ރާއްޖެއަށްވެސް "ނޮވެލް ކޮރޯނާ ވައިރަސް" އައުމުގެ ފުރުސަތު އޮތްކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންގެންދާކަމަށް ހެލެތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެކަން ހާމަކޮށްފައި ވަނީ މިއަދު އެޗްޕީއޭ އިން ނެރުނު ނޫސް ބަޔާނެއްގައެެވެ.

އެ ނޫސް ބަޔާނުގައި އެޗްޕީއޭ އިން ވިދާޅުވެފައި ވަނީ މި ބަލި ރާއްޖެ އަށް އައުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ދުނިޔޭގެ ސިއްހައްތާބެހޭ އިދާރާ ޑަބްލިއުއެޗްއޯ އިން ވަނީ ހާމަކޮށްފައި ކަމަށެވެ.

އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވެފައި ވަނީ މި ބައްޔަކީ ކޮނޯރާ ވައިރެސް އާއިލާ އަށް ނިސްބަތްވާ، މުޅިން އަލަށް ޗައިނާއިން ފެނިފައިވާ ބައްޔެއް ކަމަށެވެ. އެގޮތުން ޗައިނާއިން މިހާތަނަ މި ވައިރެހަށް ޕޮޒިޓިވް ވެފައިވާ 143 މީހަކު ފެނިފައިވާ ކަމަށާއި، އަދި ރާއްޖޭގެ ގިނަ ބަޔަކު ދަތުރުކުރާ މަންޒިލެއް ކަމުގައިވާ ތައިލެންޑުން މި ބަލީގެ ދެމީހުންގެ އިތުރުން ޖަޕާނުންވެސް މިބަލި ޖެހިފައިވާ އެކަކު ފެނުފައިވާކަމަށް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މި ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. މި ބަލި ޖެހެން މެދުވެރިވަނީ ބައެއް ޖަނަވާރުގެ ކިބައިންނާއި، ސީފުޑްގެ ގޮތުގައި ކައި އުޅޭ ބައެއް ބާވަތްތަކުގެ ސަބަބުން ކަމަށް އެ އެޖެންސީ އިން ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން ޗައިނާއަށް ދަތުރު ކުރައްވާ ފަރާތްތަކުންނާއި ޗައިނާގައި ދިރިއުޅެމުންދާ ފަރާތްތަކުން ހުން އައުން، ނޭވަޔަށް އުނދަގޫކުރުން ފަދަ އެއްވެސް އަލާމަތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މި ދުވަސްކޮޅު ޗައިނާގައި މިބަލީގެ އައުޓް ބްރޭކެއް އުޅެމުންދާތީ އެގައުމުގެ ހޫބް ޕްރޮވިންސްގެ ވުހާން ސިޓީގައި އުޅެމުންދާ ފަރާތްތަކުންނާއި އެތަނަށް ދަތުރުކުރާ ފަރާތްތަކުން، އެސަރަހައްދުގެ ސީފުޑް ކެއުމަށް ބޭނުން ނުކުރުމަށާއި، ދޫނި ސޫފާސޫފި ގެންގުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މެކާއޯ

    ރާއްޖެއަށް ގިނަ އަދަދެއްގެ ޗައިނާ ފަތުރުވެރިން އާދޭ ކޮންމެ ދުވަހަކުވެސް. އެއަރޕޯޓް އޮންއެރައިވަލގައި މިއަދާއި ހަމަޔަށްވެސް ސްކުރީން ކޮއްފައި ނުވޭ އެއިން އެކަކު ވެސް. ރައްޔިތުންގެ ސަލާމަތަށް ވިސްނާ ސަރުކާރެއް ނޫން. ރައްޔިތުންގެ ބަޔަކު އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައީ. މި ސަރުކާރަށް ކުރެވޭ އެއްވެސް ކަމެއް ނެތް ބަދަލު ދިނުން ފިޔަވާ.

    17
  2. ޢަދުރޭ

    ޢަޔަ ނުދޭން. ކުރެވެން ވެން ހުރި .. ހުރިހާ ކަމެއް ..ކުރަންވީ .. އަތުވެއްޖިއްޔާ .. މިތަނަކުން .ނުފިލުވޭނެ .ތިއެއްވެސް

    14
  3. ކަބުލޮ

    ޢެކަކު ގައިން އަނެކަކަށް ވެސް އަރާ ނުރައްކާތެރި ވައިރެހެއްތިއީ! ޗައިނާގެ ނިއު އިޔަރ މިމަހު 25ގައި ފެށޭ! ޢެހެންވެ މުޅިދުނިޔެއަށް ބަލިފެތުރުމުގެ ފުރުސަތުބޮޑު! ޢެޖެންޑާ 19 ސަޅިވާނެ ! ތިއަކަށް އެޖެންޑާ 19ގެ ތެރެއިން ޖަޒީރާވަންތަ ރާއްޖެ އަކަށް ހިލާނާދެވޭނެ. ކަމާބެހޭ އިދާރާތަށްނިދި މާ ގުގުރީގައި!

  4. އަޙްމަދް

    ހާސް ކަނޑާލަ
    އުފައްދަނީ ކިހިނަކުންކަން ނޭނގޭ އޭތީ މީތީ އަޅާފަ ހުއްނަ ވެކްސިން ހުއްނާނެ!
    ޢެއްމެން ވެކްސިން ޖަހާނީ!
    އޯކޭ ވާނެ.

  5. ޙުއެޔާ

    ޗައިނާ ފަތުރުވެރިން އައުން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ

    3
    1
  6. ޒާ

    ކޮބައިތަ އެޅި ފިޔަވަޅަކީ؟