ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ 13 އަހަރުގެ ކުޑަ އަންހެންކުއްޖަކު ބަލިވެ އިން ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ޖެންޑާ މިނިސްޓްރީން ދޮގުކޮށްފި އެވެ.

ހިޔާގައި ހުރި ކުއްޖަކު ބަނޑު ބޮޑުވި ކަމަށް ބުނެ މީސް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ. އަދި ބައެއްް މީޑިއާތަކުން އެ ވާހަކަ ރިޕޯޓްވެސް ކޮށްފައި ވެ އެވެ.

އެކަން ދޮގުކޮށް ޖެންޑާ މިނިސްޓްރީން ވިދާޅުވީ، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 13 އަހަރުގެ ކުޑަކުއްޖަކު ބަލިވެއިންކަމަށް ބުނެ ފަތުރަނީ ޙަޤީޤަތާ ޚިލާފު ޚަބަރެއް ކަމަށެވެ.

"އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަދުނާމުކޮށް، އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ ބާވަތުގެ ކަންކަން ނުކުރުމަށް އިލްތިމާސްކުރަމެވެ". ޖެންޑާ މިނިސްޓްރީން ވިދާޅުވި އެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ކުއްޖާ ބަނޑުބޮޑު ވި މައްސަލާގައި ސަރުކާރުގެ ކުއްލި ބައްދަލުވުމެއް ބާއްވާފައި ވެއެވެ.

ހިޔާގައި އުޅޭ ކުދިންނާއި ގުޅޭގޮތުން ތަފާތު ވާހަކަތަކަށް ކޮންމެ ސަރުކާރެއްގައި ވެސް ދެކެވެމުން ދެއެވެ. މީގެ ތެރޭގައި އެންމެ ގިނަ އިން އިވޭ އަޑުތަކަކި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ކުދިންނާއި މެދު އިހުމާލުވާ ކަމަށް ބުނާ މައްސަލަ ތަކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    އަޑެއް ކިޔައިފިޔާ ރަދެއް ލާނޭ، މުސްކުޅިން ބުނޭ.

  2. ދދދދދދ

    ކޮން ދޮގެއް ކިޔާކަށް އެވާނީ ހަމަ ތެދަކަށް.

  3. އަހުމަދު

    ދުވަސްކޮޅަކުން އެއްކަލަ ބެޑްސީޓް ދަށުގަ ވިހާފަ އޮއްވާ ދޯ ފެންނާނީ