ހުޅުމާލޭގައި ލޮރީއަކާއި ސައިކަލެއް ޖެހި މިއަދު ހެނދުނު އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ވިދާޅުވީ ލޮރީއަކާއި ސައިކަލެއް ޖެހި އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު 09:30 ހާއިރު ކަމަށެވެ.

އެކްސިޑެންޓުގެ ފޮޓޯތައް މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ސައިކަލުގައި އިން މީހާގެ ފައިގެ ކަށިމަތިން ވަނީ މަށައިގެން ގޮސްފަ އެވެ.

ލޮރީ އާއި ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓްގައި ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ސައިކަލް އޮތީ ލޮރީގެ ފުރޮޅު ދަށުވެފައެވެ.

ފުލުހުން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި ވެސް މާލެ ސަރަހައްދުގައި 55 އެކްސިޑެންޓް ހިނގިއެވެ.

ސިނަމާލެ ބުރިޖާއި ރިންގް ރޯޑް ހެދިފަހުން ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަލާމަތީ ބިންތް ހަސަނިން

    މަގުތަލުގެ އިންތިޒާމް ރަނގަޅަށް ނުބެލެހެއްޓި މިހާރު މިވާނީ ބޮއްސުންލައިގެން ގޮސްފަ ދެންވެސް މިސަރުކާރުގެ ވެރިން ބުނާނެ މިމަގުތައް ހެދީ މިސަރުކާރަކުން ނޫނޭ 'މިމަގުތައް ބަލަހައްޓަން ޖެހޭނީ ކުރީގެ ރޔ ގެ ސަރުކާރުން ކަމަށް މިސަރުކާރަކީ އެއްވެސް ކަމެއް ކުރަން ޖެހޭ ސަރުކާރެއް ނޫން ކަމަށް މިސަރުކާގަ ކުރަންޖެހޭ ކަމަކީ ހަމައެކަބި ބަދަލުގެ ގޮތުގާ ބައިމީހުންންށް ދައުލަތުގެ މާލިއްޔަތު ބަހާލުން .ލޮލް

    15
  2. ޖައުފަރު

    ހުޅުމާލޭ ޕޮލިހުން ލަލަލާ ލާ ލާ