ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާމެދު ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިރޭ 22:24 ހާއިރު ހުށައަޅާފައިވާ ކަމަށެވެ. އަދި އެމައްސަލައާ ގުޅިގެން ބިދޭސީ މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ފުލުހުން އެ ބިދޭސީ މީހާ ހައްޔަރުކުރީ ވިލާ ޓްރޭޑް ސެންޓަރ 2 ގެ ތެރެއިންނެވެ. ނަމަވެސް އެއިމާރާތުގެ ކޮން ބަޔަކުން ކަމެއް ސާފެއް ނުވެއެވެ.

ބިދޭސީއަކު ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރުކޮށްފައިވާއިރު، ބިދޭސީންގެ ހުންނަ ބައެއް މިފަދަ އަޚުލާގީ މައްސަލަތަކުގެ ސަބަބުން ދިވެހި މުޖުތަމައަށް ނޭދެވޭ އަސަރުކުރެއެވެ. އަދި މުޖުތަމައުގައި އެތައް މައްސަލަތަކެއްވެސް ޖެހެން މެދުވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަޙްމަދު މަގޭ ޤައުމް

    ބަންގާޅީން މި ގައުމުން ބޭރު ކުރަންވީ.

    24
    5
  2. ާާަަަަަަާަަްާްކަނީރު

    އޭނާ ހޯދާފަ ހަދިޔާ އާއި އަންނައުނު އަދި މޯބައިލް ފޯނެއް ދޭންވީ. ދެން ހުރިހާ ރައްޔިތުން އެ ބިދޭ ސީ މީހާއަށް ހަމްދަރުދީ ވާންވީ. މީ ދިވެހިން

    23
    1
  3. ޢާސީ

    އެންވާނެދޯ ކުޑަމިނުން ޕާސްޕޯޓް ގަނޑުވެސް ނެއް ބިދޭސީން ގިނައީ މިއީ ކޮންބައެއްގެ އިހުމާލުބާ

    24
    3
  4. ޢަމީން

    ޢިމިގުރޭޝަން މުވައްޒަފުންގެ ވަގުވިޔަފާރި ކިހިނެއް ކޮންޓްރޯލްކުރާނީ!

    17
    1
  5. އެންދެރި

    ބިދޭސީން ދިވެހި އަންހެނުންނަށް އެންނެ ގިނަ އިން އަނިޔާ ކުރަނީ މަސާޖް ޕާލާ ތަކުގަ އެވެ.