ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެކަމުގައި ވަގުތުން ވަގުތަށް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީ އަދި ފުލުހުން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީއާ ފުލުހުން ގުޅިގެން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވީ ކުއްޖާއަށް އެފަދަ ކަމެއް ބަޔަކު ކޮށްފައިވާކަން ޑޮކްޓަރުގެ ރިޕޯޓުތަކުން އެނގުމާއި އެކު އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ޝިދާތާ ވިދާޅުވީ އެ މައްސަލާގައި އެކި މުއައްސަސާތަކުން އަދާކުރަމުންދާ ރޯލަކީ މުޅިން ތަފާތު ރޯލުތަކެއް ކަމަށާއި އެހެންނަމަވެސް ކުއްޖާ ރާއްކާތެރި މާހައުލަކަށް ގެންގޮސް އެ މައްސަލަ ތަހުގީގު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަގުތުން ވަގުތަށް ކުރެވިގެންދިޔަ ކަމަށެވެ.

"ކަލެކްޓިވްލީ ވަގުތުން ވަގުތަށް ފިޔަވަޅުތައް ދިޔައީ އެޅެމުންކަން ފާހަގަކޮށްލަން އަޅުގަނޑުމެން މަސައްކަތް ކުރީ ވީ އެންމެ އަވަހަކަށް ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންދިއުމަށް، އަދި ފުލުހުން ވެސް އަޅުގަނޑުމެންނާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދިޔައީ ވީހާވެސް އަވަހަކަށް އެކަމާއި ގުޅިގެން ކުރަންޖެހޭ އެހެން ކަންކަން ކުރުމަށް،" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ މިފަދަ މައްސަލަތަކުގައި އެންމެ ފުރަތަމަވެސް ދައުލަތަށް ކުއްޖާ ނެގުމަށްފަހު ދައުލަތުން ކުދިން ބަލަހައްޓާ މަރުކަޒުތަކަކަށް ކުދިން ނުގެންދާ ކަމަށެވެ. އަބަދުވެސް އަމަލު ކުރަމުން އަންނަ އުސޫލަކީ އެފަދަ ކުއްޖަކަށް އާއިލާގެ ތެރެއިން ރައްކާތެރި މާހައުލެއް ލިބޭ ތަނެއް ހުރި ކަމަށްވާނަމަ އެފަދަ ތަނަކަށް ކުއްޖާ ގެންދިއުން ކަމަށް ޝިދާތާ ވިދާޅުވިއެވެ. އެގޮތުން ޝިދާތާ ވިދާޅުވީ އަނިޔާ ލިބުނު އަންހެން ކުއްޖާ މިހާރު ހަވާލުކޮށްފައިވާ އެ ކުއްޖާގެ އާއިލާ ފަރާތަކީ އެކުއްޖާއަށް ރައްކާތެރިކަން ދެވޭނެ ފަރާތެއްތޯ ބަލާފައިވާނެ ކަމަށެވެ.

ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާ ރޭޕްކޮށް އެކުއްޖާއަށް އެވަރުގެ ބޮޑު އަނިޔާއެއް ލިބިގެންދިޔައިރު ކުއްޖާ ހުރީ ކުއްޖާގެ ބައްޕަ ގާތުގައެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކުވެސް އެކުއްޖާގެ މަންމަ ފަރާތު އާއިލާ މީހުން އެކުއްޖާ ގޮވައިގެން އެގެއަށް ގެންދެއެވެ. މި ހާދިސާ ހިނގައިގެން ދިޔައީ ކުއްޖާގެ މަންމަ ފަރާތު އާއިލާ މީހުން ގާތުގައި ހުއްޓާ ކުއްޖާ ފެންވެރުވުމަށް ގެންދިޔަ ވަގުތުގައެވެ. އަދި އެކުއްޖާގެ ބަނޑަށް ތަދުވާ ވާހަކަ ކުއްޖާ ބުނުމުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތައް ހެދިއެވެ. އަދި ޓެސްޓުތައް ހެދުމުން އެނގިގެން ދިޔައީ އެކުއްޖާ ރޭޕް ކޮށްފައިވާ ކަމެވެ.

މި މައްސަލާގައި ފުލުހުން ވަނީ ކުއްޖާގެ ކާފަ އަދި މުނިކާފަ ހައްޔަރުކޮށްފައެވެ. އަދި ހަމައެއާއެކު ކުއްޖާގެ ބައްޕަ ވަނީ އިހުމާލުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅލލލ

    ދެދުވަސް ތިންދުވަސް ފަހުން ފަރުވާވެސް ދޭން ތި ފެޝީ.. ދޮގު ހެދިޔަސް ބޮޑު ވަރު

  2. Anonymous

    މީނަދަ ޑަކައިތު ބެޑްޝީޓްވެސް ދޫފަރިތަކަމާއެކު ދޮގުހަދާލާ. 3 ދުވަސްފަހުން ކަމަކާ އުޅެލީވެސް. އަނގސހައްދުޖަހަންޖެހޭނެ ތިތާތިބި ދޮގުވެރި އެންމެންގެވެސް. ޔާﷲ މިކުޑަ ފުރާނައައިގެ ޙައްގަށްޓަކައި މިގައުމުގައި މިއޮތް ނާގާބިލް ދޮގުވެރިސަރުކާރު ނިމިމަކަށް ގެނެސްދެއްވާނދޭވެ. އަދި މިތިބަ ދޮގުވެރި ޙަރާމް ފައިސާކޭ ބައިގަނޑު ނެތިކުރައްވާނދޭވެ އާމީން.

  3. ކެޔޮޅު

    ވަގުތުން ފިޔަވަޅުތައް އެޅިކަމައްބުނި އެމްޑީއެން އާދެކޮޅައް ވެސް

  4. ބުހުތާން

    އެހެން ތޯ ވަގުތުން ފިތަވަޅު އެޅިއްޔޭ ތޯ ހާދަ ކުޅަދާނައޭ ދޯ