ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވަށާލައިގެން މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުންދިޔަ ފަރާތްތަކަށް އެކަމަނާ މެސެެޖެއް ދެއްވަައިފިއެވެ.

އެސްއޯ ފުލުހުން ނުކުމެ މުޒާހަރާ ކުރާ މީހުން ހުއްޓުވި ފަހުން ފުލުހުން މުޒާހަރާ ކުރާ މީހުން ހުއްޓުވިކަން ޝިދާތާއަށް އެނގިވަޑައިގެންނެވީ 10 ވަރަކަށް ފޫޓަށް ދުރަށް ވަޑައިގެންނެވި ފަހުންނެވެ.

އެއާއެކު ޝިދާތާ އެނބުރި ވަޑައިގެން ވިދާޅުވީ، "އަޅުގަނޑުމެން މި ކުޅެނީ ކުޅިވަރެއް ނޫން"ކަމަށެވެ.

ނަމަވެސް މިނިސްޓަރ ވިދާޅުވީ ވާހަކަފުޅުގެ އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.

ނަމަވެސް ކައިރީގައި ހުންނެވި ޖެންޑާ މިނިސްޓްރީގެ ބޭފުޅަކު ފުލުހުންގެ މުޒާހަރާގެ ބައިވެރިން ހުއްޓުވިފައިކަމަށް މިނިސްޓަރ އަށް ދެންނެވުމުން ވިދާޅުވީ، "އެހެން ހަދަން ނުވާނެ"ކަމަށެވެ.

އެސްއޯ ފުލުހުންގެ ހިމާޔަތުގައި ފުލުހުން ކާރަށް އަރާ ވަޑައިގެން ވިދާޅުވީ، "ވަރަށް ބޮޑަށް ޝުކުރިޔާ" އެވެ.

އަދި މީޑިއާތަކުން މިފަދަ ހައްސާސް މައްސަލަތައް ގެނެސްދޭއިރު ރަނގަޅު މައުލޫމާތާއި ސަރުކާރުން ކުރައްވާ މަސައްކަތްވެސް ގެނެސް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތުއްތު ކުއްޖާ ރޭޕް ކުރުމުން ހިނގަމުންދާ ކަންތައްތައް "ވަގުތު" ބްލޮގް އިން ފެނިވަޑައިގަންނަވާނެ.

މިއަދު ހިނގާ މުހިއްމު ކަންތައްތައް

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖ

    ކޮން ކަމެއް ދިވެހިރާއްޖޭގެ ކުޑަގައުމެއްގައި ހައްލުވަނީ ޑުރަގު ރޭޕް ވައް ކަން އިންތިހާޔައް ގޮސްބޮޑުވެފައި މިއޮތީ ސަރު ކާރުނިދާފާ ޖުޑިސަރީނިދާފާ ކޯޓުތައްނިދާފާ ޕޮލިހުންތިބެނީނިދާފާ އެ ކަމަ ކުސަތޭ ކަ% މުސްލިމުގައުމެއް ކަމައްލޭބަލްވެފަ

    15
  2. ނަފީސާ

    ކުޅިވަރު ނޫން ކޯޗެއްތޯ؟ މޯދީޖީއާ ލޮލާލޯ ދިމާވާ މިރާއްޖޭގަ މޯދީޖީގެ ގައުމުގަ ހިނގާކަންތައްތައް ހިނގަންޖެހެނީތޯއްޗެއް.

  3. ާއަހުމަދު

    އިންޑިއާގެއަވަށަކަށް ވެނިމިއްޖެ