މަރުވެފައިވާ މީހެއް ކަމަށް ބުނެ، ކަށުނަމާދު ޕޭޖަށް ދޮގު މައުލޫމާތު ދިން މައްސަލައެއް ފެންމަތިވެއްޖެއެެވެ.

އުމުރުން 27 އަހަރުގެ އަންހެނަކު މަރުވެއްޖެ ކަމަށް ބުނެ، އޭނާގެ ރަށާއި، އެޑްރެސް އަދި އަދި ހުރިހާ މައުލޫމާތެއް ހިމެނޭ ގޮތަށް ކަށުނަމާދު ޕޭޖަށް ފޮނުވުމުން އެ މައުލޫމާތު ވަނީ އާއްމުކޮށްފައެވެ.

އެ ޕޭޖުގައި ކުރިން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވާގޮތުގައި، އެ ޒުވާނާ މަރުވީ އިއްޔެއެވެ. އަދި އޭނާގެ ކަށުނަމާދު އޮންނާނީ ފަތިސް ނަމާދަށްފަހުގައި ކަމަށް ބުނެފައި ވެއެވެ.

އެ މައުލޫމާތު ކަށުނަމާދު ޕޭޖުގައި ޖެހުމާއެކު އެ ޒުވާނާގެ ރަހުމަތްތެރިންނާއި، އާއިލާގެ މީހުންނަށް ލިބުނީ ޝޮކެކެވެ. އެއީ ރޭވެސް އެ ޒުވާނާ އެ މީހުންނާއެކު ބޭރުގައި އުޅުމަށްފަހު، އެފަދަ މައުލޫމާތެއް އާއިލާގެ ފަރާތުންވެސް އެ މީހުންނަށް ނޭނގި، ކަށުނަމާދު އޮންނާނެ ކަމުގެ މައުލޫމާތު ފޭސްބުކްގައި އާއްމު ކުރަމުންނެވެ.

އެ ޒުވާނާގެ އަވައްޓެރިއަކު ބުނިގޮތުގައި އެ މައުލޫމާތު އެ މީހުންނަށް ލިބުމުން އާއިލާއަށް ގުޅާ އޮޅުން ފިލުވިއެވެ. އާއިލާ މީހުންވެސް ބުނީ، އެ މައުލޫމާތު އެ ޕޭޖަށް ދިން ބަޔަކު ނޭނގޭ ކަމަށެވެ. އަދި އެ ޒުވާނާގެ ހާލު ރަނގަޅުކަމަށްވެސް ބުނެފައި ވެއެވެ.

ކަށުނަމާދު ޕޭޖުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ސަމާސާއަކަށް ނަމަވެސް ދުނިޔޭގައި ހުރި ފަރާތެއް ނިޔާވެއްޖެއޭ ކިޔާފައި އެ ޕޭޖަށް މައުލޫމާތު ނުފޮނުވަން އެދޭ ކަމަށެވެ. އަދި ނިޔާވި މައްޔިތެއްގެ މައުލޫމާތު އެ ޕޭޖަށް މެދުވެރިކޮށް ޖަހަން ބޭނުންވާނަމަ މިއަދުން ފެށިގެން މައްޔިތާގެ މަރުފޯމާއި އައިޑީ ކާޑުގެ ފޮޓޯއެއް ބޭނުންވާނެ ކަމަށް އެ ޕޭޖުގައި ބުނެފައި ވެއެވެ.

ސަމާސާއަކަށްވެސް މިކަހަަލަ ކަންކަމަކީ ކޮށްގެން ވާނެ ކަންތައްތަކެއް ނޫނެވެ. މިފަދަ ކަމަކުން ބޮޑު ހިތާމައަކާއި ކުރިމަތިލާންވެސް ޖެހިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ިގދ

    ކިކެ ދޯދެންް ބުނަނި މި މިހުން މަޖަލަކައް ކުރަ ކަަހަކަ ކަންތައްތައް ތިޔަ ކަން ކަން ކުރިފަރަތައް ހެޔޮވިސްނުން ދެއްވަށި

    103
  2. ނުކިޔަވާ

    ހާދަފެންވަރުދައްޕޭޖެކޭ މީހަކުޖަހާދޭށޭބުނާހާއެއްޗެއް ބަލާނުލާޖަހަންވޭތަ

    17
    160
    • ކިޔަވާ

      އެންމެންގެ ރަގަޅަކަށްޓަކައި ބަޔަކުދޭ މިފަދަ އަގުހުރި ޚިދުމަތެއް، އޭގެވެސް ނާޖާއިޒް ފައިދާ ނަގަނީ

      43
  3. ވައްޑެ

    އެންމެންގެ ރަގަޅަކަށްޓަކައި ބަޔަކުދޭ މިފަދަ އަގުހުރި ޚިދުމަތެއް، އޭގެވެސް ނާޖާއިޒް ފައިދާ ނަގަން ތިބޭބައެއް ބައެއް ދިވެހިންނަކީ، މިހުންނަނީ ދެރަވަރު ކަންކަން......

    183
    1
    • ޔޫތު

      ރަގަޅު ވާހަކައެއް. ދެން ތިބޭނީ ފާޑުކިޔަން ތިބޭ މީހުން. ކުއްވެރިކުރާނީ އަަބަދުވެސް ވިކްޓިމް. އެބައިމީހުނަށް ހެޔޮ ވިސްނުން މިންވަރު ކުރައްވާށި.

      93
  4. އަދާލަތު

    އެފަދަ ނުބައި ޢަމަލްތައް ކުރާމީހުން ހޯދާ އަދަބުދިނުމަށް ސަރުކާރުގެ ކަމާއިބެހޭފަރާތްތަކަށް ގޮވާލަން.

    90
  5. ސާމިޔާ

    މީހުނަށް ފަސޭހަ ކޮށްދޭން ދޯ ފޮނުވާ އިރަށް ޖަހާނީ. މަރު ފޯމާ ހުރިހާ އެއް ޗެއް ސްކޭން ކޮށްފަ ފޮނުވަން އުނދަގޫ ވާނެތީ. 100 ޕަސެންޓް އިސްލާމީ މުޖުތަމައެއްގަ މިފަދަ ޖެއްސުމެއް ކޮށްފާނެ ކަމަކަށް އެއްވެސް މީހަކު ނުބަލާނެ

    19
  6. ާއާދޭސް

    ޢަދުލު އިންސާފު ނެތް މިގައުމުގަ . އިސްލާމީ ޝަރީއަތް ނެތީމަ ވާ ގޮތް މީ..
    ޑިމޮކުރަސީގަ ތެޔޮލައިގެން ސިޔާސީ ގުއިރޯނުންނަށް އަށް ސަޕޯޓު ކުރީމަ ކަލޭމެންނަށް ކަންތައް ނިމުނީ...

    10
    2
  7. ާއިބޫއަށް

    ޢިބޫއެވެ.
    އާދޭސް ކޮށްފާ ބުނަމެވެ.
    ކަލޭވެސް ވާނީ މަރެވެ. އަދި އަހަރެންވެސް ވާނީ މަރެވެ.
    މި ގައުމުގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރާށެވެ. އަދި ކުރިޔަދޭށެވެ.

    22