ކާރެއް ކޮންޓްރޯލް ނުކުރެވި ލޮނުޒިޔާރަތް ކޮޅުގައި ހަދަމުންދިޔަ ޕާކު ތެރެއަށް ވަދެއްޖެއެވެ.

އެކްސިޑެންޓް ވެފައި ވަނީ ހުދުކުލައިގެ ކާރެކެވެ. މަންޒަރުދުއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓް ހިނީ ކާރު މާލެ އިން ހުޅުލެ އަށް ދިއުމަށް ބުރިޖަށް އަރަން ދިޔަ ބާރުމިނުގައި ކޮންޓްރޯލް ނުވެގެން ގޮސް ބުރިޖަށް އަރަން އޮންނަ ދިމާލުން ޕާކް ތެރެއަށް ވެއްޓިގެންނެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް އެސަރަހައްދުގައި މާލެ ސިޓީ ކައުންސިލުން ތަރައްގީކުރަމުން އަންނަ "ޖަޒީރާ ޕާކް" ގެ ފެންސް ވަނީ ހަލާކުވެފައެވެ. އަދި ކާރަށް ވެސް ކާރަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

މިހާތަނަށް މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެއެވެ. އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

ދާދި ފަހުން ބުރިޖުން ފައިބާ ދިމާލުގައި ވެސް ކާރުތަކެއް މުޑިއަރައިގެން ބޮޑު އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ައޭނަ

    ކުޑަ އަދިވެސް ތިވީވަރު..ފައިބައިގެން ކަނޑަށް ދިޔަނަމަ ރަނގަޅު ވީހީ...ތި ކާރު ތީ ވަރަށް ބާރަށް މާލެ ތެރޭ ދުއްވާ ކާރެއް...މީހިން އައް ދުއްޕާން ކުރަމުން....

    15
    2
  2. ޖަޒީރާ ބޯއީ

    ދިވެހި ތާރީހުގައިވެސް މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކޮއްގެން ހަދާ ޕާރކް ލޮނުޒިޔާރަތް ކޮޅުގައި ހަދަމުން ދަނީ، އަދި ނިމެން ގާތްވެސް ނުވޭ އެކަމަކު ރިސޯޓެއް އެޅުމަށް ވުރެ ބޮޑު ހަރަދު ކޮށްފި. ކެރެފާ ޕާރކް

    14
    • ޣާލް

      ޢެއީ ދައުލަތަށް ކާށި ހޯދަން ހައްދާ ރުއްގަނޑެއް. އެތަނަށް ކިޔަންވީ ސޯލިހު ރުއްގަނޑު، ނޫނީ ސޯލިހު ރުއްކޮށި. ރަސްރަނި ބަގީޗާ އަށްވުރެ ޗާލުކޮށޯ މިތަން މިހަދަނީ. ކުޑަ ވަލެއް ހެއްދިޔަަސް މިޔައްވުރެ ރަނގަޅުވިސް

    • ހަތާ

      ހާދަ ގަހެކޭ އެތަނުގަ އެއޮތީ. ހާދަ މާ ގަހަކާ ބޭކާރު ގަސްތަކެއް އެތަނުގަ އެބައޮތޭ. އެ ގަސްތައް ފެންޖަހާ ހައްދަން އެ ކުރާ ބޭކާރު ޚަރަދު އެއީ ހަމަ ރައްޔިތުންގެ ލާރި. އެކަމާ މި ރީނދޫކުދިންނަށް ކަންބޮޑުވާކަށް ނޭނގޭ އެއްގޮތަކަށްވެސް. ޕާކަކަށްވިއަސް ހައްދަންނުޖެހޭ ވަރަށް ގަސް އިންދާފަ އޮތީ. މޭވާއެއް އެއްޗެއް އަޅާ ކަހަލަ ގަހެއް ހައްދާލިނަމަވެސް ކޮންމެވެސް ދުވަހަކުން ލޯކަލް މާރުކޭޓަށް ލައިގެން ވިއްކާލާނެ އެއްޗެއް ލިބުނީސް.

  3. ޙަަސަނު

    ޑޭމް ޕޮލިސް ޓޯޓަލީ ޔޫސްލެސް

    7
    1
  4. ޕާރކް

    ރިސްވަތު ޕާރކު
    ބުރިޖު ނުފެންނާނެޔޯ އެ ޕާރކު ހެދީމަ
    ޢަންނި ބުނީ ދެން ރަސްފަންނަށް ނުދާނެޔޯ. ކޔާ ބަހއްޓާ އެތން ކުދިބަޔަކު ލައްވާ ހަލާކު ކޮއްލަނީ

  5. މާލެ

    މިތަނުގެ ޗެން ޗޭނު ޖަހާ ލަނަމަ މިހެން ނުވީސް. އިތަން އަރެން ނަށް ވަރަށް އަޅާގަނޭ.އެތަން މިހާރު މިފެނުނީ.އަދުމިހަދާ ބަގީޗާގަ ތިބޭނު ހަމަ އެކަނިޅޯބިވެރިން ހެން ހީވަނީ އެއީ ކުޑަކުދިން ވަންނަޖެހެ އެވެސް ސަބަބެއް ފެންނަން ނެތުން އެހެންވީމަ މިތަނުގެ މަގުސަދު އަދިނޭގޭ.

  6. ޣާލް

    ޢެއީ ދައުލަތަށް ކާށި ހޯދަން ހައްދާ ރުއްގަނޑެއް. އެތަނަށް ކިޔަންވީ ސޯލިހު ރުއްގަނޑު، ނޫނީ ސޯލިހު ރުއްކޮށި. ރަސްރަނި ބަގީޗާ އަށްވުރެ ޗާލުކޮށޯ މިތަން މިހަދަނީ. ކުޑަ ވަލެއް ހެއްދިޔަަސް މިޔައްވުރެ ރަނގަޅުވިސް

  7. ށިފާ

    ޕާކަށާ ކާރަށް ޝިފާ ބޭނުންވެފަ އެއޮތީ.