ފުވައްމުލަކުގެ ބޮޑު ބަޔަކު ކަރަންޓު ކެނޑިއްޖެއެވެ.

ފެނަކަ އިން ވިދާޅުވީ އެ ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނީ ފުވައްމުލަކު ދޫޑިގަމް އަވަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމަށްޓަކައި، ސްރީލަންކާގެ ސިއަރާ ކޮންސްޓްރަކްޝް ކުންފުނީގެ ފަރާތުން ހޮޅި ވަޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެޗްވީ ކޭބަލްގެ ދެ ތަނަކަށް ގެއްލުންވުމާ ގުޅިގެން ކަމަށެވެ.

މި މައްސަލަ އަށް އަވަސް ހައްލެއް ހޯދުމަށް އިންޖިނިއަރުންގެ ޓީމެއް މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ އިން ހާމަކުރެއެވެ.

މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ފެނަކަ އިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި ފުވައްމުލަކުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ކެތްތެރިކަމަށް ފެނަކައިން ވަނީ ޝުކުރު އަދާކޮށްފައެވެ.