ރައީސް ޔާމީން ނެތި ބޭއްވި ޕީޕީއެމްގެ ދެވަނަ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތުގައި ޑރ. މުއިއްޒު ބަލަހައްޓަވައިފިއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ރައީސް އަދި ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ޕީއެންސީ އަދި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވައިފައިވާ ކަމަށާއި، އެގޮތުން ޕީޕީއެމް ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

އަދި ޕީއެންސީގެ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ އަދުރޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދެކައުންސިލް ބައްދަލްވުން ބޭއްވުނީ ވަކިން ނަމަވެސް ދެ ކައުންސިލް ބައްދަލުވުން ބޭވުމުގައިވެސް އޮތީ އެއް މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދެ ކައުންސިލް ބައްދަލުވުމުގައި ވެސް މަޝްވަރާ ކޮށްފައި ވާނީ ދެޕާޓީގެ ހިންގާ ގަވައިދު އެކުލަވައިލުމަށް ކަަމަށް އަދުރޭ ވިދާޅުވިއެވެ.

ހިނގާ ގަވައިދުގައި ހިމެނެނީ ޕާޓީގެ ބައްދަލްވުންތަކުގައި ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅުން ނިންމުމާ، ޕާޓީގެ މާލީކަންކަން އަދި އެހެނިހެން ކަންކަން ބަލެހެއްތާ ގޮތް ފަދަ ކަންކަން އެކުލަވައިލުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮންމަންމަ

    އެއީތާ ޔާމީނު ޖަލަށް ލުމުން މުއިއްޒުމެނ މިހާ އުފާމިކުރަނީ

    2
    15
  2. ?ރޮނޑާ

    މިއޮތްހާ ދުވަހު މިމޫހުން ކުރަމުން އައި އުއްމީދު ހަގީގަތަކައްވީތާ. ދެން އޮންނައް ޖަލްސާ އެއްގައި އިއްޒތްތެރި ވަގުންގެ ރިޔާސަތު ބަލަހައްޓާނީ އައްދޮކުތޫރު ޓިނު އަދުރޭ ތަ؟