާނެ... އެ ހުސައިން ރަޝީދަކަށް ނޭނގޭ، ދުވަހަކުވެސް ނަޝީދު ދޮގު ހެދިކަމެއް...

    4
    1
  16. ހުވަދޫ ރައްޔިތުން

    މިއީ ދިވެހިރާއްޖެ މި ރާއްޖޭގެ އެންމެ ބޮޑު އަތޮޅު މިރާއްޖޭގެ ދިވެހިންގެ އަހަރެމެންގެ ފަޚުރަކީ މާތްވެގެންވާ އިސްލާމްދީން، ﷲ ގެ ޙަޒުރަތުގައި ދީނަކީ ހަމައެކިނި އިސްލާމްދީން. މުޙައްމަދު ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމް އަކީ ﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލާ. އެއްވެސް މީހަކަށް ރުސޫލުކަމަށް ދައުވާ ކުރުމުގެ ފުރުޞަތެއް ނެތް. ހުރިހާ ދިވެހިންނަށް ހެޔޮ މަގުން ކަސިޔާރު ނުވެ މާތްވެގެންވާ އިސްލާމް ދީންމަތީގައި ކުރިއަރައި ދިއުމަށް މި ހުވަދޫ ރައްޔިތުންގެ ފަރާތުން ގޮވާލަން.

  17. ޖާހިލު ޖަާބިރު

    ޖާހިލުވިީ ވަރަކަށް ދޮގުވެރި ދައްޖާލުން ފާޅުވަަާނެއެވެ

  18. އައި ސީ!

    ކެނެރީގޭ ނަޝީދުގެ ކިބައިން މި ގައުމު ސަލާމަތް ކުރައްވާށި !

    13
    1
  19. ދެބުރި ރައުލާ

    މާމިގިލީގަ ވެސް އުޅޭ ތިކަހަލަ އާއިލާއެއް ހައްދުން ނެއްޓިގެން އުޅޭ ކަލާންގެ އެގޭތެރެ އަށްލައިގެން

    10
  20. ސަބާހު

    އަލީ އަކީ އަބަދު ތިހެން އުޅޭ ކުއްޖެއް!
    ބައެއް ރޭރޭ ޖިންނި މޮޔަވީމާ އާއިލާ އެންމެންވެގެން މޫދައް ވެ ސްލާނެ!
    އަބަދު އެހެން އުޅޭނީ.
    އޭނަ ތިހެން ހެދީމާ ރަށުމީހުން އެކަމާ ވާހަކަ ދެއްކީމަ އެ ފެމެލީ އެންމެން މީހުންނާ ދިމާކުރަމުން ދުވާނެ! މިހާރު ވެ. ސް އެކަން ފެއްޓިއްޖެ!

  21. އެމްޑީޕީ މެމްބަރު

    ލާދީނީ ބައިގަނޑު ހައްޔަރުކުރޭ

  22. އަހަރެން

    ރާއްޖޭގައި އިސްލާމްދީނަށް ނަފުރަތު އުފެއްދުމަށް ބަޔަކުމީހުން ރާވައިގެން ވަރަށް ގިނަ ކަންތައް ތައް އެބަކުރޭ. ރަށްރަށަށް މިހުން ފޮނުވއަިގެން އައިސިސް ގެ ދިދާގެ ލޯގޯ ކުރުހުވާ... ފިރިހެން ހެދުން އެޅި އަންހެނާއަށް އިންޒާރު ދީ... ދެން ކިޔާނެ ކަމެއް ނެތް. މިކަން ކުރާމީހުން ވަރަށް ސާފު