ހދ. ކުޅުދުއްފުށީ ސިޓީއަކަށް ހަދައި އެ އަތޮޅުގެ ބައެއް ރަށްތައް ރިސޯޓު ހަދަން ދޫކުރަން ސަރުކާރުން ނިންމަވައިފިއެވެ.

"ވިޔަވަތި ރާއްޖޭ"ގެ ނަމުގައި މިއަދު ކްރޮސް ރޯޑްގައި ފެށި މަހާސިންތާގެ ތެރެއިން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހދ. އަތޮޅަށް ބޮޑު ބަދަލެއް ގެންނަން ގަސްދުކުރައްވާ ކަމަށެވެ. އެގޮތުން އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް، ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެރަށް ސިޓީއަކަށް ބަދަލުކުރުމުގެ އިތުރުން އަތޮޅުގެ ތިން ރަށެއްގައި ރިސޯޓު ތަރައްގީ ކުރުމަށް ބީލަމަށްލާނެ ކަމަށެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ އާބާދީގައި އެންމެ މަދުވެގެން 10،000 ރައްޔިތުން ހިމެނޭ ރަށްތަކަށެވެ. މިއަހަރުގެ ފެބުރުއަރީ މަހު ކުޅުދުއްފުށީ ކައުންސިލުން ބުނެފައި ވަނީ، ކުޅުދުއްފުށި ސިޓީއަކަށް ހަދަން އާބާދީ ހަމަވެފައި ވާތީ، ސިޓީއަކަށް ބަދަލު ކުރަން ކުރަން ޖެހޭކަންކަން ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަނދުން

    ކައުންސިލްއިންތިހާބަށްރައްޔިތުންގުނބޯހައްދަންދައްކާއަވާމެންދުރު

    25
    1
  2. ނަކް

    މިހާރު އޮތް ޤާނޫނު ބުނާގޮތުން ކުޅުދުއްފުށީގަ ސިޓީއެއް ނުހެދޭނެ.. ސަބަބަކީ ހިއްކައިގެން ބޮޑުކުރެވެން އޮތްރަށެކަމުގައިވުން އެއީ ޤާނޫނީ ޝަރުތެއް މިހާރު އެކަމު ކުޅުދުއްފުށި ނެތް އިތުރަށް ހިއްކޭކަށް.. ކޮށްފިނަ އެވާނީ ޤާނޫނާ ޚިލާފަށް ކުރިކަމަކަށް. މިއީ ދޮގެއްތޯ ވަގުތު ނޫހުން ބައްލަވާ ހަބަރެއް ހައްދަވާ ޕުލީޒް

    2
    1
  3. ކިޔުންތެރިޔާ

    ކުޅުދުއްފުށީ އަހުލުވެރިންނޭ! ކުޅުދުއްފުށީ އަހުލުވެރިންނޭ! އެބުނާ ވޯޓެއް އެބަ ކައިރިވޭ! އެބަ ކައިރިވޭ! އުޑުން ތަރިތަކާއި، އިރާއި ހަނދުގެ އަލިތަކާއި، ޖައްވުން ގިނިހިލަތައްވެސް ކަލޯމެން އަތާއި ހަމައަށް ގެންނަ ދުވަސް ކައިރިވެއްޖެ! ކަލޯމެންވެސް މިކަމާ ވިސްނަންވީ ވަގުތު ޖެހިއްޖެ! އޭ ކުޅުދުއްފުށީ އަހުލުވެރިންނޭ! ހެވާއި ނުބައި މިހާރު ވަކިވަންޏާ ވަކިކުރަންވީ. މިހާރު ތި ރަށު މަތިން ފުލެއިޓުވެސް އުދުހޭ. މަގުމަތިން ތާރުވެސް ފެނޭ! އިސްވެ ދެންނެވުނު ކަންކަން ނުވާނެޔޭ ބުނި މީހުން ވޯޓަށް ސަލާންޖަހަމުން އެބައާދޭ! ކުޅުދުއްފުށީގެ އަހުލުވެރިންނޭ! ކުޅުދުއްފުށީގެ އަހުލުވެރިންނޭ! ނިކަން ވިސްނަވާތި! ނަމަނަމަ ގޯހެއް ނަހަދާތި!

    25
    3
  4. ސިޓީ

    ދިވެހިރާއްޖެ އަކީ އަތޮޅުތަކެއްގެ މައްޗަށް އެކުލެވިގެންވާ ކުދި ޖަޒީރާތަކެއް އޮތްތަނެއް. މިތަނުގެ ރައްތަކަށް ސިޓީކިޔާ ޖަޒީރާވަންތަކަން ކަޑުވާލަން މަސައްކަތް ނުކުރޭ. 10000 މީހުންނަކީ ކުޑައާބާދީ އެއް. ރާއްޖޭގައި ސިޓީ އެއްނުހުންނާނެ. މާލެއަކީވެސް ރާއްޖޭގެ ވެރިކަން ކުރާރަށް ސިޓީއެއްނޫން. ރާއްޖޭގަހުންނޢނީ ރައްތަކާއި އަތޮޅުތައް. ސިޓީ ތިކިޔަނީ ރައްތަކުގެ ޖަޒީރާވަންތަކަން ކަޑުވާލުމަށް.

  5. ބޮޑު ތިލަދުއްމަތި

    އަލްހަމްދްﷲ އިބޫސޯލިހަކީ މިއަތޮޅުގެ ތަރައްޤީގެ ބާނީ

    2
    9
  6. ޖަޒީރާ ބޯއީ

    ކުޅުދޫފުށި ސިޓީއަކަށް ބަދަލްކޮށްދޭނެ އަދި ކުޅުދޫފުށި ކުދިން ފެންވެސް ވަރުވާދޭނެ، ފަހަތުގައި ފޮރުވިފައިވަނީ ކައުންސިލް ވޯޓު، ދިވެހިން ހޭވެރިކަންވާނީ ކާރިން ބޮއެގެން ދާފަހުން.

    3
    1
  7. އާދަމް

    ގާނޫނުގަ ބުނާ 10000 ހަމަވީމަ ދެންކޮން ވައުދެއް، ގާނޫނީ ހަމަތަކުން އެދަރަޖަ ދޭންލާޒިމްވާނެދޯ!!