އިސްލާމް ދީނަށް ފުރައްސާރަ ކުރަމުންދާ ޅ. ނައިފަރަށް ނިސްބަތްވާ އުފާ މުހުތާރު ފަހުމީ ރާއްޖެއިން ފުރައިގެން ދިއުމަށް އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

އޭނާ ރާއްޖެއިން ބޭރަށް ދިއުމަށް އާއްމުންގެ އެހީތެރިކަމަށް އެދިފައި ވަނީ މީސް މީޑިއާގައި ކުރި ޕޯސްޓެއްގައެެވެ.

މިޔާއެކު އޭނާ ހުރީ ރާއްޖޭގައި ކަން ޔަގީން ކުރެވިފައިވާއިރު، އޭނާ ހައްޔަރުކުރަން ފުލުހުން އަދިވެސް ވަނީ ނުކުޅެދިފައެވެ.

ފޭސްބުކު މެދުވެރިކޮށް އުފާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ސަރުކާރުން ރުޅި އައިސްގެން އުޅެނީ ރާއްޖޭގައި އޮތް ދިރިއުޅުމުގެ ފެންވަރާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުން ކަމަށާއި މިދިޔަ އަހަރު ސަރުކާރުގެ ނުފޫޒު އޮތް މީހަކު ކުޑަކުއްޖަކާއި ކައިވެނި ކުރުމުން އެކަން މައްސަލަ އަކަށް ނުހަދާ ކަމަށެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމަށް 3 ވީޑިއޯ އެއް ޔޫޓިއުބް މެދުވެރިކޮށް ހެދުމަށް ފަހުގައި އުފާ ދައްކަމުން އައި ވާހަކަތަކުގެ ރާގު ވަނީ މަޑުމަޑުން ބަދަލުވާން ފަށާފައެވެ. އެއީ މިއަދު އިސްލާމިކް މިނިސްޓްރީ އިން އުފާގެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް އިއުލާން ކުރުމުން ކަަމަށް ބެލެވެއެވެ.

އުފާ އިތުރަށް ބުނެފައި ވަނީ އޭނާ އަށް މި ގައުމުގައި ރައްކާތެރިކަމެއް ނެތް ކަމަށާއި ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސް ދިރިއުޅުމުގެ ކަންކަން ހަމަޖައްސައި ދިނުމަށް އެހީތެރިވުމަށެވެ. އެގޮތުން އޭނާ ހުންނާނެ ތަންތަން ހަމަޖައްސައި، އޭނާ އަށް ގިފްޓު ކާޑު ދިނުމަށް އުފާ އެދިފައި ވާއިރު އުފާ އިތުރަށް ބުނެފައި ވަނީ ހޮސްޕިޓާލިޓީ ދާއިރާ އިން ނުވަތަ އެނޫންވެސް ވަޒީފާ އެއް ރާއްޖެ އިން ބޭރުގައި އަދާ ކުރެވިދާނެ ކަމަށެވެ.

ބެލެވޭ ގޮތުގައި މިއީ ފިޔަވަޅެއް އެޅުމުގެ ކުރިން ރާއްޖެ ދޫކޮށް ދާން އުފާ ދައްކަމުން އަންނަ ވާހަކައެވެ. ރާއްޖެ އިން ދެވުމާއި އެކު އަނެއްކާވެސް އިސްލާމް ދީނަށް ފުރައްސާރަކޮށް، އަންހެން "މުޖޫ ނައީމް" އެއް އުފެދުމުގެ ފުރުސަތު އަހަރެމެން އުފާ އަށް ދީގެން ނުވާނެއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އުފާ ކުރަމުން އަންނަ ކަންކަމަށް ވަރަށް ބޮޑަށް ތައުރީފް ކޮށް މުޖޫ ނައީމް މީސް މީޑިއާގައި އުފާވެރިކަމުގެ ޝުއޫރުތައް އޮއްސާލަމުން އަންނަކަމެވެ.

މުޖޫ ނައީމް އަކީ ރާއްޖެއިން ބޭރުގައި ދިރިއުޅެމުން ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން އަންނަ މީހެކެވެ. އޭނާ އެކޭ އެއްފަދައިން އުފާވެސް ވަނީ އެއް ޖިންސުން ގުޅުން ހިންގުމަށް ތާއިދުކޮށް ވާހަކަތައް ދައްކާފައެވެ.

މިފަދަ މީހުން ރާއްޖެ އިން ފިލައިގެން ގޮސް، އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި ކަމާބެހޭ އިދާރާތަކުން އިސް ނަގައިގެން މިފަދަ މައްސަލަތައް ބަލައި، އެދެވޭ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ދޮންކޮ

    އުފާ ހައްޔަރުކުރޭ އޭނައައްރާއްޖޭބޭރައް ދިއުމައް އެނހީވެނުލައްވާ

    211
    12
  2. އަންމަޑޭ

    ހައްޔަރެއް ނުކުރާނެ އޭނާއަކީ ހަރުކަށި ހައްދުފަހަނަ އެޅި މީހަކަށް ނުވާތީ އެއީ މިނިވަން ފިކުރުގެ މީހެއް

    177
    13
  3. އިސްކިން ޓޯޓޯ

    ބުނަން ވާހަކައެއް ތިމާ ތިމާ އަށް ވަނީ ގެންގުޅެ ބޮޑުކުރާ ގޮތަކުން ދީނީ މީ ހަކަށް ހަދަނީ ވެސް ލާ ދީނީ މީ ހަކަށް ހަދަނީ ވެސް މައިންބަފައިން ވަރަށް މަދު ނާދިރު ހާލަތެއްގައި ނޫނީ ކަންހިގަނީ އެގޮތައް .ފަރަންޖީ ބަހަކުންވާހަކަ ދައްކަން އެގިފަ ބޭރުކަރައެއްގައި އުޅެލަން ލިބުމަކީ ތިމާގެ އަގީދާ ފަސާދަވާން ޖެހޭ ސަބަބެއްނޫން އަސްލުގައި ފުރިފައި ހުންނަ އެއްޗެއް ގުޑުގުޑެއްނާޅާނެ .އެމަންޖެއަށް ހަމަ ނޭގެނީ ކުޑައިރު ކިޔާވާދީފައި ނެތީ

    92
    25
  4. ބަފާ

    މި އުޅެނީ ކަލޭއަށް އެހީނުވެވިގެން ދޯ. ތި ޖައްސާ ސްޓަންޓް އަހަރުމެންނަށް އިގޭ. އަތުންފައިން މަސައްކަތެއް ނުކޮށް ދީނާ ފޮށިފަ މިހާރު ތިބަލަނީ ރައްޔިތުން ފެލަން ދޯ.

    166
    9
  5. ާބަތުހަސީނާ

    ފުރިޔަނުދީ ހަވަރަށްދީ ތި އަންހެނާ

    161
    12
  6. Anonymous

    LOL

    29
    7
  7. ހާއުފާ

    އަދި ފުރުސަތު އެބައޮތް، ދެންވެސް ތައުބާ ވެގެން މައާފަށް އެދޭ. އިސްލާމްދީނަކީ ހަރުކަށި ދީނެއް ނޫން

    156
    11
  8. އަލްޖިބްރާ

    އާންމުންގެ އެހީއެއް ނުލިބޭނެ. އެމްޑީއެންގެ ލާދީނީންވެސް އާންމުންނަށް ފިލައިގެން ވަގުވަގަށް ދިޔައީ ބައެއްގެ އެހީ ލިބިގެން. ކަލެއަށްވެސް ނުލާހިކު ފަސޭހައިން އެކަން ފަހިވާން އޮންނާނީ. އެހެންނޫނަސް ކަލޭ "ސިކުނޑު ހަމަނުޖެހޭ" ނު!

    85
    9
  9. މުސްލިމެއް

    އުފަލަކަސް ހިތާމައަކަސް ދީނަށް ފުރައްސާާރަ ކުރުމުން ދޭނީ އިސްލާމީ ޝަރީޢާގައި އޮތް އަދަބެއް...ހައްޔަރުކޮށް ޖަލަށްލާ އަނިޔާވެރިވާކަށް ނުޖެހޭ...ﷲ ގެ ހުކުމް ނޫން އެހެން ކޮންމެ ހުކުމަކީ އަނިޔާ...އޭނާ ފިލައިގެން ދިއުންވެސް ޖަލަށް ލުމަށްވުރެ އަހަރެންގެ ނަޒަރުގައި ހެޔޮވެގެންވޭ....ސަބަބަކީ ޖަލުގައި އޭނަ އޮވެގެން އޭނައަށްވެސް އަދި އެފަދަ އެހެން މީހަކަށްވެސް ހެޔޮ އަސަރެއް ކޮށްފާނެ ކަމަށް ނުފެންނާތީ...ފަހަރުގައި އޭނަ ފިލައިގެންވިޔަސް މި ގައުމު ދޫކޮށް ދާދިއުން އެއީ އޭނަގެ ވިސްނުން ހެޔޮވުމުގެ ފެށުމަށް ވުމުގެ ފުރުސަތުވެސް އެބައޮތް...ނުވަތަ އޭނަ އަށް އަދަބެއް ދިނުމުގެ ކުރިން އޭނަގެ އިލްމަށް ބެލުންވެސް ހެޔޮވެގެންވޭ މިފަދަ ނާތަހުޒީބު ގައުމެއްގަ

    14
    45
    • ޗަކޮއި

      މީ އަނެއްކާ އަނެއް ބޯގޯސް. ރާއްޖެއިން ނުލިބުނު އިސްލާމީ ތަރުބިއްޔަތެއް ޔޫރަޕުން ލިބިގެން އަނބުރާ ދީނަށް ވަދެފާނެޔޯ

      45
      8
      • ބަފާބޭ

        ކާފަރުންނަށް އިސްލާމްދީންގެ ހިދާޔަތްލިބިގެންދަނީ ރާއްޖެއިންދީން ކިޔަވާގެންތަ؟ މީ މާމަތިން ދީންކިޔަވާގެންތިބި ބަައެއްއުޅޭ ޤައުމެއްތަ؟ ހިލޭ އަންހިނުން ގެންގުޅޭ ސެއިޙުންވެސް މިތާކު މަދެއްނޫން.. އެކަކު ވީޑިއޯކުރެވިފަ އިނަސް.. އިންސާނެއްވެއްޖިއްޔާ ކުއްކުރެވޭނެ.. އެންމެ ހެޔޮވެގެންވަނީ އަވަހަށް ތަޢުބާވެ އެފަދަކުށެއް ތަކުރާރުނުކުރުން..

        20
        6
  10. މަންސޫރު

    އެމް.ޑީ.ޕީ ވެރިކަންތެރެގައި މިކަހަލަ ލާދީނީ ކާންތަ ތަށް އާމްކޮށް ފެނިގެންދަނި...ނަޝީދުގެ ހިއްވަރުންނެ.

    41
    7
  11. މަންސޫރު

    ޢުފާ ގެ މާއިންބަފާގެ ތަރުބިޔަތުގެ މަސަލަވެސް އަބަހުއްޓޭއެ

    35
    6
  12. ?

    ފޮނުވާލާ. މަ ލާރިދީފާނަން?

    5
    34
  13. ޢަބްދުލްމުހައިމިން

    "އުފާ އިތުރަށް ބުނެފައި ވަނީ އޭނާ އަށް މި ގައުމުގައި ރައްކާތެރިކަމެއް ނެތް ކަމަށާއި ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސް ދިރިއުޅުމުގެ ކަންކަން ހަމަޖައްސައި ދިނުމަށް އެހީތެރިވުމަށެވެ." އިސްލާމް ދީނަށް ފުރައްސާރަ ކުރާއިރު މީނާ މިހުރީ ކީރިތި ﷲގެ ކުޅަދުންވަންތަކަމުން އުފެއްދެވި ދުނިޔޭގައިކަން ވެސް ހަނދާންނައްތާލައިފި. މި ކާފިރަށް ތެދު މަގު ދެއްކެވުމަށް ކީރިތި ﷲ ގެ މިންވަރުފުޅުގައި ވާނަމަ އެކަން އަވަހަށްވުން އެދި ދުޢާކުރަން. އެހެން ނޫންނަމަ، ހަލާކު ކުރައްވާށި! އާމީން.

    56
    1
  14. ޣާލް

    ކީއްކުރަން ދިވެހި ރައްޔިތުން ކައިރިން އެހީ އަށް އެދެނީ. ތައުބާވރ ތެދުމަގު ހިޔާރުކޮއްބަލަ. ނޫނީ ތިކަހަަލަ އައުވާނުން ކައިރީ އެހީއަށް އެދިބަލަ. ލަނޑަޔާވާނީ ލަނޑަޔާ.

    33
    2
  15. ހަމަހަމަ

    ބޭ ރު ގައުމުތަކުންވެސް މި "ސްކޭމް"އަށް ސަމާލުވާން ވެެއްޖެ. ޢެގައުމުތަކުގެ ރައްޔިތުންގެ ޓެކްސް ފައިސާގަ އުޅެލާފަ ، އެހެންމީހުން ނުލާހިކު މަސައްކަތުން ހޯދާ ގް ރީން ކާ ރޑް ފަސޭހަކަމާއެކު ހޯދާލަން ޖަހާ މަޅިއެއްމިއީ "މިނިވަން ހިޔާލަކީ" މިކަހަލަ މީހުންގެ.

    2
    1
  16. ކފރ އިބޫއަށް

    މި އަންހެނާގެ އާއިލާ މީހުންނާ މައިންބަފައިން ހައްޔަރުކޮށް ތަހުގީގު ކުރަންޖެހޭ

    4
    1
  17. އުފާ

    ކުޑަ އަންހެން ކުއްޖަކު ދެއްކިވާހަކައެއް މިއޮތްހާ މީހުންނަށް މިހާ ބޮޑުވެގެން މި ތެޅެނީ ކީއްވެ؟ އޭނާ އެކިޔަނީ ހާސަރެއްތަ ނޫނީ ފުރައްސާރައެއްތަ؟

    1
    5
  18. Anonymous

    ކެންސަރ ޖެހިއްޖިއްޔާ ޖެހެނީ އެ ތަނެއް ކަފާ ނަގަން. ޢެހެން ނޫނީ މުޅި ހަށިގަނޑައް ފެތުރި ފުރާނައައް ނުރައްކާވެދާނެ.

  19. ގަންޖާ

    ކެނެރީ ކާފަރުންތަކާއި، އޭނަގެ ރީނދޫ ޕާޓީ މޮޔައިން ތިޔަ މުރުތައްދު އަންހެނާ އަށް އެހީވާނެ ކަމީ ޝައްކެއްވެސް ނެތް ކަމެއް.

    15
    1
  20. އަލީ

    ބުނެވެއެވެ. ދީން ދޫކޮށްލާ މީހާގެ ވަތަނާއި އަހުލުން ގެއްލޭނެއެވެ..

  21. ގަމަރު

    ތީނައަށް އެހީތެރިކަމެއް ނުދެވޭނެ. މާތްﷲ ނުރުއްސަވާ މީހަކަށް އަހަރެމެންނަށް ދެވޭނެ އެހީތެރިކަމެއްވެސްނެތް. ތިޔަ ޑަކައިތު ހައްޔަރުކުރޭ.

  22. އީއްޕެ

    މިއީ ސީދާ ޕީޕީއެމްގެ ކުދިން ފަންޑުކޮއްގެން ހިނގާކަމަކާ ހާދަ ވައްތަރޭ. ސަރުކާރައް ޕުރެސަރުކުރަން ދީނާކުލުމަކީ ވަރައް ހަޑިކަމެއް.

    1
    4
  23. ކިބްރާ

    މާތްﷲ ހެކިކޮއް ބުނަން އުފާ އަށް އެހީވާ ކޮންމެމީހަކީ މިރާއްޖެއިން އިސްލާމްދީން ފޮހެލަން މަސައްކަތް ކުރާ މީހެއް!!

  24. ދަވާލި19

    މަވެސް މީދިވެއްސެއް މަގޭފަރާތުން މީނަ ރާއްޖެއިން ބޭރައްދާންވެސް މަރުވެގެން ކަށްނަމާދުކުރަންވެސް އަދި ވަޅުލުމައްވެސް އަދި ކުޑަމިނުން ބަނޑުފުރާނަ މުއްތިކުރައް ކާއެތިކޮޅެއްވެސް ދިއްކޮށްލުމެއް ނެއް

    1
    1