ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ސިފައިންގެ މީހަކު މިރޭ ހައްޔަރުކޮށްފިއެވެ.

ސިފައިންގެ މީހަކު، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކުރި މައްސަލައިގައި އެމްއެންޑީއެފް އިން ވަކި އެއްޗެއް އަދި ނުބުނެ އެވެ. އެކަމަކު އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލައެއްގައި ސިފައިންގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަމުގެ މައުލޫމާތު ރަސްމީކޮށް ފުލުހުން އެމްއެންޑީއެފަށް އަންގާފައިވާ ކަމަށެވެ.

އާޒިމް މިގޮތަށް ވިދާޅުވި ނަމަވެސް، އެ ސިފައިންގެ މީހާ ހައްޔަރުކޮށްފައި ވަނީ ކޮން ކަހަލަ މައްސަލައެއްގައި ކަން ހާމަކޮށްފައެއް ނުވެއެވެ. "ވަގުތަށް" ކަށަވަރުވެފައިވާ ގޮތުގައި އެމީހާ ހައްޔަރުކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައެވެ.

އެމްއެންޑީއެފް އިން ކުރިން ވިދާޅުވެފައި ވަނީ، އެތަނުގައި މަސައްކަތް ކުރާ ސިފައިންގެ މީހަކު ޖިނާއި ކުށެއްކޮށްފިނަމަ، އޭނާއާ ދޭތެރޭގައި ޤަވައިދުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ އިތުރުން، އެމްއެންޑީއެފް އިން ކުރިން ވަނީ ސިފައިންގެ މީހެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފި ނަމަ އެ މައްސަލައެއް ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރުކުރިއިރު، ހަމަ އެފަދަ މައްސަލައެއްގައި 76 އަހަރުގެ ފިރިހެނަކުވެސް މިއަދު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޞުބްބޫ

    މާރިޔާ ބުނާނެ ތީ ކުރީގެ ސަރުކާރުގެ ސަބަބުން ވީކަމެކޭ

    57
    2
    • ޙައްދު

      މީހަކު ކުށެއްކުށެއް ކުރީމަ އެކުށުގެ ޒިއްމާ ނަގަންޖެހޭނީ އެކުށް ކުރި މީހާ ނުވަތަ އެކުށުގަ ބައިވެރިވީ ބަޔަކު، ކަމާ ނުބެހޭ މީހުންގެ ވާހަކަ ދައްކާ ސަމާލުކަން ހޯދަން ނޫޅެ ޒިންމާދާރުވާން ދަސްކޮބަލާ ގައުމުގެ ރައްޔިތުންނޭ!!

      42
      3
      • Anonymous

        ދީނާ ގައުމު ހިމާޔަތް ކުރަން މާތްﷲ ގަންދީ ހުވާކޮށްގެން ތިބޭ މީހުންވެސް ކުޑައަންހެން ކުދިން ލޫޓުވަމުން ދުވަނީ. ގައުމުގެ އަންހެން ދަރިންނަށް ނުދެވުނު ހިމާޔަތެއް ގައުމަށް ދެވޭނެތަ؟

        10
  2. ގައުމު

    ވަރައްރީތި ސިފައިން ގައުމުގެ ސަލާމަތައްޓަކާ މޭ އައްޑަނަ އަކައް ހަދައިގެން ތިބިލެއް ކީކޭ ދެން ބުނާނީ ވެސް މީ ސިފައިންގެ ހާލު ކޮބާ ފުލުހުންނާ ގާޒީންނާ ކައުންސިލާ މުދިމުންނާ ދެންވެސް ތިބި މީހުންގެ ހާލަކީ

    59
    16
    • ސިފައިން

      އެކަން ކުރީ ދިވެއްސެއް. ކަލޭވެސް ތީ ދިވެއްސެއް. ދެން ކަލޭވެސް އެކަންކުރިކަމަށްތަ ތިބުނީ؟ އެކަހަލަ ޖާހިލު ދެތިން މީހަކާހެދި މި މުއްސަސާ ބަދުނާމު ކުރަން ނޫޅޭ! ވެދުން

      3
      7
      • ގައުމު

        ދެތިން މީހަކު ވިޔަސް ނުވަތަ އެޔައްވުރެ ގިނަ މީހުން ވިޔަސް ތިމުއަސަސާ ގަ ގިނައިން ތިބީ އެކަހަލަ ޖާހިލު ޖަނަވާރުން

        6
        1
  3. ޤައުމީސަލާމް

    އިންޑިއާމީހުންނަށް އެއްޗެހި ގޮވުން ހުއްޓާލާ،

    17
    30
    • މޯދީ

      ހަމްނޭ ބާރާތު ކޯ ކޮއީ ގާލީ ނެހީ ދޭތާހޭ. ސިރްފު ޔާދު ދޭތާހޭ. ޔޭ ސާރާ ބަލާއީ އުން ކަމީނޯނޭ ޔަހާސޭ ލާއީ.

      13
      1
  4. Anonymous

    ދެން އަނެކާވެސް ބޮންގޮއްވީޔޭ ކިޔާފަ ނިކަމެތި ދައް ރޭންކު ގެ ބައެއް ޑީމޯޓް ކޮއްފަ ވަޒީފާއިން ވަކިކޮލި ގޮތައް ކޮއްލާ. ޢަމުރައް ކިޔަމަންވާނެ 'ދެންތިބި މީހުނައް މުސާރަ ލިބޭނެ ތާ.

    6
    2
  5. މާރިޔޯ ބިސްކޯދު

    ދީދީ މާރިޔާ ބުނީ އެތާ ތިބެނީ މައުސޫމު ބަޔެކޯ

    12
    1
  6. ސިފައިންގެ މީހާ

    ގައުމަށްޓަކައި ދީނަށްޓަކައި ޓްރެއިންގ ހަދައިގެން ކުރާނެ ކަމެއް ނޯންނާތީވެ، ކުރެވޭ ކަމަށް އޮތް ކަމަކީ އެއީ

    8
    1
  7. މަ

    މިކަހަލަ ގޮތްކުޑަ މީހުންގެ ސަބަބުން ހުރިހާ އެންމެންގެ އަގު ވައްޓާލުމަކީ ވަރަށް ދެރަކަމެއް... އެންމެ މީހަކު ކުރީމަ ދެން ތިބޭ އެންމެންނަކީ ވެސް އެކަން ކުރާނެ ބައެއްގެ ގޮތުގައި ހީކުރުމަކީ ވަރަށް ދެރަކަމެއް .... މިސާލަކަށް މުދިމަކު ކުއްޖަކާ ބެހުމަކީ ހުރިހާ މުދިމުން އެކަން ކުރަާނެއެކޭ ނޫން .... ވަރަށް ވާހަކަ... ވަރަށް ސަލާމް

    19
    1
  8. ޝައުޝަން

    މިގައުމުވެސް އިންޑިއާއި އެއްލެވެލްއަކަށް ވެއްޓިއްޖެ. އަންހެން ދަރިންނަށް އަމާންކަމެއް ނެތް.

    15
    2
  9. ސަމް

    ސާބަސް މިއޮތީވާ ކަމެއް
    ކާފަ ރޭޕް
    މާމަ ރޭޕް
    ބައްޕަ ރޭޕް
    މަންމަ ރޭޕް
    ބޭބެ ރޭޕް
    ދައްތަ ރޭޕް
    ކޮއްކޮ ރޭޕް
    އަހަރެން ރޭޕް
    މީދިވެހިންބާ؟
    ގައުމު ހަލާކު ... މިދައުރުގަ އޮތީމިކަންދޯ؟

    14
    2
  10. ޢެޑްމުންޑޯ

    ޢިންޑިޔާ އަށްވުރެ ސަހަލެއްނޫން

    14
    1
  11. ކެޔޮޅު

    އެކަމަކު މާރިޔާބުނީ ސިފައިންގެމީހަކު ތިކަހަލަކަމެއް ކޮއްގެނެއްނޫޅެޔޯ!

  12. ޙަސަނާ

    މީދެންކިހާ ހެއްވާކަމެއް މުއައްސަސާގަހުރި އެންމެމީހާކު ކަމެއްކުރާއިރައް ކޮންމެހެންޖެހޭތަ މުޅިމުއައްސަސާ އޭގަބަދުނާމްކުރަން އެކުއްކުރީ އެމީހާފަރުދީގޮތުންނޫންބާ...

    5
    2
  13. Anonymous

    ދީނާ ގައުމު ހިމާޔަތް ކުރަން މާތްﷲ ގަންދީ ހުވާކޮށްގެން ތިބޭ މީހުންވެސް ކުޑައަންހެން ކުދިން ލޫޓުވަމުން ދުވަނީ. ގައުމުގެ އަންހެން ދަރިންނަށް ނުދެވުނު ހިމާޔަތެއް ގައުމަށް ދެވޭނެތަ؟

  14. ދިވެހިމިީހަާ

    ތި ބުނާ ސިފައިންގެ މީހާގެ އާއިލާ މީހެއް އެހެން މީ ހަކު ގޮސް ރޭޕް ކޮށް ފިއްޔާ ހިތަށް އެއްޗެއް އަރާނެބާ އެމަންޒަރު ހަޖަމު ކުރެވޭނެ ބާވައެވެ ތިބާ ގެ އަންހެންދަރި އަށް ލިބުމަށް ނޭދޭ ގެއްލުމެއް އެހެން މީހެއްގެ ދަރިޔަކަށް ދިނުމަށް ހިތް އެދެނީ ކީއްވެ ހެއްޔެވެ ﷲ ތިބާޔަށް ''އޭތި ''ދެއްވީ ނާޖާއިޒު ގޮތެއްގައި ބޭނުން ކުރާ ކަށް ނޫނެވެ ކަލަކުވޭ ބިރުވެތިވޭ ބިރުފަހަނައަޅާ ނުދާށެވެ