މާލޭގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، ބްލެކްމެއިލްކުރުމުގެ އިތުރުން ރޭޕްކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ މިރޭ އިރޮއޮއްސި 18:30 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް މިހާރު ދަނީ އިތުރުވަމުންނެވެ. މިހާރު ފެންމަތިވަމުންދާ ބައެއް މައްސަލަތަކަކީ މީގެ ކުރިން ނުބެލި ހުރި މައްސަލަތެކެވެ.

މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ގިނަ މައްސަލަތަކެއް ފެންމަތިވިއިރު، ގިނަބަޔަކު ހައްޔަރުވެސްކޮށްފައި ވެއެވެ. އަދި އެފަދަ މައްސަލައެއްގައި މިއަދުވެސް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ސިފައިންގެ މީހަކާއި އުމުރުން 76 އަހަރުގެ ފިރިހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ހަބަރު ތަކުން ހިއްވަރު ލިބިގަނެ އެކަން ކުރަނީ ހެން ހީވަނީ

    8
    14
  2. ފުތާ

    ޢިންދިޔާ އަށް ބަދަލުވީތަ؟

    12
    4
  3. ޢަންސާރު

    ޜޭފިސްތާނަށް، މަރުހަބާ

    9
    5
  4. ގުރާފުޅު

    ދަންނަވަންތޯ އެދުންވެރިކަން ކޮންޓްރޯލުކުރުމުގައި އިންސާނާ ނުކުޅެދިފައިވާ މިންވަރަކީ ތިމާ މުސްލިމަކަށްވީތީ، ދަރީގެ އުފަން ބަފަޔަށްވީތީ، ފުލުހަކަށްވީތީ ކުރެވޭ އިތުރު އިހުސާސެއްނެތުން. މިހެނީ އިއްޔެ ބެއްޔާމުންޑޭ ކަނޑިކޭ ކިޔާ ގޮވި މީހާ މާދަން ފިމާކޮށްފާނެ ދަރިޔާބެހެންވެސް. ޢެހެންކަމުން މިކަމާ މިއަށްވުރެ ފުންކޮށްވިސްނާ މައްސަލަ ދެނެގަންނަން އެބަޖެހޭ. ﷲއަށް އެދި މުނާޖާ ދަންނަވާ ތިމަންފާހިޝް އަމަލުތަކުން ދުރުކޮށް ދެއްވުންއެދި. ދެންއޮތީ ދެޖިންސުންކުރެ އެއްބަޔަކު އަނެއްބަޔަކަށް ފަރުދާވެ، އިޖްތިމާއި ހަރަކާތްތެރިކަން ލިމިޓްކުރުން. އަނބިން ފިރިންނަށް ވާވަރަށް ކާންދިނުން

    27
    2
  5. ނަން ނޭންގޭ

    އިސްލާމީ ޝަރީޢަތް ޤާޢިމްކޮށްގެން މިފަދަ ނުބައި ޢަމަލުތައް ހުއްޓުވަން ޖެހޭ. ޢިސްލާމީ ޝަރީޢަތް ޤާޢިމްކުރޭ.

    21
    1
  6. ހިޔާލު

    މައިންބަފައިން ދަރިންބެލުމުގަ ވަރަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ. އިންސާފެއް ނެތް ޖަންގައްޔެއްގައި ޖަނަވާރުން އެ އެއްޗެހީގެ ދަރިން ޝިކާރަ ވެރިންގެ ފަރާތުން ސަލާމަތް ކުރާފަދަ އިންނެވެ.

    22
  7. އަންކަލޯ

    14 އަހަރު ދޯ، އެއްމެ ލާނަތް އުމުރު ފުރަ

    6
    4