އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރަށު ކައުންސިލް އިންތިހާބު އޮޅުވައިލުމަށް އިންޑިއާއިން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިންޑިއާއިން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ދާކަމަށް އަޑުތައް ފެތުރިގެން ދިޔައީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް އިންޑިއާއިން އަތް ބާނައިފައިވާ ކަހަލަ ގޮތަކަށް ރައްޔިިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަ ދެއްކެވުމާއި ގުޅިގެންނެވެ.

ދާދި ފަހުން އިންޑިއާގައި އޮތް މަހާސިންތާއެއްގެ ތެރެއިން އިންޑިއާއިން ވަނީ ރާއްޖޭގެ އިލެކްޝަން ކޮމިޝަނުގެ މުވައްޒަފުންނަށް ތަމްރީންތައް ފޯރުކޮށްދޭނެ ކަމަށާއި އަދި އިންތިހާބުތަކާއި ދިމާކޮށް އައިޓީ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމާއިއެކު ގިނަ ބަޔަކު ވަނީ އިންޑިއާއިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އިލެކްޝަން ކޮމިޝަނުގެ ސާވަރ އަށް ވަދެ ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރުމަށް ކަމަށް ތުހުމަތުކޮށްފައެވެ.

މި އެއްބަސްވުމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުގެ ނައިބު މުހައްމަދު އަކުރަމް ވަނީ އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައި ވެވިފައި ވަނީ ސިއްރު އެއްބަސްވުމެއް ނޫން ކަމަށާއި އެ އެއްބަސް ވުމަކީ ދެކަމަކާ ގުޅިގެން ވެފައިވާ އެއްބަސްވުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެދެކަމަކީ އިންޑިިއާއިން އެކޮމިޝަނުގެ މުވައްޒަފުން ތަމްރީން ކުރުން ކަމަށާއި އަނެއް ކަމަަކީ ދެގައުމުގެ ދެމެދުގައި ތަޖުރިބާ ހިއްސާކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަކްރަމް ވަނީ އިންތިހާބުތަކުގައި އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުން ދާނީ ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވެފައެވެ.

ލޯކްލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ކިނބޫ

    އެއީ ކީއްވެ؟ ނުކޮށެއް ނުހުންނާނެ. އެހެންވިއްޔާ އެއީ އިންޑިއާއެއް ނޫން. އަނގަވަތަށް ވެއްޓިފަ އޮތީ ގެރިމޯދީއެއް ނޫން. އެތާކު ދުވާލަކު އެތައްހާސް ރޭޕެއްވެސް ނުކުރޭ. ހުނ ތިދައްކަނީ އިންޑިއާ ވާހަކައެއްނު. ކޮންބައެއް. މިދިޔަ ރިޔާސީ އިންތިޚާބު ކީއްކުރަން އަހަރުމެންނަކު ހަނދާނެއް ނުނެތޭ އެއްކަލަ ވޯރާއިންމަތިން.

    41
    2
    • ނަކް

      މީގަ އޮތީ ދެގޮތެއް ޕީޕީއެމް މެޅިއްޖެއްޔާ އިންޑިއާގެ ނުފޫޒު.. މޮޅުވެއްޖެއްޔާ ދެފުއްފެންނަ ހަބޭސް އިންތިހާބެއް.. ކޮންމެ އިންތިހާބަކުން ބަލިވަންޏާ އެކަމު އިންޑިއާބޮލަކަށް ނުޖެހޭނެ ޕާޓީ ލީޑަރޝިޕް ބަދަލުކުރަންޖެހޭނި

      2
      22
      • ވެއްޓޭ މޯދީ

        ތީ ލާދީނީ އއރީންދޫ ކުދިން ގެ ފަލްސަފާ

      • ޖޖޖޖ

        ދަރިޔާ ޕީޕީނއެމަކަށްނޫން ލިބޭ ގެއްލުމެއް ލިބޭނީ. ދިވެހި މައިންނާ އަންހެން ދަރިންގެ އިއްފަތް ފޭރެންފަށާނީ.

        11
      • ދދދދދދ

        ތެދެއް؟ ރީނދޫ ގނޑއިން ކަހަލަ ބައެއް ދޯ އެވެސް؟

  2. ޢަލިބެ

    އަބަދުވެސް "ދެފުއްފެންނަގޮތަށް" ކުރަނީ. މީ ބުނެލަން ވަރަށް ރީތިބަހެއް. ނަމަވެސް މައްސަލައަކީ ދެފަރާތްއޮތްގޮތް ޙަޤީޤަތާއެއްގޮތަށް ދެއްކި އެކަކުވެސްނެތް. ދެންކޮންމޮޅުވާހަކައެއް ތިދައްކަނީ. ޖީބުފުރާލަން ލިބޭވަގުތު ޙަރާމެއް ޙަލާލެއް ނުބަލާ. ވޯޓަށް އިންޑިއާއިން ނުފޫޒުފޯރުވިކަމަށް ރާއްޖޭގެ ރައީސްކަންކުރިމީހަކު އެއޮށްބުނީ.

    34
    2
    • ހހހހ

      ދިވެހި ބަފައިންނާއި ފިރިންނާއި ބޭބެމެން އެމީހުންގެ މައިންނާއި އަނބިންނާއި ދަރިންނާއި އަންހެން ކޮށްކޮއިން ގެ އިއްފަތް ސަލާމަތްކޮށް މިގައުމު މިނިވަން ދިވެހިންގެ ގައުމެއްގެ ގޮތުގައި ބާއްވަން އެދޭނަމަ މިނުބައިވެރިކަމުން ސަލާމަތްވުމަށް މަސައްކަތް ކުރުން ވާޖިބު. މުސްލިމުންގެ ދުޝްމަނުން އެއީ. މުސްލިމުން ނައްތާލާނެކަމަށް ފާޅުގައި ގޮވަމުން އެދަނީ. ބީރުނޫން މީހަކަށްނަ އަޑުއިވޭނެ.

  3. ވެރިން

    އެމީހުން ނުފޫޒް ފޯރުވީ ރިއާސީ އިންތިހާބަށް ދޯ.

    32
  4. ބިރުގަތީ

    މިސްކިތް ހުޅުޖެހިމީހާވެސް ބުނި މަށޭކިޔާހޭ

    35
  5. ޝާހް، ރ.ވާދޫ

    ކޮންބައެއްތީ ތިވާހަކަދައްކަން؟ ތީ ކޮރަޕްޓު ބައިގަނޑެއް. ތިއަށްވުރެ ބޮޑު ވޯޓެއް އޮޅުވާލިބަޔަކު ލޯކަލްކައުންސިލް ވޯޓު އޮޅުވާނުލާ ތިބޭނެކަމަށް ގަބޫލުކުރާނީ އީސީ އާއި މޮޔައިން.

    36
  6. Anonymous

    ކަލެޔައް ދިންހާ ލާރިޔޯ އިންޑިޔާ އެމްބަސީން

    31
  7. ފެއިލް

    އިލެކްޝަން ގެބަހެއް ރަށްޔަތުން ގަބޫލެއް ނުކުރާނެ އަމިއްލަ އެދުމުން ފޯވެ ތަތް ތެޅިފައި ތިބި ފަސްމާމުލް ފަސްގުން ތިތާގައި ތިބިހާހިދަކު ފަސް ވަގުން ގެ ކޮމިޝަން މުލުވަގު އީސީސަރީފުއަށް ﷲލައުނެތް ލަށްވާށި އާމީން

    30
  8. އައްޑޫ މީހާ

    ކުރާނެ ކުރިޔަސް ރައްތިތުންނަށް ކުރެވޭނެ ކަމެއްނެތް ޖީބަށް ބަރުކިރާމީހުން އެކަން ކުރާނެ އެކަމުގެ ޖަޒާ ލިބޭނެ ކޮންމެވެސް ދުވަހަކުން އަބަދު އެއްގޮތަކަށް މި ދުނިޔެ ދެމިއެއް ނޯންނާނެ ކޮންމެ ކަމަކީވެސް ނިމުން އަންނާނެ ކަމެއް

    32
    1
  9. علي وحيد

    ލޯކަލްކައުންސިލް އިންތިޚާބު ކީއްކުރަންތޯ މިގައުގެ ކޮންމެ ކަމަކަށް ވެސް އިންޑިއާ އިން ދެން އަތް ކީއްކުރަންތޯ ފައިވެސް ބާނާނެ

    20
    1
  10. ބިކަ

    ކުރާނެ ހާސަކޮށް ގެރިމޯދީގެ ވެރިކަމުގަ ކުރާނެ ވަރަށް ސާފު

    21
    1
  11. ޏގ

    ދޮގުވެރިންގެވާހަކަ ގަބޫލެއްނުކުރެވޭނެ.

    11
  12. ޒުހުރާ

    އީސީން ދެން ތިއެއްބަސްވުން ނިކަން ރައްޔިތުންނަށް ފެންނަގޮތަށް ޕަބްލިޝް ކޮށްލަބަލަ.

  13. ނައިބުމަނިކު

    ޝަރީފްދައްކާވާހަކަ ޤަބޫލުކުރާވަރުގެ މީހަކުރާއްޖެއަކުނެތް މިހާރު އަހަރެމެންނައް ޔަޤީން ކަލޭކޭކަން

  14. ޙައުލާ

    އީސީން މިހަދާގޮތަކީ ވޯޓް ނުލާ އެންމެންގެ ވޯޓްތައް މޑޕ އަށް ދެނީ. މަށްށް ހީވަނީ މި ވޯޓްތައް ދިނުމުގެ އެއްބަސްވުމުގައިހެން މިސޮއިކުރީ.

  15. ނަސީދު

    ތިހެޑިން އިންގޮތުން ހީވަނީ އިނަޑިޔާ މީހުން ރިޔާސީއިންތިހާ އޮޅުވާލިހެން ،

  16. ސޮނިބެ

    ކަލޭމެން ދޭނީ ޑޮލަރު، އީސީ ތިމަރަ ވޯޓް އޮޅުވާލާނީ