ގދ.ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ 15 އަހަރުގެ ފިރިހެން ކުއްޖެއްގެ އިންފެކްޝަން އުފެދި ހަނދާންތައް ފޮހެވުމާ ގުޅިގެން އެ ކުއްޖާ އަށް ފަރުވާ ދިނުމަށް މިއަދު މާލެ ގެނެސްފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ފިރިހެން ކުއްޖާގެ ހާލު ބޮޑުވެ، މާލެ ބަދަލުކުރީ އިމަޖަންސީ ހާލަތުގައެވެ. އެމްއެންޑީއެފްގެ ހެލިކަޕްޓަރެއްގައި އެ ކުއްޖާ މާލެ ގެނައީ ތިނަދޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ ތިން ދުވަސް ފަހުންނެވެ.

ތިނަދޫ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު "ވަގުތަށް" ވިދާޅުވީ އެ ކުއްޖާ އަށް ޖެހުނީ "ބެކްޓީރިއަލް" ބައްޔެއް ކަމަށް ބެލެވުނު ނަމަވެސް ސީދާ އެ ބައްޔަކީ ކޮބައިކަން ދެނެގަނެވިފައި ނުވާ ކަމަށެވެ. އެހެންވެ، އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވަން ނިންމީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ކުއްޖާ އަށް މިހާރު ފަރުވާ ދެނީ އައިޖީއެމްއެޗްގައި ކަމަށްވެއެވެ.

އެ ކުއްޖާގެ ހާލު ބެލުމަށް އާއިލާއާ ގުޅުމަށް މަސައްކަތް ކުރުމުން ފޯނަށް ޖަވާބެއް ނުދެއެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ބައްޔަކީ "ބެކްޓީރިއަލް މެނިންޖައިޓިސް" ނަމަކަށް ކިޔާ ބައްޔެކެވެ. އެ ބަލި ޖެހިފައިވާކަން އެ ކުއްޖާ ބެލި ޑޮކްޓަރުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ބެކްޓީރިއަލް މެނިންޖައިިޓިސްއަކީ މެނިންޖައިޓިސްގެ އެންމެ ނުރައްކާތެރި ވައްތަރެވެ.

ގިނަ އަދަދަކަށް ބެކްޓީރިއާ އުފެދިއްޖެ ނަމަ މި ހާލަތު ދިމާވާން މެދުވެރިވެއެވެ. އެންމެ ގިނައިން މިކަން ދިމާވަނީ، ސްޓްރެޕްޓޮކޯކަސް ނިއުމޯނިއާގެ ސަބަބުންނެވެ. މި ހާލަތު ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ދިމާވެއެވެ.

ސްޓްރެޕްޓޮކޯކަސް ނިއުމޯނިއާގެ ސަބަބުން ނިއުމޯނިއާ އާއި ސައިނަސް އަދި ކަންފަތުގެ އިންފެކްޝަން އުފެދުމަށް މަގުފަހިވެއެވެ.

ބެކްޓީރިއަލް މެނިންޖައިޓިސްއަކީ ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުން ނުވަތަ ބޮލުގެ ނާށިގަނޑަށް ލިބޭ ގެއްލުމަކުން، ސައިނަސް ނުވަތަ ކަންފަތުގެ އިންފެކްޝަނަކުން އަދި ބައެއް ފަހަރު ސަޖަރީތަކަށް ފަހު ވެސް ދިމާވާ ހާލަތެކެވެ.

މި ހާލަތުގެ ސަބަބުން ހަނދާން ނެތުން ފިޔަވާ ނުރައްކާތެރި އިތުރު ބައެއް ކަންކަން ވެސް ދިމާވެއެވެ. އެގޮތުން ބައެއް ކޭސްތަކުގައި މި ބަލި ޖެހޭ މީހުން އުމުރު ދުވަހު ނުކުޅެދުންތެރިކަމުގައި ވެސް އުޅެން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަން

    އަބަދު މާލެ ގެންނަވާހަކަ. މާލެ ނުގެނަސް ނުވޭތަ؟ ހައިޖާން ކުޑައީތަ؟

    8
    68
  2. ހަވަރު ތިނަދޫ ބިގަރު ކައުންސިލް

    ހަވަރު ތިނަދޫ ކައުންސިލްގަ ތިބި ބިގަރުންނަކަށް ނޭގޭ ހެލްކޮޕްޓަރު ޖެއްސިކަމެއްވެސް ކުއްޖަކު މާލެ ގެންދިޔަކަމެއްވެސް. ފަތާޓުރެކުގެ އެއްބައި ހޯޑެއްދޫ ކައިރީގަ އޮތް ފަޅުރަށަކަށް ލައްގާފަ އޮތްކަމެއްވެސް ފަތާ ޓުރެކެއް ހަވަރު ތިނަދޫގަ އޮންނަކަމެއްވެސް އެބިގަރުންނަކަށް ނޭގޭ. އަދިވެސް ޕާޓީ ޕާޓީއޭކިޔާ ބިގަރުން ކައުންސިލަށް ހޮވާފަ ބައިތިއްބާ

    25
    1
    • ހަވަރު ތިނަދޫ ބިގަރު ކައުންސިލްގެ ރައީސް

      ފަތާޓްރެކެއް އޮންނަކަމެއް އަދި ހެލްކޮޕްޓަރު ތިނަދޫއަށް ޖެއްސިކަމެއް އެއްވެސް މީހަކު ރަސްމީސިފައެއްގަ ހަވަރު ތިނަދޫ ފުލް މެޖޯރިޓީ އެމްޑީޕީ ބިގަރު ކައުންސިލަށް އަންގާފައެއްނުވޭ. ޝުކުރިއްޔާ

      10
      1
  3. އެސޮރު

    ބޭކާރު ކަމެއް މާލެ ގެނައުމަކީވެސް، މާލެގެނެސްވެސް ހޮސްޕިޓަލުގަ ބާއްވަބާވާފަ ހާލަތު ގޯސްވުމުން ބުނާނެ މިތަނުން ވާނެވަރަކީމީއޭ، ކިރިޔާ ކަމެއްވިއަސް ރާޖެއިން ބޭރަށް ދިއުން ނޫން ގޮތެއް ނޯނނާނެ.

  4. އަޅުގަނޑު

    މާތްﷲ ޝިފާ ދެއްވަވާށި އަދި އަޅަމެން އެންމެންވެސް އެންމެހާ ނުރައްކަލުން އަބަދުވެސް ރައްކާތެރިކޮށްދެއްވަވާށި އާމީން