އިސްމާއިލް ހައްމާދު ގަދަކަމުން ޖިންސީ ގޯނާ ކުރި އުމުރުން 13 އަހަރުގެ ކުއްޖާ ވިހޭ ކުއްޖާގެ ޑީއެންއޭ އާއި ހައްމާދުގެ ޑީއެންއޭ ދިމާވެއްޖެއެވެ.
އެކަން ހާމަކޮށްފައި ވަނީ މިއަދު ފުލުހުން ކުރިއަށްގެންްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމެއްގައި ފެމެލީ އެންޑް ޗައިލްޑް ޕޮރެޓެކްޝަން ޑިޕާޓްމަންޓުގެ ފަރާތުން ވާހަކަ ދެއްކި ސެޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފް ވިދާޅުވީ، ލަނޑާނަގާ ދޯންޏެއްގެ ތެރޭގައި ދެމީހެއްގެ މެދުގައި ދީނީ ހިޔާލުވުން ތަފާތުވެ އެކަން ހޫނުވެ، ހިނގާދިޔަ މާރާމާރީގައި އައިޖީއެމްއެޗުން ފަރުވާދިނުމަށްފަހު އިއްޔެ ދޫކޮށްލާފައިވާ ރ. މަޑުއްވަރީ އިސްމާއީލް ހައްމާދުގެ ޑީއެންއޭއާއި 13 އަހަރު ކުއްޖާ ވިހެއި ތުއްތު ކުއްޖާގެ ޑީއެންއޭ ދިމާވެފައިވާ ކަމަށެވެ.
ހަނީފް ވިދާޅުވީ، މި މައްސަލަ މިހާރު ޕްރެސެކިއުޓަރ ޖެނެރަލް އޮފީހާއި ގުޅިގެން މަޝްވަރާކުރަމުން އަންނަ ކަމަށާއި މިހާތަނަ މި މައްސަލައާއި ގުޅިގެން ޖުމްލަ 14 މީހަކާއި ސުވާލުކޮށްފައިވާ ކަމަށާއި ފޮރެންސިކް ބައެއް ހެކިތައްވެސް ހޯދާފައިވާ ކަމަށެވެ.
"ވިހާފައިވާ ކުއްޖާގެ ޑީއެންއޭއާއި ތުހުމަތު ކުރެވޭ ފަރާތުގެ ޑީއެންއޭއާއި ދިމާވެފައިވޭ" ހަނީފް ވިދާޅުވިއެވެ.
"މި މައްސަލައާއި ގުޅިގެން ތަހުގީގަށް ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ "ކުޑަކުއްޖަކާމެދު ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާ" މައްސަލަ އެއްގެ ގޮތުގަ" ހަނީފް ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން ހަނީފް އިތުރަށް ވިދާޅުވީ، މި މައްސަލަ އިތުރަށް ތަހުގީގުކޮށް އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.
ކުޑަ ކުއްޖަކު ކުދު ކުއްދަކު ވެހަފި ދާ؟
ނަސްލު ސާބިތުކުރުމަށް ނުވަތަ ބައްޕަ ދެނެގަތުމަށް ޑީއެންޢޭ ހެދުން އިސްލާމްދީނުގައި ހުއްދަ ވޭތޯ؟
إقرأ ކިޔަވާށެވެ....
އިލްމު އުނގެނޭށޭ..
އޭގެ ބޭނުން ކުރާށޭ..
ޑީއެންއޭ ޓެސްޓަކީ ތި ހީކުރާހާ ސާބިތު އެއްޗެއް ނޫން
ޑީއެންއޭ އަކީ %99.99 އެކިއުރެސީގެ ޓެސްޓެއް. ސައިންޓިސްޓް ބުރޯ އަދި އެއް ޕީއެޗްޑީއެއް ހަދާލައްވާ.
މާ ބޮޑަށް އެނގިފަ ދެން މި މީހުންނަށް ތިބެނީ. އެހެންނު ސައެންޓިސްޓް؟ ހިނި އާދޭ ކަލޭމެން ތެޅޭ ފާޑުންވެސް.
މާފާ އެކު ދަންނަވަން ޖެހެނީ ރާއްޖޭގައި ޑީއެންއޭ ހެކި ހޯދައިގެން އެއްވެސް ކަމެއްސާބިތު ކުރެވޭ ފަދަ ގާނޫނެއް އަދި ނެތޭ! ޢެހެންކަމުން އަދި ތިކަން ތީ ސެލެބްރޭޓް ކުރާވަރު މަމެއްނޫނޭ! ފުރަތަމަ ގާނޫން ބަދަލު ކުރޭ! ޢޭގެފަހުން ޑީއެން އޭ ހޯދާ
ސީރިަސް ކޮއްތަ. މީ ސައުދީ ކަހަލަ ނާތަހުޒީބު ގައު މެއް ދޯ.
13 އަހަރު ކުއްޖާ ވިހޭ ކުއްޖާ. ލޮލް. އަޅެފަހެ ކުޑަކުދިން ވިހާތަ؟ މީހަކު ހޭބުއްދި ފިލާނީ މިވަރަށް.
ކުޑަކުދިން ވިހާނެ ބާލިގުވިމަ. ދިީނުގެ ހައްދުތައް ބާލިގުވީމަ ހިނގާނެ ބަރާބަރަށް އެމީހެއްގެ މައްޗައް. އޭގެ މާނައަކީއެއް ނޫން އުމުރުން 60 އަހަރުވެ ބޮޑު މީހަކަށް ވީއޭ. މިތާ ވާނުވާ ކޮށް އުޅުން ލަދު ދޯ، ތަސައްރަފު ފުދިފަ ތިބޭ ހިނދުކޮޅުގަ ނޫޅުއްވާނަމަ އެއްޗެއް ދަސްވެދާނެ.
ސޮރީއޭބުނެވޭނީ ތި ފުލުހުން ދައްކާއެއް ވެސްވާހަކައެތް ޤަބޫލް ކުރެވޭކައްނެތްޑީއެންއޭ ދިމާވިޔަސް ނުވިޔަސް އެކަަހަލަހުރިހާކަމެތް ވެސްއެމީހުން ނިންމާ ނީމިޝަރުކާރުން ރޔާމީންގެ ޝަރިޔަތް ނިއްމިގޮތަށް އެއީ އިލްޔާސް ދުޢާ ދެއް ވާފައި ތިބީމަ ކަމުން ޖާހިލްވިޔަސް ނަމުން ވަރަށް ސޯލިހުވާނެ
މޒިނޭ އޯކޭ ދެއްތޯ؟
ޒިނޭ ވެސް އޯކޭއެއް ނޫން. ނުބައި ކަމެއް ވާއިރަށް އެހެން ނުބައި ކަންތައް ބަޔަކު ކުރާތީ އެވާހަކަ ދެއްކީމަ އެކަންތައް ހަލާލް ވަނީތޯ؟ ތިވިސްނުމަށް އަމަލުކުރަންޔާ މަވެސް ޒިނޭ ކުރަންވީ އެހެންމީހުން ވައްކަން ކުރާތީ.
ކުޑަ ކުދިންނަށް ވިހޭ ކަން ނުދެނެ ހުރިން
ފިރިހެނާ އެހެންވިމަ ނެރިބަ 10 އަހަރުގެ ކުއްޖެއް ސިޔާސީ ކެންޑިޑޭޓަކަށް. ތަންތަނުގެ ސީއީއޯއިނަށްވެސް ބަހައްޓަންވީ 13 އަހަރު ކުދިން. ކޯޓުގެ އިސް ގާޒީންނާއި ސިފަައިންގެ ބޮޑެތި މަގާމުތަކުގަޔާ ތިބޭފުޅާގެ ޖެނެރަލް ސަރޖަން ގޮތުގަވެސް 10 އަހަރު ކުއްޖެއް. ރަނގަޅުވާނުންތޯ ބޭބޭ.
ބާލިޢުވީމަ ކައިވެނި ހުއްދަވާ އުމުރަށް އެދިޔައީ އިސްލާމީ ޝަރީއަތުގައި. ކަލޭމެން ކިތަންމެ ރުޅިއަޔަސް އެއީ ﷲ ހަތް އުޑުމަތިން އަންގަވާފަވާގޮތް..
ދެން ތިބުނި މަޤާމްތަކަށް އެކަމުގެ އިލްމުހޯދާ ތަޖުރިބާ ހޯދަންޖެހޭނީ. ޢެއިރުން ޤާޒީއަށް ވެސް ޖެނެރަލް ސާރޖަންއަށް ވެސް ވެވޭނެ.
އަކަމަކު މިސާލަަކަށް އަންނި އަކީ ބޮޑުވެ ތަސައްރަފް ފުދިފައިވާ، ދުނިޔޭ އުޅުމުގެ ތަޖުރިބާހުރި، 50ހަކަށް އަހަރުގެ މީހެއް.. އޭނަ އޭޑީކޭގެ ޖެނެރަލް ސާރޖަންއަކަށްލީމަ ކޯޗަކަށްވާނީ އަދި އުމުރުން ކިތަންމެ ދޮށީ މީހަކަށް ވިޔަސް.. އޭނާގެ އެކަމުގެ އިލްމާއި ތަޖުރިބާނެތް.
ބާލިޢުވުމުން ކައިވެނިކިރާ އިރު އެކުދިންގެ މައިންބަފައިން ކިޔާދޭންޖެހޭ ޖިންސީ ގުޅުން ހިންގަން އިސްލާމީ ޝަރިއަތުގައި ވާގޮތަށް.
ދެން ރަސޫލާގެ ޒަމާނުގައި، މަދީނާގައި އެކަލޭގެފާނަކީ ޤާޒީވެސް ވެރިމީހާވެސް. ޢެކަލޭގެފާނަށް ނޭންގެ އަބްދުއްރަހްމާން ބިން އައުފް ކައިވެނި ބައްލަވާގެންނެވިކަމެއް.. ބައްލަވާ ހަދީޘް
Sahih al-Bukhari, Wedlock, Marriage (Nikaah)
Book 67, Hadith 88
Narrated 'Anas bin Malik:
`Abdur-Rahman bin `Auf came to Allah's Messenger (pbuh) and he had marks of Sufra (yellow perfume). Allah's Messenger (pbuh) asked him (about those marks). `AbdurRahman bin `Auf told him that he had married a woman from the Ansar. The Prophet (pbuh) asked, "How much Mahr did you pay her?" He said, "I paid gold equal to the weight of a date stone." Allah's Messenger (pbuh) said to him, "Give a wedding banquet, even if with one sheep."
އަޖައިބު އަންތަރީސް ހީވޭ. ޤާނޫނުތަކާއި ޤަވާޢިދުތައް ހެދިފައި ހުންނަނީ މަސްލަހަތަށް. ރަސޫލު ޒަމާނުގައި ނެތް ކިތައްމެ ނުބައިކަމެއް މިހާރު ހިނގާ. ގައުމުގެ މަސްލަހަތާއި އަމަން އަމާންކަމާއި އިންސާނީ ކަރާމަތް ރައްކާތެރިކުރުމަށް ވެރިން ކަނޑައަޅާ ގާނޫނު ތަކަށް ބޯލަބާ ކިޔަމަންގަތުމީ ވާޖިބެއް. ގާޒީންނަށް ނޭގި މިހާރު ކައިވެނި ކުރުމުގެ ހުއްދަ އޮންނަނަމަ ކިތައް ދަރިން ބިކަވެ ހާލުގައި ޖެހޭނެ؟ ރަސޫލު ޒަމާނުގައި ޖަމަލު މަތީގައި ސަވާރީ ކުރީމަ އަހަރެމެން މިތާވެސް ވީ ޖަމަލު މަތީގަތަ އުޅެން. ތަނުގެ ހާލަތާ ޒަމާނަށް ރިޔާއަތްކުރޭ! އިސްލާމްދީނުގެ މާނައެއް ނޫން ހުރިހާ ކަމެއް ރަސޫލު ޒަމާނަށް ފެއްތުމެއް. އެލެކްސް ޢިލްމު އަދި ހިތުދަސް ކުރިއަކަސް ނުވާނެ. ދޭހަކުރޭ!!!
ކޮންމެ ގޮތެއް ވިޔަސް ދެ އާއިލާ އެއްބަސްވެ ހެކިވެރިންނާ އެކު ކުރީ ސައްޙަ ކައިވެންޏެއް ނަމަ ކުރާނެ ކަމެއް ނެތް. ދެން އޮތީ މަޖުބޫރުން ތި ކައިވެނި ކޯޓުގަ ރަޖިސްޓްރީ ކުރުވުން.
މެމްޑީއެން ގެރިފޯޓަކާ ހެދި ކެކިއެރި ސޭހުންނަން ނުކެރުނު ތުއްތުކުދިންކައިވެނި ކުރުމަކީ އިސްލާމް ދީނުގަ އޮންނަކަމެއް ނޫނޭބޫނާކައް އަދި އެދީނުގަކައިވެނި ކުރެވޭ އުމުރު ރައްޔިތުނައް ހާމަކުރާކައް! ބާލިގުވީމަ ކައިވެނި ކުރެވޭކަމައް ވަންޏާ ސިއްހަތު ރަނގަޅު ކުއްޖެއް 9 އަރުގަވެއް ބާލިގުވެދާނެ!ވީމަ އިސްމީސަރިޔަތެއް ކޮއްގެން އެމިހަކައް އަދެބެއް ދެވޭނެބާ؟ ސުވާލަކީ އެގޮތް ދޫކޮއްފަ އެންގޮތެއް އަމިލަޔައް ނިންމުމަކީ އެންގެވިގޮތައް ވުރެ އަރެމެން ބުއްދިވެރިވުންބާ؟ ގައިމުން ދީނުގަ ހުރިހާކަމެއް ވަސްއޮންނީ އެންމެ ފުރިހަމަޔަށޭބުނޭ
އިސްލާމްދީނުގައި ހުއްދަ ކަންކަން ގައުމުގެ ހާލަތާއި މަސްލަހަތާއި ރިޔާޢަތްކޮށް ގާނޫނާއި ގަވާއިދު ހެދިފައި އޮންނަނީ. މަސްލަހަތުލް މުރްސަލާގެ ދަށުން. އެއީވެސް އިސްލާމްދީނުގައި އޮންނަ ގޮތް. ވަލިއްޔުލް އަމްރުއް ކަނޑައަޅާ ގަވާއިދަށް ކިޔަމަންގަތުމަށް ގުރުއާނުގައި އަންގަވާފައިވޭ ދަރިޔާ!! يا أيّها الذين آمنوا أطيعوا الله وأطيعوا الرّسول وأولي الأمر منكم"(النساء:59)،
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ!
މިތާ ކޮއްފަ ހުރި ކޮމެއްޓުތަކައް ބެލީމަ އެގޭ ތުއްކުދިންނާ ޖިންސީގުޅުން ހިގިޔަސް މުތަމަޔައް ވަށިހަމަކަން! ކުދީދިން ނުވިހާނެއޭ ކިޔާ އެކަމައް ބާރުދޭ ފަރާތަކައް ބުނެލެއް ދެއްއެހެންވިއާ 9 ،10 12 އަރުގެ ކުދިން ބޮތި އަންހެނުއް ކަމައް ދެކެންޔާ އެމިހުން އަތުގަ ހިފައިގެން ގިނަބަޔަކު ސުކުލު ދޮށައް ހިގަނީ ކީއްވެބާ
ނަޖީބުބޭ މަށަށް ފެންނަނީ 9، 10 12 އަހަރުގެ ކުދިން ސައިކަލު ފަހަތުގަ ކޮންމެސް ފިރިހެނެއް ގައިގަ އައްޓަމަސް ތަކެއްހެން ތަތްލާފަ ތިބޭތަން. މީ ކިހިނެއް ވާ ކަމެއްބާ
އެމީހެއްގެ އަމިއްލަ ދަރިއަށް އެ ޢުމުރުގައި އެފަދަ ކަމެއް ވުމަށް ނޭދޭ އިރު އެހެން މީހުންގެ ޅަ ދަރިންނަށް ބޮޑެތި އަންހެނުންނޭ ގޮވަން ލަދު ނުގަނޭ މި ގައުމުގައި މިތިބި ގިނަ މީހުން. ދެރަ ކަންކަން
ސުވާލަކީ އެ ކައިވެންޏަކީ ސައްޙަ ކައިވެންޏަކަށް ވާނެތޯ؟ އެހެންނޫނީ ކޯޓުން ބޭރުގަ ކުރާ ކައިވެނި އެއީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އުގޫބާތެއް ކަނޑަ އަޅާބަލަ. ސައްޙަ ކައިވެންޏަކަށް ވާނަމަ ޒިނޭ އޭ ރޭޕް އޭ ނުކިޔޭނެ ނޫންތޯ؟
ކޮންމެ މީހަކުވެސް ބާލިގުވާނެ 12 ނޫނީ 13 އަހަރު ފުރުމުން
ބާލިއުވީމަ ހުރިހާކަމެއް ހަމަވީ ދެއްތޯ؟
ޢިސްލާމް ދީނުގައި ދެ ފަރާތުގެ ރުހުމާއެކު ބައްޕަ ވަލީދީގެން ބާލިޣުވެފައިވާ އަންހެންކުއްޖަކުގެ ކައިވެނި ޝަރީޢަތުގަެިވާފަދައިން ކޮންމެ ތާކު ކުރިޔަސް ޞައްޙަވާނެ. ކޯޓްތަކުގައި ކައިވެނި ރަޖިސްޓްރީކޮށް ވަރި ކައިވެނީގެ ކަންކަން ބަލަހައްޓަނީ އަންހެނުންގެ ޙައްޤުތައް ހިމާޔަތްކޮށް ބޭނުންހާގޮތެއް އެކަނބަލުންނަށާއު ޅަދަރިންނަށް ހެދިޔަ ނުދިނުމަށް.