ލ.އިސްދޫގައި މީހުން ވަޅުލާނެ ގަބުރުސްތާނެއް ނެތުމާއި ގުޅިގެން އިސްދޫ އާއި ކަލައިދޫ މީހުންނަށްވެސް ބޭނުން ކުރެވޭނެ ގަބުރުސްތާނެއް ހެދުމަށް ސަރުކާރުން ހުއްދަ ދިން ބިމުގައި ގަބުރުސްތާނު ހެދުން މަޑު ޖައްސާލުމަށް ހައުސިންގ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރީޓީން އަންގައިފިއެވެ.

ހައުސިންގ މިނިސްޓްރީން އެލްޖީއޭގެ ރައީސް އަޒްލީން އަހުމަދުއަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ، އިސްދޫ ގަބުރުސްތާނު ހެދުމަށް ހުއްދަ ދީފައިވާ 80000 އަކަފޫޓު ބިމަކީ ކަލައިދޫ އިޙްތިޞާޞް ހިނގާ ސަރަހައްދަށް އަރާ ބިމެއްކަމަށް ވިދާޅުވެ އެ އޮތޯރިޓީއަށް ޝަކުވާ ހުށަހެޅިފައިވާކަަމަށެވެ.

އަދި މިިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގައިވެސް ގަބުރުސްތާނު ހެދުމަށް އެ ބިން ބޭނުން ކުރުން މަޑުޖައްސާލުމަށް އެ އޮތޯރިޓީން އިސްދޫ ކައުންސިލަށް އަންގާފައިވާކަމަށާއި، ބިމުގެ މައްސަލާގައި އިސްދޫ އާއި ކަަލައިދޫ ކައުންސިލުން އެއްބަސްވުމަކަށް އައިސްފައިނުވާކަމަށް އެ އޮތޯރިޓީގެ ސިޓީގައި ވެއެވެ.

"އެހެންކަމުން މި އޮތޯރިޓީން ވަކި އެއްޗެއް އަންގަންދެން ލ އިސްދޫ ގަބުރުސްތާން ބިން ބޭނުން ކުރުން މަޑު ޖައްސާލެއްވުމަށް ދަންނަވަމެވެ". އެ ސީޓީގައި ވެއެވެ.

އެ އޮތޯރިޓީން މިގޮތަށް އަންގާފައި މި ވަނީ ލ. އަތޮޅު ކައުންސިލަށް މި މަހުގެ 1 ވަނަ ދުވަހު އެ ގަބުރުސްތާނު އެޅުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް އެލްޖީއޭއިން އަންގާފައިވަނިކޮށެވެ. އަދި އިއްޔެ އެ މަސައްކަތްވެސް ފަށާފައިވަނިކޮށެވެ.

އެ ގަބުރުސްތާނު އެޅުމަށް ބިން ސާފް ކުރުމަށް ލ އަތޮޅު ކައުންސިލުން އަންގާފައި ވަނީ އިސްދޫ ކައުންސިލަށެވެ. އަދި އެ ކައުންސިލުން އިއްޔެ މަސައްކަތް ފެށިއެވެ.

އެކަމާއި ގުޅިގެން ދެރަށު މީހުންގެ ދެމެދުގައި ހަމަނެޖެހުންތަކެއް ހިންގައި މަރުގެ އިންޒާރުދިންކަމަށްވެސް ވެއެވެ. އަދި އިސްދޫ ކައުންސިލުން ބިންސާފްކޮށް ކަންމުޑި އަޅާލާފައިވަނިކޮށް ކަލައިދޫ މީހުން އައިސް އެ ކަންމުޑިތައް ތަޅާލާފައިވާކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެޑަމް

    ތަޅަފޮޅުންހިންގާ މާރާމާރީ ކުރިޔަށްގެންދަން ވެގެންދޯ ކަލައިދޫ ސަރަހަށްދަށް އައިސް ވަދެގެން ބިންސާފްކުރަން ފެށީ ގަބުރުސްތާނުއަޅަން އެޔަށްވުރެ ރަނގަޅުތަނެއް އިސްދޫ މީހުނަށް ނުފެނިގެން އެ އުޅެނީ ! ހަމަނުޖެހޭ އުޑެއް ބުޑެއް ނުދައްނަ ބއެއްތީ ! ހޮސްޕިޓަލު ބުޑުގަ ގަބުރުސްތާނު ހަދަން އުޅޭއިރު ހިތަކަށްނާރާތަ ހޮސްޕިޓަލް ތަރައްޤީވެ އެތަން ތަނަށް އިމާރާތްތައް އިތުރުވެ ފުޅާ ވާނެކަމެއް ގޮސް ހޮސްޕިޓަލާއި އިންވެގެން ގަބުރުސްތާނު ތިއަޅަނީ ! ބޮޑުސިންގާ މާރަށެއްވިއްޔާއެއީ ގަބުރުިސްތާނު އަޅަން ބިންނެތިގެން އައިސް މިތަނަށް ވަދެގެން މި އުޅެނީ ! ކަލަިދޫ މީހުނަށް ޖެއްސުމަށް ބޭނުންހާ އެއްޗެއް ނުހެދޭނެ ! ނިކަން އަލާބަލަ

  2. ޟާޟާޟާ

    ކަލައިދޫ މިހޫން ހާަދަ ނާތަހުޒީބޭ މަ ހަމަ ކޮސް ވެއްޖަ ބަލަ ރައް ގެންދެވޭހޭ މަރުވީމަ ބޯހަލާކް ކަލޭމެނަށް ތިޔައޮތީ ރަށެއް ދޭބަލަ ފަޅުރަށެއް ހިފަން ބިން އޮންނަނެ އެތާގަ

  3. ކިޔުންތެރިޔާ

    ކީއްވެގެންތަ ކަލައިދޫ ފަޅީގަ އިސްދޫ މީހުންގެ ގަބުރުސްތާނު އަޅަން ވީ.. އިސްދޫގަ ބިންނެތާތަ؟ ދެރަށަށް އަޅާ ތަނެއް ވިއްޔާ ކަލައިދޫ ކައުންސިލަށް އަންގާ ރައްޔިތުންގެ ރުހުން ހޯދަން ޖެހޭނެ.. ހަމަ އެކަނި އިސްދޫ މީހުންނާއި މަޝްވަރާ ކުރުމަކުން ނުނިމޭނެ.. ދެރަށް ކަމަށް ކަނޑަ އެޅީވެސް ކަމެއް ވެގެނެއްނު..

  4. ކިޔުންތެރިޔާ

    އިސްދޫ މީހުން ފަރަށްދޭ

  5. ާމަ

    އިސްދޫ މީހުން ފަރަށްދޭ