ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި އެ ކުއްޖާގެ ކާފަ އާއި މުނި ކާފަ ހައްޔަރު ކުރަން ފުލުހުން އެގެއަށް ހިނގައްޖެއެވެ.

މަޢުލުމާތު ލިބޭ ގޮތުގައި ތުއްތު ކުއްޖާ ރޭޕްކުރި، އެކުއްޖާގެ ކާފަ އާއި މުނި ކާފަ ހައްޔަރުކުރުމަށް މިހާރު ވަނީ ފުލުހުން އެގެޔަށް ވަދެފައެެވެ.

ދެކުނު ރަށެއްގައި ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެރަށު މީހުން ބުނާގޮތުގައި އެ ކުއްޖާ ރޭޕްކުރުމުގައި ބައިވެރިވެފައި ވަނީ، އެކުއްޖާގެ ބައްޕައާއި، ކާފަ އާއި މުނި ކާފައެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނެފައި ވަނީ އަންހެން ކުއްޖާ ރޭޕްކޮށްފައިވާކަން އެނގުނީ ބޮޑުދައިތަ، އެކުއްޖާ ގޮވައިގެން ގޮސް ޑޮކްޓަރަށް ދެއްކުމުންނެވެ.

މި ހާދިސާ ހިނގިއިރު، މަސްތުވާތަކެތި ބޭނުންކުރާ އެކުއްޖާގެ މަންމަ ވަނީ ފަރުވާއަށް މި މަހުގެ ތެރޭގައި މާލެ ގެނެސްފައެވެ.

އެނގިފައިވާގޮތުގައި އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް، މިހާރު ވަނީ މާލެ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިމިތައްލި

    އަދި އެކަންވެސް ނުވޭ ތަ؟ އެހެންވެ މަ ބުނީ އެމީހުން ރައްޔިތުންނާ ހަވާލު ކުރީމައޭ އެންމެ ރަގަޅު އެކަށީގެންވާ އަދަބު ދެވޭނީ. އަވަސްކުރޭ!

    18
    1
  2. ޝާނާ

    ކޮބާ ބަފާ؟

    11
  3. ސިޔާމު

    ބައްޕަ ކޮބާ ފިލީތަ ހޯދާ ހައްޔަރުކުރޭ!

    12
  4. އިމިތައްލި

    މާ ލަސްވެސް ވެއްޖެ. ރައްޔިތުންނާ ހަވާލު ކުރާށޭ އެމީހުނަށް އެންމެ އެކަށޭނެ އަދަބު ދޭން. އަވަސް ކުރޭ!

    16
  5. ކުއްޖާ

    ތި އާއިލާގެ ހުރިހާ ފިރިހެނުންގެ ވެސް ހަޔާތްކުޑަ ތި އަމަލު ކުރޭ. އަހަރެމެންގެ ރަށުގަ އުޅޭ މިއާއިލާގެ އެކަކު އޭނާވެސް އޭނާގެ ހުރިހާ އަންހެން ދަރީންނާއި ބެހުނު. އަދި ޖެންޑާ އިންވެސް މައްސަލަބެލި. .

    10
  6. އެންދެރި

    އިސްލާމީ ޝަރީއަތާ އެއް ގޮތައް އަދަބު ދޭން ވީ އެވެ.

    9
    1
  7. ދެކުނު

    “ދެކުނު ރަށެއްގައި”.... ؟؟!! ނަމެއްނެތް ރަށަކީތަ؟؟