ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި އެކަމުގައި ޝާމިލުވި ފަރާތްތަކަށް ހައްގު އަދަބު ދީ އެ މައްސަލަ ވީހާވެސް ރަނގަޅަށް ބައްލަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމާ ގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިންގެ އަރިހުން އެދިވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މުލިއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި އެ ހާދިސާއާ ގުޅިގެން އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން ވަނީ ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. މީގެ އިތުރުންވެސް އަނިޔާ ލިބިފައިވާ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމަށް މި މައްސަލަ ވީހާވެސް ރަނގަޅަށް ބައްލަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.

އުމުރުން ދެ އަހަރު ނުވާ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެކުއްޖާގެ ކާފަ އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީ އާއި މުނި ކާފަ 81 އަހަރުގެ ހަސަން މޫސާ ދީދީ މާލެ ގެނެސް ދޫނިދޫ ޖަލުގައި ވަނީ ބަންދުކޮށްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި އެ ދެ މީހުން މާލެ ގެނައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ާައަހުމަދު

    އިކޮނޮމިކް މިނިސްޓަރާ ކޮންގުޅުމެއްބާއޮތީ

    21
  2. ޖާހިލު

    ރަގަޅު ވާހަކައެއް ރޭޕް ކުރި މީހުންނަށް ޙައްޤު އަދަބު ދޭން ވާނެ އެހެންނަމަވެސް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާނުލަނީ ހަމަ ސޯލިހުކަމުންތަ؟

    46
    1
  3. ފެއިލް

    އިސްލާމީ ޝަރިއްޔާ ދޫކޮއް އަމިއްލަ އަތުން ހަދާ ކަނު ވަޞުޢީ ހަމަ ނުޖެހޭ އުނި ބުއްދި ހުރި މީހުން ހަދާ ގާނޫނު ތަކުގެ ސަބަބުން މިގައުމު ފަސާދަ ވެގެން މިދަނީ. އެ ތުއްތު މައުސޫމު ބޭބީ ގެ ކޮން ކުށެއް އޮތީ. މިކަހަލަ ޖަނަވާރުންނަށް ޖެހޭނީ ހައްދު ޤާއިމް ކުރަން. އިސްލާމީ ޝަރިއްޔާ ގާއިމްކޮށް ކޯޓުތައް މިނިވަން ކުރުމައްޓަކައި ރައްޔިތުން މަގުތައް މައްޗައް ނުކުމެ ކޯޓުތައް އިސްލާހް ކުރަން ޖެހޭ. މިލާދީނީ ހަރުކަށި ހައްދު ފަހަނަ އެޅި ސަރުކާރުން މިވަނީ ކޯޓުތައް އިސްލާހްގެ ނަމުގައި ލާދީނިއްޔަތު ނުވަތަ އަލްމާނީ ފިކުރު ވައްދައި ކޯޓުތައް އަޅުވެތި ކޮއްފައި.

    35
  4. Anonymous

    ޙައްޤު އަދަބަަކީ އިސްލާމީ ޝަރީޢަތުގައި ވާ ގޮތަށް ހުކުމް ކުރުން ރުހުނަސް ނުރުހުނަސް

    42
  5. ސޯފާ ސެޓް

    ވަރަށް ހެޔޮފުޅު ރައީސް އެއް ވައްތަރު ޖަހާ! އެކަމަކު ސިދާތާ މަތީގައި އަޅާފައިވާ ބެޑްޝީޓް ގެއްލިއްޖެ.

    15
    16
  6. ޓަފި

    ޜައީސް އަށް ނޭންގެނީތޯ ޒިންމާދާރު ވަޒީފާ ތަކުގަ ރޭޕިސްޓުން ތިބިކަން. ޕާޓީ ވީމަ ޢަޅާނުލާ ބަހައްޓަނީތޯ ނޫނީ ހަމަ ނޭންގެނީ ތޯ

    29
  7. ފެކްޓް

    ކަމުގެ އަޞްލަށް ރުޖޫޢަ ނުވެ އެންމެން ތެޅިފޮޅި ނޭވާ ނުލެވިގެން މި އުޅެނީ ކީއްވެތޯ؟
    ﷲ ތަޢާލާ ކަމެއް މަނާ ކުރައްވާނީ އެކަމުގެ ގެއްލުމާ ޙަލާކާ ފަސާދަ ބޮޑުވާނެތީ އެހެން ނޫންތޯ؟ އަންހެންނުން ކުރު ސޯޓާ ބޮކްސާ ތުރުކުރައްވައިގެން ހުރިހާ އެއްޗެއް ސޭލް އަޅުވައިގެން ޓިކްޓޮކް ބޫޓް ގޮއްވަމުން އުޅޭ މުޖުތަމަޢެއްގަ ފިރިހެނުންގެ ޖިންސީ އެދުންވެރިކަން ހުންނާނީ ކްރޭޒީވާ ދަރަޖައަށް އުތުރި އަރާފަ އެހެން ނޫންތޯ.. ދެން ކިހިނެއްތޯ މި މައްސަލަ ހައްލު ކުރާނީ. އިނގްލިޝް ބާބޫ ބުނިހެން ދުނިޔެ ފަސާދަކޮއްލެވޭނީ ރާ ތައްޓަކާ އޮރިޔާމުން ހުރި އަންހެނެކޭ. އެއީ ތެދުފުޅެއް ނޫންތޯ؟

    21
    1
  8. ސަމިި

    ކޮބާ ހޯރަ އިއްބެ އަށް މާފު ދިން ގޮތަށް މާފު ދެއްވަން ވީނުތޯ .ކޮބަަތޯ ހުރަހެއް ތިކަމުގަ ވެސް

    31
    • ހޯނު

      ހޯރަ އިއްބެއައް އެހެރީ ހައްގު އަދަބު ދެވިފަ ދެއްތޯ

  9. އަހުމަދު

    ކޮބާތޯ ތިޔަވިދާޅުވާ ހައްގުއަދަބަކީ ތިޔަ 3މީހުންނައް މަތިންބައިން ޖެހިގެން ވަކާލާތު ކޮއްދޭން ނިކުންނާނެ ސަމީމު މެންކަހަލަ އިއްޒަތްތެރި ވަކީލުން ސާބިތު ހެކި ހުއްޓަސް ކުއް ސާބިތެއް ވެސް ނުވާނެ ސާބިތުވިޔަސް ދެއަހަރެއް ހާދުވަހުގެ ޖަލު ހުކުމެއް އިއްވާވަ ގެންގޮސް މާފުށީޖަލުގަ ދުވާލަކައް ތިންހަތަރު ހާސްރުފިޔާ ދައުލަތުން ހަރަދުކޮއް މޮޅައް ކާންދީގެން ގައިގަ ރަނގަޅައް މަސްޖަހާއިރައް ނެރި ދޫކޮއްލާނެ މީތޯ ތިޔަ ވިދާޅުވާ ހައްގު އަދަބަކީ ނޫން ހައްގު އަދަބު އެއޮތީ އިސްލާމްދީނުގަ ކަނޑައަޅުއްވާ އަންގަވާފަ އެގޮތައް އަމަލް ކުރައްވަން ކެރޭނެތޯ ނުކެރޭނެ ތިޔަ ބޭފުޅާގެ ސަރުކާރެއްގަ މަރުގެ ހުކުމް ތަންފީޒެއް ނުކުރާނެ ކަމައް ވިދާޅުވެފަ ދެން ކޮން ހައްގު އަދަބެއްގެ ވާހަކަތޯ ތި ދައްކަވަނީ ތީލާދީނިއްޔަތައް ތާއިދު ކުރާ ލާދީނީ ސަރުކާރެއް

    22
  10. އަބްދުﷲ

    ކިހިނެއް އިންސާފް ހޯދަދޭނީ ފުރަތަމަ ހަވާލވެފަ ،މިނިވަންކުރީ ކުޑަކުއްޖަކާ ބެހިފަ ހުރި ހޯރަ އިއްބެ
    ދީނށް ފުރަސާރަ ކުރީމަވެސް އަޑެއްވެސް ލައްވާނުލާ އެމީހުނަށް ހިމާޔަތްދީ އެމީހުން ދިފާއުކުރަމުން ދަނީ މީގެ ޒިންމާ ނަގަންޖެހޭނީ މިސަރުކާރު ގެނަން ވޯޓް ދިން ހުރިހާ އެންމެން

    30
  11. އަހްމަދު

    ކިހިނެއް އިންސާފް ހޯދަދޭނީ ފުރަތަމަ ހަވާލވެފަ ،މިނިވަންކުރީ ކުޑަކުއްޖަކާ ބެހިފަ ހުރި ހޯރަ އިއްބެ
    ދީނށް ފުރަސާރަ ކުރީމަވެސް އަޑެއްވެސް ލައްވާނުލާ އެމީހުނަށް ހިމާޔަތްދީ އެމީހުން ދިފާއުކުރަމުން ދަނީ މީގެ ޒިންމާ ނަގަންޖެހޭނީ މިސަރުކާރު ގެނަން ވޯޓް ދިން ހުރިހާ އެންމެން

    21
  12. ހުސޭނުބޭ

    ހޯރަ އިއްބެ ދޫކޮށްލިއިރު އެއީ ކުޑަކުޑަކަމަށްވެފައި މިހާރު މޭޒެއްކައިރީ އިދެފައި ކޮން އަނގައެއް ތަޅާކަށް!

    26
  13. ރަޝް

    ހައްޤު އަދަބު ނޫނީއާ ނުދެއްޗޭ

  14. ގޮއްރާޅު

    ރައީސް ސޯލިހު މަނިކުފާނު ނޫން ތޯ ކުޑަކުއްޖަކު ރޭޕް ކުރި މީހަކަށް މައާފު ދިނީ
    ހައްގު އަދަބުގެ ވާހަކަ ދައްކަން ލަދު ކޮބާ ވަރަށް ވެދުން

    15
  15. އެމް ޝަމް

    މަނިކުފާން އަށް ކުރެވޭނެ އެއްމެ ބޮޑުވަރު ތި ކޮށްދެވުނީ . ޝުކުރިއްޔާ

  16. ކެޔޮޅު

    ހައްޤު އަދަބުދޭކައްނުކެރޭނެ އެހާގަޓުހުރި ރައީސެއްނޫންތީ!

    10
  17. ސަނާ

    މުނާފިގު ލާދީނީ ވެރީންތަކެއް ލައިގެން ހައްލު ކުރެވޭނެ ކަމެއް މިރާއްޖެއަކު ނެތް. ހުރިހާކަމެއްވެސް ދަނީ ހަމަ ގޯހުން ގޯހައް.. ފާޅުގައި ދީނައް ފުރައްސާރަކުރުންވެސް ނުހުއްޓުވޭ.. މާރާމާރީވެސް ނުހުއްޓުވޭ.. ޓުރެފިކު ސޭފްޓީވެސް ހައްލެއް ނުކުރެވޭ.. އާމްދަނީ ރަނގަޅެއް ނުކުރެވޭ.. ގައުމުގެ އިޖުތިމާއީ ހާލަތު އޮތީ ބޮއްސުންލާފަ.. ޖަލުތަކުގެ މައްސަލަ އެހާބޮޑު.. ދެން މިއީ ހާޖާނުގަނޑެއްކަހަލަ ސަރުކާރެއް.. އެއްވެސް އަމާޒެއް މިސްރާބެއް ނެތް ބަޔެއް..

    11
  18. Esoru

    Manikufaanu manikufaanaai manikufaanuge beyfulhun ah gaumah rangalhu kameh kohdhevunu kamahvaany issthiufaa dhinun.

  19. އަފީ

    ކޮބާ ހޯރަ އިއްބޭ! ކީއްވެ ހޯރަ އިއްބެއަށް ހައްގު އަދަބު ދިނުމަށް އިބުރާހިމް މުހައްމަދު ސޯލިހު ނުބުނީ! ރަ އިއްބޭގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކުއްޖާގެ ހައްގެއް ނެތީތޯ؟ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހުންނަށް މަރަންވީ

    3
    1
  20. ޒީރޯޓޮލަރެންސް

    ރައީސް އެވެ. ހައްގު އަދަބަކީ ކޮބައިކަން ބުނެދީބަލާށެވެ . އެވަރުބުނެދެވެން ވާނެއެވެ. ތި ހައްގު އަދަބު ދިވެހިރައްޔިތުން މިތިބީ ބަލާށެވެ އެގިދާނެތާ