2015 ވަނަ އަހަރު ޑިސެމްބަރު 17 ވަނަ ދުވަހު ލޯންޗަކާއި ދޯންޏެއް ޖެހިގެން ހިނގި ކަނޑުމަތީގެ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު މަރުވުމާއި ގުޅިގެން ލޯންޗު ދުއްވަންއިން ކެޕްޓަން 116200 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ، ކުޑަގިރި ޑައިވިންގ ޕޮއިންޓާއި ދިމާލަށް ދުއްވާފައިދިޔަ ފަރިހި2، ދޯންޏާއި،ސަންޓޭޓް 1 ލޯންޗު ޖެހިގެންނެވެ. މި އެކްސިޑެންޓުގައި މަރުވެފައި ވަނީ ދޯނީގައި ތިބި ދެ ފަތުރުވެރިއެކެވެ.

އެ މައްސަލާގައި ލޯންޗް ކެޕްޓަން އިބްރާހީމް ނާޞިރު ޖޫރިމަނާކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ އެކްސިޑެންޓް ދިމާވީ އިބްރާހިމް ނާސިރު ބަލަން ޖެހޭ މިންވަރަށް ނުބެލުމުން ކަމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

އެހެންމެ މީހަކު މަރުވެދިއުމުގެ އިހުމާލުގެ ޢަމަލެއް ކުރުމުގެ ކުށުން އިބްރާހީމް ނާޞިރު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އޭނާ ޖޫރިމަނާކޮށް އެ ފައިސާ ފަސް މަސްދުވަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް އެ ހުކުމުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު