އައްޑޫގައި މިރޭ ހިންގި މާރާމާރީއެއްގައި ތިން މީހަކު ޒަޚަމްކޮށްލައިފިއެވެ.

އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގާފައިވަނީ، އައްޑޫ ސިޓީ ހިތަދޫ ޓްރެކް ސަރަޙައްދުގައި މިރޭ 2:00 ހާއިރު އެވެ.

އެމީހުންނަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު، އޭގެތެރެއިން އެކަކު އިތުރު ފަރުވާއަށް މާލެއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޢޫލޫމާތު ލިބެއެވެ.

މަންޒަރު ދުށް މީހަކު "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މާރާމާރީގައި ޒަޚަމްވި މީހުން ތިބީ "ލެއިން ތަތްތެޅިފައި" ކަމަށެވެ.

ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި މާރާމާރީގައި ތިން މީހަކަށް އަނިޔާވެފައިވާއިރު، އޭގެތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިރޭ ހިތަދޫގައި ހިނގި މާރާމާރީ އާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ. އަނިޔާވި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ވެސް އަދި ލިބިފައެއް ނުވެއެވެ.

މި މާރާމާރީ އާއި ގުޅިގެން ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    އެމްޑީއެން ގެ މެންބަރު އަދި ޕޮލިސް ކޮމިޝަނަރ ބުނާ އެއްވެސް ޖެހިލުމެއް ނެތި މީހުން މަރަން ފަސްނުޖެހޭ 1400 ހަރުކަށި މީހުން މާލެ ތެރޭގައި ދިވެހީންގެ ގަޔަށް ވަޅި ހަރަމުންނެއް ނުދޭ މާރާމާރީ ހިންގަނީ ގޭންގުތައް. އެ ގޭންގު ތަކަކީ ސަރުކާރުގެ އިސްމީހުންގެ ކޮންޓްރޯލްގައިވާ ބައެއް.

    9
    2
  2. Anonymous

    އެމްޑީއެން ގެ މެންބަރު އަދި ޕޮލިސް ކޮމިޝަނަރ ބުނާ އެއްވެސް ޖެހިލުމެއް ނެތި މީހުން މަރަން ފަސްނުޖެހޭ 1400 ހަރުކަށި މީހުން މާލެ ތެރޭގައި ދިވެހީންގެ ގަޔަށް ވަޅި ހަރަމުންނެއް ނުދޭ މާރާމާރީ ހިންގަނީ ގޭންގުތައް. އެ ގޭންގު ތަކަކީ ސަރުކާރުގެ އިސްމީހުންގެ ކޮންޓްރޯލްގައިވާ ބައެއް...

    5
    2
  3. ދަންސޫރަ

    ޖަހިލުންގެ ސަ ރުކާ ރު

    12
    3
  4. ަސދަ

    ރަނގަޅު. ކަލޭމެބްގެ ވަޒަނުގައި ތިބެ ކުރާ ކަމެއްކުރޭ. މާލެއަރައި ޓެކްސީ ޑްރައިވަރުންނާއި އާއްމުން ފަހައި ނުދުވެ ތިތަނުގައި ތިކަންކުރޭ.

    7
    14
  5. ޢަލިބެ

    ޢާންމުކޮށް ފުލުހުންގެ މަސައްކަތަކީ ކުށްތަކުން މީހުން ދުރުކޮށް އިޖްތިމާޢީގޮތުން ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުންކަމުގައިވިޔަސް މިހާރު ފުލުހުންނަކީ ދައުލަތަށް އާމްދަނީ ހޯދައިދިނުމަށާއި ވަކިބައެއްގެ ރައްކާތެރިކަމަށްއެކަނި އިސްކަންދީގެން މަސައްކަތްކުރާބައެއް. މީހުންނަށް މިނިވަންކަން ދެވިފައިވާ މިންވަރު ބޮޑުވެގެންގޮސް ނުކުރާނެވަކިކަމެއްނެތް މިންވަރަށް މިނިވަންކަންދެވިގެން ކުށުގެވެށި މިވަނީ ތަނަވަސްކޮށްދީފަ. ކުށްމަދުކުރުމަށް ރޭގަނޑު ދަންވަރު ބޭކާރުގޮތުގައި ހަރަކާތްތެރިވާ މީހުންނާ ސުވާލުކޮށްލުމެއްވެސް ނޯވޭ. ޢާންމުކޮށް މީހުން ގިނައިން ޖަމާވާ ސަރަހައްދެއްގައި ފޯރިމެރުމަކީވެސް ކުރާކަމެއްނޫން.

    14
    2
  6. ކަނަމަނަ

    1
  7. އަޙްމަދު

    އެމީހުން އެމީހުންނަށް ތަޅާ ހުސްކުރަން ބައިތިއްބާ. ރަނގަޅާވިއްޔާ ވާނީ ޕާޓޭން ތަކަކަށް. ފުލުހުންނަކަށް ސަރުކާރަކަށް މިކަން ނުހުއްޓުވޭ. ރަށުތެރޭގައި ހަކުރުވަނީ ގިނަ. މީހަކަށް ފޮރުވައިގެންވެސް ބަޑިބޭސް ކޮޅޭ އެތެރެ ނުވޭ. ނަމަވެސް ގުރާމުން، ކިލޯއިން، ޓަނުން އެކިބާވަތްތަކުގެ ހަކުރު އެތެރެކުރެވޭ. ކިހާބޮޑު ޖޯކެއްތޯމީ؟

    10
    1