ލ. އަތޮޅު އިސްދޫ ކައުންސިލް ކުރިމަތީގައި އަންހެނުންތަކެއް މުޒާހަރާ ކުރަން ފަށައިފިއެވެ.

މި މުޒާހަރާގައި 100 އެއްހާ އަންހެނުން ދަނީ ބައިވެރިވަމުންނެވެ. މުޒާހަރާގެ ބައިވެރިން ތިބީ ޝުއޫރުތައް ލިޔެފައި ހުރި ޕޯސްޓްތައް ހިފައިގެންނެވެ.

"ވަގުތު"އާ ވާހަކަދައްކަމުން އިސްދޫ ކައުންސިލް ރައީސް އިބްރާހިމް ޚަލީލް "ވަގުތު"އަށް ވިދާޅުވީ، އެރަށު އަންހެންވެރިން މުޒާހަރާ ކުރަމުން ދަނީ ރަށުގެ ބިމުގެ ސަރަހައްދުގެ މައްސަލައިގައި ކަމަށެވެ.

"ހާއްސަކޮށް ދިމާވި މައްސަލައަކީ މިރަށުގެ އަންހެން ރައްޔިތުން އިސްދޫގެ ބޯޑާ ލައިން ސަރަހައްދުގައި ކުނި ކަހަމުން ދަނިކޮށް ކަލައިދޫ ކައުންސިލުން އައިސް ހުރަސް އަޅާފައިފައިވާތީ". މިދިޔަ ހުކުރު ދުވަހު ދިމާވި އެކަންތަކުގެ ވާހަކަ ހިއްސާ ކުރަމުން އޭނާ ވިދާޅުވިއެވެ.

އިސްދޫ ކައުންސިލް ކުރިމަތީގައި އަންހެނުންތަކެއް މުޒާހަރާ ކުރަނީ

އެހެންވެ ރަށުގެ އަންހެން ރައްޔިތުން އައިސް މުޒާހަރާ ކުރަނީ އިހްތިސޯސް ކަނޑައަޅައިދީ، ބިން ކަނޑައަޅައިދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ، އިހްތިސޯސް ކަނޑައެޅިއިރު، އެރަށުގެ ބިމުން ވަރަށް ބޮޑުބައެއް އޮތީ އެރަށު ރައްޔިތުންނަށް ނުލިބޭ ކަހަލަ ގޮތަކަށް ކަމަށެވެ.

"އެކަމާއި ރައްޔިތުން މި ނުކުންނަނީ، ރައްޔިތުން މި ބުނަނީ ހަމަހަމަ އުސޫލަކުން ބިން ބަހާލަ ދޭށޭ. އެއް ރަށެއްގައި އެ ކައުންސިލް އޮންނައިރު، މިރަށުގެ ބިން ހަމަހަމަ އުސޫލަކުން ބަހާލަދިނުމަށް ރައްޔިތުން އެދެމުން މި ދަނީ". މިހާރު ބިން ބެހިފައި އިނީ ހަމަހަމަ އުސޫލަކުން ނޫންކަން ފާހަގަކުރައްވަމުން ޙަލީލް ވިދާޅުވިއެވެ.

ޙަލީލް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުން ހުރި މި މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން ޕްލޭނިންގ މިނިސްޓްރީ އާއި އެލްޖީއޭއާއެކުވެސް މަޝްވަރާތައް ކުރެވެމުންދާ ކަން ފާހަގަކުރެއްވިއެވެ.

ރައްޔިތުން މި މުޒާހަރާ ކުރަމުންދާތީ، އޮފީހުގައި ތިބި ކައުންސިލަރުންނަށްވެސް ބޭރަށް ނުނިކުމެވޭ ގޮތް ވަނީ ވެފައެވެ.

އިސްދޫ ކައުންސިލްގެ މި ވާހަކަތައް ކަލައިދޫ ކައުންސިލުން ވަނީ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    ކިހާ ދެރަކަމެއް އަޅެ މިއީ. ލ. އިސްދޫއަކީ އެއްފަސްގަނޑަކަށް އޮތް ރަށެއް. ރަށުގެ ވެރިން ރައްޔިތުން ބައިބައިނުކޮށް ދޭތެރެ ނުޖެހޭނެގޮތަށް ދެއަށު ރައްޔިތުން އެކުވެރި ކުރުމުގެ ބަދަލުގަ ރަށް ފަސާދަކުރަމުން ދިއުމަކީ ނުބައި ނަތީޖާތަކެއް ނިކުމެދާނެ ކަމެއް. ދެއަވަށު ވެރިން ސިޔާސީގޮތުން ޚިޔާލު ތަފާތުވިތަސް ދެއަވަށު ރައްޔިތުންނަކީ ދިވެހި ރައްޔިތުންކަން އެނގެން އެބަޖެހޭ.

  2. ހައްގު

    ކަޱައެޅުގެން ރޯބުހުތާން ދޮގު ފަތުރަނީ އިބްރާހިމް ޙަލީލް ދޮގުވާހަކަ ފެތުރުން އޮތޫ

  3. އިނބަ

    ތެޔޯ ދޮގަ... ހަގީގަތް ހޯދާފަ ހަބަރު ލިޔޭ... އެމީހުން އަހޫ މިރަށުގެ(ކަލައިދޫ) އިމުގެތެރެއިން ކުނިކެހޫ..

  4. ރަށުމީހާ

    ދޮގު މައުލޫމާތު ދީގެންވެސް ބޭނުންވަނީ ބިން ފޭރިގަންނަން

  5. Anonymous

    އިސްދޫގެ ތަފާތު ދެކަމެއް ފާހަގަކޮށްލާހިތްވޭ.
    އެއީ ވަކި ރަށެއްގައި ސީދަލަށް އޮންނަ އެންމެ ދިގު މަގަކީ އިސްދޫ ބޮޑު މަގު. އެއީ 2.67 މޭލު. ސަރަޙައްދުގެ ގޮތުން ރާއްޖެއިން ފަސްވަނައަށް އެންމެ ބިން ބޮޑު ރަށް. އެއީ 3.59 އަކަ ކިލޯމީޓަރު. ދެން އިސްދޫ އާއި ކަޅައިދޫއާއި އެއީ ދެރަށެއްކަން އެނގިފައެއް ނެތް.

  6. Anonymous

    ސައްހަ މައުލޫމާތު ހޯދައިގެން ޙަބަރު ފަތުރާ ނަމަވެސް ރަނގަޅެއްނު.

  7. ރޯނު އެދުރު

    ތިޔަ ރަށުގައި ބިމުގެ މައްސަލައިގައި ދެއަވަށުގެ ދެމެދުގައި ހިނގާފައިވާ ތަފާތު ހާދިސާތައް ގެނެސްލަދިންނަމަ މި އާޓިކަލް ވަރަށް ފުރިހަމަވީސް.

  8. އަދުރޭ

    އަނެއްކާ ދެ ރަށް މެދުން ބުރިކޮއްލާނެކަން ނޭގޭ

  9. ދޮގު

    މި ހުސް ދޮގު
    މިވީހާ ދުވަހު އިސްދޫ ރަޔިތުން ވަނީ އެތައް ގޮތަކަށް ކަލައިދޫ ބިމަށް ވެރިވެފައި( ބިން އެކަނި ނޫން ކަލައިދޫއަށް ޝުނާމީގައި ލިބިފައިވާ ހުރިހާ އެއްޗެއް ވަނީވެސް އޭގެ ނަހަމަގޮތުގައި ބޭނުން ކޮއްފަ)
    ބިމަކީ އާބާދީއަށް ބަލާފައި ބޮޑުވާ އެއްޗަކައް ވާނަމަ އިސްދޫ ރައްޔިތުންވީ ކޮންމެ މިީހަކު 60 ދަރިން ހޯދާ ކަލައިދޫ ރައްޔިތުން ރަށުން ބާލާކައްނު
    ހުރިހާ މައްސަލައެއްގެ ޙައްލު
    އިސްދޫ ވާނީ އިސްދޫއަށް ( މީ ދެއަވަށައް އެކީ ކިޔާ ނަމެއް) ގޮނޑު އަވަށް / ކަލައިދޫ އަވަށް މީ ދެއަވަށަށް ކިޔާ ދެނަން
    ވާންޗޯ

  10. Anonymous

    އަދި ތި ކައުންސިލް ކުރިމަތީގައި ތިވެރިން ކޮންމެވެސް އެއްޗެއް ތަޅާނެ. ބަލަން ތިބޭތި.

  11. ކޮތަރު

    ދެގައުމުގެ އަސްކަރީން ބަރު ހަތިޔާރާއި އެކު ނުކުމެ ސަރަހައްދީ އިމުގެ މައްސަލާގައި ހަނގުރާމަ ފަށައިގަނޭ. އަހަރުމެން ނަމޫނާ އަކަށް ބަލަންވާނީ އިންޑިއާ. އެމީހުންނަކީ ސަރަހައްދީ އިމުގެ މައްސަލާގައި އެއްފަރާތުން ޕާކިސްތާނާ އަނެއް ފަރާތުން ޗައިނާ އާއި އިސްވެ ހަމަލާ ބަދަލުކުރަން ފަށާ ބައެއް.

  12. ޢަލީ ޢަލީ

    50 އާއި 4 ގުނަކުރީމަ އަންނަ އަދަދަށް އެތަނުން އަންހެނުން ފެންނަކަމަށް ލަފާކުރެވޭ!!!
    ތީ ކަޝްމީރު މައްސަލައިގާ އިންޑިއާ އާއި ޕާކިސްތާނާ ދޭތެރޭ ޖެހިފައި އޮތް ފަދަ މައްސަލައެއްހެން ހީވަނީ!!!

  13. ދިވެހި ދިދަ

    ތިތާ އިންވަކިކޮށް ފެންސް ޖަހަންވީނު ..އަދި ސަރަހައްދު ބެލެހެއްޓުމަށް ބަރުހަތިޔަރާއެކު އަވަށްޓެރި އިންޑިޔާ ސިފައިން ބައިތިއްބާ