ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ސިއްޚީ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ ވަރަށްވެސް މަޑު ދުވެއްޔެއްގައި ކަމަށް ހެލްތް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްޚަތު ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މިއަދު އދ.މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ސިއްޚީ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ ވަރަށްވެސް މަޑު ދުވެލީގައި ކަމަށާއި އެގޮތުން އިމާރާތެއް އެޅިޔަސް ވަސީލަތެއް ތަޢާރަފްކުރި ކަމުގައި ވީނަމަވެސް އެތައް އަހަރެއް ނަގާ ކަމަށެވެ.

ނަމަވެސް އަދުގެ ސަރުކާރުން ސިއްޚީ ޚިދުމަތްދޭ ތަންތަނާއި ވަސީލަތްތަކަކީ ނުހަނު ބާރު ސްޕީޑެއްގައި ފޯރުކޮށްދެވޭނެ ޚިދުމަތްތަކެެއްކަން ސާބިތު ކޮށްދެއްވާފައިވާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"އައިޖީއެމްއެޗްގެ 11 ބުރީގެ އިމާތެއް އަޅަން 11 އަހަރު ނެގި. އައިޖީއެމްއެޗް ތޮއްޖެހި އައިޖީއެމްއެޗް އިން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެތަކެއް ދަތިތަކެއް އޮތްކަން އެއީ މިއަދު ހަމަކަނި ދިމާވެހެން އުޅޭ މައްސަލައެއް ނޫން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ސިއްޚީ ދާއިރާގެ ކަންކަން ކުރިމަތިލީ މައްސަލަތައް އެނގިތިބެ ކަމަށާއި، ހުރި މައްސަލަތަކަށް މިއަދު ބޮޑެތި ހައްލުތަކެއް ހޯދިފައިވާކަމަށެވެ. އެގޮތުން އަތޮޅުތެރޭގެ ކޮންމެ ރަށެއްގައިވެސް ޑޮކްޓަރުން ތިބުމާއި ރަށުގައި ތިބެގެން ބޭސް ލިބޭނެ ޚިދުމަތާއި އާސަންދައިގެ ޚިދުމަތްވެސް ފޯރުކޮށް ދީފައިވާ ކަމުގައި މިނިސްޓަ ވިދާޅުވިއެވެ.

މިއަހަރު ދުނިޔޭގެ ސިއްޚީ ދުވަހުގެ ޝިއާރު ކަމުގައިވާ "ސިއްހަތުގެ ޤައުމީ ހިޔާ ކޮންމެ މީހަކަށް ކޮންމެތާކު" މި ޝިއާރަކީ ޑަބިލިއުއެޗްއޯއިން ޤައުމުތަކުގައި ސިއްޚީ ހޭލުންތެރިކަން އިތުރުކުރުމަށް ކަޑައަޅާފައިވާ ޚާއްސަ ޝިއާރެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ރައީސް ޔާމީން 2013 ވަނަ އަހަރު ސިއްހީ ނިޒާމަށް ކަޑައެޅުއްވި ޝިއާރާއި ދާދި އެއްގޮތް ޝިއާރެއްކަމީ މި ޝިއާރުގެ ދަށުން މަސައްކަތް ކުރުމަށް ނުހަނު ބޮޑު ފަސޭހަތަކެއް ވާނޭ ކަމެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ސިއްޚީ ބޮޑެތި ޚިދުމަތްތަކެއް ލިބޭނެ ކަމަށާއި، ހަމަ އެހެންމެ ބޮޑެތި މައްސަކުގައި ރާއްޖެއިން ބޭރުން ކުރަންޖެހުނު ފަރުވާތައް މިއަދު ރާއްޖެއިން ލިބެން ހުންނާނޭ ކަމަށެވެ.

ރާއްޖޭގެ ސިއްޚީ މައްސަލަތައް ހައްލު ކުރުމަށް ގާއިމް ކުރަމުންދާ ދަރުމަ ވަންތަ ހޮސްޕިޓަލުންގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، އެ ހޮސްޕިޓަލަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިހާރު ހެލްތް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އަދި އެއިމާރާތުގެ ޚިދުމަތް ވަރަށް ކައިރި މުސްތަގުބަލެއްގައި ދިނުމަށްވެސް ހެލްތު މިނިސްޓްރީން ދަނީ ތައްޔާރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު