އެމްއެންޑީއެފްގައި މަސައްކަތް ކުރާ ސިފައިންގެ މީހަކު ޖިނާއި ކުށެއްކޮށްފިނަމަ، އޭނާއާ ދޭތެރޭގައި ޤަވައިދުން ފިޔަވަޅު އަޅާނެކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން މިހެން ވިދާޅުވީ، ސިފައިންގެ އޮފިސަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ފަތުރަމުންދާ ހަރަބާއި ގުޅޭގޮތުން ވާހަކަދައްކަމުންނެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، މިފަދަކަންކަމާ ގުޅޭ ގޮތުުން އެ މުވައްސަސާއިން ގެންގުޅޭ ޕޮލިސީ އެންމެ ފަހުން ނެރުން ނޫސްބަޔާނުގައި ބަޔާން ކޮށްފައިވާނެެ ކަމަށެވެ.

"އަދި ޖިނާއި މައްސަލަ ބަލަނީ ޕޮލިސް އިންކަމުން، އެފަދަ ޖިނާއި ކުށެއް ސާބިތުވި ކަމުގެ މަޢުލޫމާތު ކަމަބޭހޭ އިދާރައިން ޤައުމީ ދިފާޢީ ބާރަށް ލިބިއްޖެނަމަ". އާޒިމް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ކުރިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ސިފައިންގެ މީހެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފި ނަމަ އެ މައްސަލައެއް ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ މުއައްސަސާއިން ކުރިއަށް އޮތް ތާނވެސް އަމަލު ކުރަމުން ގެންދާނީ އެގޮތަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިއަދާއި ހަމަޔަށްވެސް ފިޔަވަޅެއް އެޅިފައި ނެތް

    2
    1