ބަޑި ޖެހުމުގެ ހަރަކާތެއް ސިފައިން މިއަދު މާލޭގައި ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިއަދު ހަވީރު 16:00 އިން 17:00 އަށް ކަޅުތުއްކަލާކޮށީގައި ބާއްވާ ތަމްރީނެއްގައި ބަޑި ޖެހުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބަޑި ޖެހުމުގެ ހަރަކާތަކީ ތަމްރީނެއް ކަމެއް ނުވަތަ ވަކި ރަސްމިއްޔާތަކާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމެއް އެމްއެންޑީއެފް އިން ވިދާޅެއް ނުވެއެވެ.

އިންޑިއާ އިން ރާއްޖެއަށް އަސްކަރީ އުޅަނދުތަކެއް ހަދިޔާ ކުރުމުގެ ރަސްމިއްޔާތެއް މިއަދު ހަވީރު ކުރިއަށް ގެންދަން ހަމަޖެހިފައި އެބައޮތެވެ.

ބަޑި ޖެހުމުގެ ހަރަކާތެއް ސިފައިން މިއަދު މާލޭގައި ކުރިއަށް ގެންދާއިރު ސިފައިންގެ މައި މަރުކަޒަށް ބަންގްލަދޭޝް މީހަކު ވެހިކަލެއްގައި ވަން ހާދިސާއެއް މިދިޔަ މަހުގެ 19 ވަނަ ދުވަހު ވަނީ ހިނގާފައެވެ. އެ ހާދިސާ އާއި ގުޅިގެން ސިފައިންގެ މަރުކަޒުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮކީ

    ބަޑި ޖެހުމުގެ 15 ކުރިން ހުރިހާ ރައްޔިތުން ރައްކާތެރި ތަނަކަށް ދިޔުން އެދެން. އެންމެ ފަހުން ވެސް ތިމީހުން ޖެހި ބަޑިން ފަތުރުވެރިއެއްގެ ކަރު ފޫ ދުއްވާލި

  2. ކޮބާކަލޭ

    ކާކުބިރުދައްކަންތަ ތިބަޑިޖަހަނީ އިސްލާމް ދީނާ ޤައުމުގެ އިސްތިޤުލާލް ރައްކާތެރިކުރަން ތިކަހަލަ ބަޑިތަކުގެކުރިމައްޗައް ނުކުންނާނީ އުފަލުން!!