ވީމީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުން، މުހައްމަދު އާސިފް (މޮންދު) މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މޮންދު ވީމީޑިއާގެ ސީއީއޯގެ މަގާމާއި ހަވާލުވެ ވަޑައިގެންފައި ވަނީ 2013 ވަނަ އަހަރު އެވެ.

މޮންދު ވަނީ ޓީވީއެމްގައި 23 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ. އޭނާ ވަނީ މީޑިއާގެ އެކި ވަޒީފާތަކުގައި 29 އަހަރު މަސައްކަތް ކުރައްވާފައެވެ.

މިއަދު ވީމިޑިއާގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ މުންދު ވިދާޅުވީ ވީމީޑިއާ އިން ވަކިވާން ނިންމީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށެވެ. ވީމީޑިއާއާ ދޫކުރެއްވީ އެއްވެސް ހިތްހަމަނުޖެހުމެއް އޮވެގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ވީމީޑިއާ އިން ވަކިވެވަޑައިގަތަސް ބްރޯޑްކާސްޓިން ދާއިރާ ދޫކޮށެއް ނުލައްވާނެ ކަމަށާއި ކުޑަ ބްރޭކަކަށް ފަހު ބްރޯކާސްޓް ދާއިރާގެ ޚިދުމަތުގައި އަދިވެސް ހުންނަވާނެ ކަމަށް މޮންދު ވިދާޅުވި އެވެ.

މޮންދު ވީމީޑިއާާ އާއި ވަކިވެ ވަޑައިގެންނެވިއިރު ދާދިފަހުން ވަނީ މާލީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބުނެ ވީމީޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައެވެ.

ވީމީޑިއާ އަކީ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ކުންފުންޏެވެ. ވީމީޑިއާގެ ވީޓީވީ އިން ޚިދުމަތް ފެށީ 2008 ވަނަ އަހަރު އެވެ. އެއީ ރާއްޖޭގައި ޚިދުމަތް ފެށި ދެވަނަ ޕްރައިވެޓް ޓީވީ ޗެނަލް އެވެ.

މީގެ ކުރިން ވީމީޑިއާ އިން ވަނީ ރޭޑިއޯ ޗެނަލް އަކާއި މަޖައްލާ އެއް ވެސް ނެރެފައެވެ. ނަމަވެސް މާލީ މައްސަލަތަކުގެ ސަބަބުން މިހާރު ވަނީ ރޭޑީއޯގެ ޚިދުމަތާއި މަޖައްލާ ނެރުން ހުއްޓާލާފައެވެ. ނަމަވެސް އަދިވެސް ޓީވީ ޗެނަލްގެ އިތުރުން ވެބްސައިޓެއް ހިންގަމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަސީރު

    މޮންދަކީ އެ ދާއިރާގަ ހުރި އެންމެ އަބުރުވެރި އެންމެ ގަދަރުވެރި އަދި އެންމެ އިހުތިރާމް ލިބިގެންވާ ޝަހުސިއްޔަތު. ވަކިވެދިޔުމަކީ ދާއިރާގެ ހައިބަތަށްވެސް ލިބުނު އުނިކަމެއް. މޮންދު އަށް އިތުރު ކާމިޔާބީއަށް އެދެން

    12
  2. ޢަލީ

    މީދެން ކާކުތަ މީނަގެވާހަކަ މީޑިއާއިން ގެންނަން

    1
    13
    • ޒަމީލު

      އަލީ ތީ ކާކު ތިހެން ބުނަން؟ ދިވެހި މީޑިއާގެ އެންމެ ކާމިޔާބު ސަހުސިއްޔަތު އާސިފަކީ. އޭނާ އަށް ކުރާ އިހުތިރާމް ދާއިރާގެ އެހެން އެކަކަށްވެސް ނުކުރާނެ. ބްރޯޑްކާޓް ކޮމިޝަނުގެ ރައީސަކަށްވެސް އަންނަންވީ އޭނާ

  3. ފަހީމް

    އައްޔާއެވެ. ކަލޭއަށް މީހަކަށްވާނީ މީހުންމަރާ މީހުންނާައި ރޭޕްކުރާ ،ީހުންނާއި ގަންޖާބޯ މީހުންނެވެ. ބުނަންހެއްޔެވެ. މޮންދުއަކީ ރާއްޖޭގައިހުރި އެންމެ ރީތިކޮށް ރިޕޯޓް ހުށަހަޅައިދޭ ރަން އަޑުގެވެރިޔާއެވެ. މީޑިއާގެ ދާއިރާގެ ތަޖުރިބާ ހުރި ހިތްތިރި އެހެން މީހުންނަށް އިޙްތުރާމުކުރާ މީޙުންގެ ލޯބި ލިބިގެންވާ ހަރުދަނާ ޝަޚްޞިއްޔަތެވެ. އަދި ބުންނަހެއްޔެވެ. މާތްﷲ ގެ ކަލާމްފުޅު އޭނާގެ ރަންއަޑުން ރެކޯޑުކޮށް ދިވެހިންނަށް ތަރުޖަމާ ގެނެސްދީފައިވެއެވެ. އޭ ގަމާރު އައްްޔާއެވެ. ކަލޭ ދެންވެސް ވިސްނާނުލައި ޒާތީ ޙަސަދައިގައި މީހުންނާ ތިހެން ޖައްސާ ނުލާށެވެ. އޭ އައްޔާއެވެ. ތިމާ ފުރަތަމަ ހަރުދަނާވާށެވެ. އޭ އައްޔާއެވެ.