މިއަދު ޗާންދަނީ މަގުގައި އެއްވެސް މީހަކާ ނުލައި އުޅުނު ދެއަހަރު ކުޑަ އަންހެން ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދީ އެކުއްޖާގެ މައިންބަފައިންނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެކަމާއި ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައި ފުލުހުން ވިދާޅުވެފައި ވަނީ މިއަދު ޗާންދަނީ މަގާއި، މަޖީދީ މަގު ގުޅުން ކަންމަތީގައި ބެލެނިވެރިއަކާއި ނުލައި އުޅުނު ދެއަހަރުގެ ކުއްޖަކާއި އެސްއޯ ފުލުހުން ހަވާލުވެ އެކުއްޖާގެ ބެލެނިވެރިން ހޯދައިފައިވާކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވެފައި ވަނީ ކުޑަކުދިން ގޮވައިގެން ބޭރަށް ނުކުމެ އުޅުމުގައި އެކުދިންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި ކުޑަކުދިން ގޮވައިގެން އުޅޭއިރު އެކުދިންގެ އަތުގައި މަގުގެ އެއްފަޅިން ހިނގުމަށާއި، އެކުދިންނަށް މަގުގެ ޕޭމެންޓާ ވީފަޅި އިހްތިޔާރު ކުރުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އެގޮތަށް ކަންކަން ކޮށް ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާކަމަށްވެސް އެޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ އެފަދަ ކުދިން ހޯދައި މައިންބަފައިނާ ހަވާލު ކޮށްފައެވެ. އަދި ހާއްސަކޮށް މާލޭގެ މަގުތަކަކީ ކާރުބާރު ބޮޑު މަގުތަކެއް ކަމުން ކުޑަކުދިން ގެންގުޅުމުގައި އެތައް ކަމަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަދީ

    މިއަދުވެސް އެހަނދާން އާވުމުން ހީބިހިނަގައިގެންދޭ.. މީގެ 7 އަހަރު ކުރިން މާލެއްށް ކުރި ދަތުރެއްގައި އަހަރެމެންގެ ދަރިފުޅު ގެއްލުން ، ރަނގަޅުބައެއްގެ އަތްދަށުވުން އެއީ ކުއްޖާ އަދި އަހަރެމެންގެވެސް ނަސީބު ، އަލްހަމްދުލިއްﷲ. ދަރިންނާމެދު އަބަދުވެސް ސަމާލުވެލައްވާ .