މާލެ ކައިރީ އޮންނަ އެނބޫދޫ ފިނޮޅު ކައިރީ އޮންނަ އަޑިމަގު ފަޅު ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ ބަޔަކު ތިބި ދޯންޏެއް އަޑިއަށް ގޮސް ހިނގި ހާދިސާގަަައި ކަނޑުވި ބަޔަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ، ކަނޑުވެ ގެނބިގެން 4 މީހަކު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު އެމީހުނަށް ފަރުވާ ދެމުންދާ ކަމަށެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ އެ ދޯނި އަޑިޔަށް ދާކަމުގެ މަޢޫލޫމާތު ލިބުމާއި އެކު، ފުލުހުންގެ މެރިން ޕޮލިސް އިން ސަރަހަށްދަށް ގޮސްފައިވާ ކަމަށެވެ. އަދި ދޯނީގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެމީހުން ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ދޯނީގައި ދެން ތިބި ދެމީހުންގެ ހާލު ރަނގަޅުކަމަށާއި، އެ ދެމީހުންނާއި ފުލުހުންގެ މަސައްކަތްކުން އެނބޫދޫ ފިނޮޅު ކައިރީގައި ހިއްކަން ފަށާައި އޮންނަ ސަރަހައްދަކަށް އެ ދޯނި ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ އެެ ދޯނީގައި ތިބީ 3 ބިދޭސީންނާއި، ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ދެ ބިދޭސީން ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ ދޯނީގައި ތިބި ހަތަރު މީހުންވެސްް މިހާރު ވަނީ މާލެ ގެނެވިފައި ކަމަށާއި، އަދި އަނިޔާވި މީހުންގެ ހާލުވެސް ސީރިޔަސް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު