މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.

23:49

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މިރޭ އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެ އަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

23:24

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑޮކްޓަރ ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ނުރައްކާ ބޮޑީ ބަލި މީހާ އާއި އެންމެ ކައިރީގައި ވަގުތު ހޭދަކޮށްފައިވާ މީހުން ކަމަށާއި އެ މީހުން ބަލަން ގެންގުޅޭ މިންގަނޑަކީ ބަލިމީހާއާ 2 މީޓަރު ކައިރީގައި 30 މިނިޓް ހޭދަކުރި މީހުން ކަމަށެވެ. މިއެންމެން ކަރަންޓީން ކުރެއެވެ.

އާދައިގެ ވަރަކަށް ނުރައްކާ އޮތް މީހުން ކަމަށް ބަލަނީ ބަލި ޖެހިފައި ހުރި މީހަކާއި އެކު އެއް ހޮޓާ، ޕާކު ފަދަ ތަނެއްގައި ހުރި މީހުންނެވެ. ބަލި މީހާ އާއި ބައްދަލުވިތާ 14 ދުވަސް ތެރޭގައި ހުން އައިސްފައި ނަމަ އެމީހެއްގެ ހާލަތު އިތުރަށް ބަލަން ޖެހެއެވެ.

23:14

ނޭޕާލް އިން ކޮރޯނާވައިރަސް ޖެހިފައި ހުރި މީހަކު ފެނިއްޖެއެވެ.

23:01

ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ވުހާން ސިޓީގެ ހޮސްޕިޓަލެއްގައި ވައިރަސްގެ ސަބަބުން މަރުވެފައިވާ މީހުންގެ ހަށިތައް ބިންމަތީގައި ބާއްވައިގެން އެހަށިތައް ކައިރީ އިތުރު ބަލި މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ޑޮކްޓަރުންނާއި ނަރުހުން ކުރަމުން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފިއެވެ.

22:34

އެންމެ ދެކުނުން ގއ.އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

22:04

ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ވުހާން ސިޓީގައި ތިބި ހަތް ދިވެހިން އެ ސިޓީން ބޭރަށް ގެންދެވޭނެ ގޮތެއް ހޯދަން ދިވެހި ސަރުކާރުން ޗައިނާ އާއި އެކު މަޝްވަރާކޮށްފިއެވެ.

21:44

މެދ ުރާއްޖެތެރޭގެ ރަށެއްގެ ހަތަރު ކުއްޖަކު ދައުލަތައް ނަގަން އުޅުނީ އެކުދިން ދިރިއުޅެމުން އައި މާހައުލަކީ ރައްކާތެރި މާހައުލަކަށް ނުވާތީ ކަމަށް ވިދާޅުވެ ޖެންޑާ މިނިސްޓްރީން މިއަދު އާއްމުކުރީ ދޮގު މައުލޫމާތު ކަމަށް އެކުދިންގެ ރަށުން ބުނެފިއެވެ.

21:21

ކަރަންޓީން ކޮށްފައިވާ ޗައިނާގެ ވޫހާންގެ މަގުމަތިން ފެންނަނީ ވަރަށް މަދު މީހަކު. މަގުތައް އޮތީ ފަޅުވެފައި.

21:17

ކޮރޯނާވައިރަސް ޖެހިފައިވާ ދެވަނަ މީހަކު އެމެރިކާ އިން ފެނިއްޖެ. އެމެރިކާގެ ޗިކާގޯ އިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައި ވަނީ އުމުރުން 60 ގެ އަހަރުތައް ގުނަމުންދާ އަންހެނެއް. އޭނާ ޗައިނާގެ ވުހާން އިން އެމެރިކާ އަށް ގޮސްފައި ވަނީ ޖަނަވަރީ 13 ވަނަ ދުވަހު.

ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި އަންހެން މީހާ ހޮސްޕިޓަލްގައި އެކަހެރިކޮށް ވަނީ ފަރުވާ ދޭން ފަށާފައި.

އެމެރިކާގެ 22 ސްޓޭޓަކުން ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ 63 މީހެއްގެ ހާލަތު މިހާރު ވެސް ސިއްހީ އޮފިޝަލުން ގެންދަނީ ބަލަމުން.

21:11

20:14

19:58

މެދު ރާއްޖެ ތެރޭގެ އަތޮޅުގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި.

19:46

ޗައިނާގެ އިދާރާތަކުން ވަނީ މިހާތަނަށް އެގައުމުގެ ހުބެއި ޕްރޮވިންސްގެ 10 ސިޓީއެއްގައި މުއްދަތެއްނެތް ގޮތަށް ދަތުރުފަތުރުގެ ނިޒާމްހުއްޓާލައިފި.

18:39

18:39

ތައިލެންޑްގައި މިހާތަނަށް ފަސް މީހެއްގެ ގައިން ކޮނޯރާ ވައިރަސް ފެނިއްޖެ. އެންމެ ފަހުން މި ބަލި ފެނުނީ އުމުރުން 33 އަހަރުގެ އަންހެނެއްގެ ގައިން. އެ މީހާއަކީ ވުހާންގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އައި މީހެއް. އެ މީހާ އެނބުރި ތައިލެންޑަށް އައިސްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު. އެ މީހާގެ ގައިން ކޮނޯރާ ވައިރަސް ފެނިފައި ވަނީ، މާބޮޑަށް ބަލިވެގެން ހޮސްޕިޓަލަށް ދައްކާ ޓެސްޓުތައް ހެދުމުން.

16:48

ހޮންގ ކޮންގގައި އިތުރު ދެ މީހަކު ކޮނޯރާ ވައިރަސްއަށް ޕޮޒިޓިވްވެއްޖެ. މިއާއެކު އެ ގައުމުގައި ކޮނޯރާ ވަރަސް ޖެހުނު މީހުންގެ އަދަދު މި ވަނީ ހަރަަކަށް އަރާފައި.

ކަމާއި ގުޅުން ހުރި މުވައްސަސާތުން ބުނާގޮތުގައި، އެ ދެ މީހުންނަކީ މިދިޔަ 14ދުވަސް ތެރޭގައި ވުހާންގައި އުޅެފައި އައި ދެ މީހުން.

16:33

ޗައިނާގެ ފަސް ސިޓީއެއްގައި ހިންގަމުންދާ މެކް ޑޮނަލްޑްސްގެ އައުޓްލެޓްތައްވެސް ވަނީ ބަންދުކޮށްފައި، މިއަދުން ފެށިގެން މި އައުޓްލެޓްތައް ބަންދުކޮށްފައިވާއިރު، މިތަންތަން ހުޅުވާނެ އިރެއް އަދި ހާމަކޮށްފައެއް ނުވޭ.

16:31

ޗައިނާގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ ފަތުރުވެރިކަމަށް ހާއްސަ ބައެއް ތަންތަން ބަންދުކުރަން ނިންމި ބައެއް ތަންތަނުގެ ތެރޭގައި،ގްރޭޓް ވޯލް ޗައިނާ ހިމެނޭ، އެތަން މާދަމާ ބަންދު ކުރާނެ. އަދި އެތަން ބަންދުކުރަނީ ކިހާ މުއްދަތަކަށް ކަމެއް އަދި ހާމަކޮށްފައެއް ނުވޭ.

މީގެ އިތުރުން މިންގ ޓޮމްބް އާއި ޔިންގޝަންގ ޕަގޮޑާ ފޮރެސްޓާއި، ދަ ބާޑް ނެސްޓް ސްޓޭޑިއަމްވެސް ބަންދު ކުރަން ވަނީ ނިންމާފައި.

16:22

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް މިއަދުވެސް ގެންދަނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި އިހްތިޖާޖު ކުރަމުންނެވެ. މި އިހްތިޖާޖުގެ ބައިވެރިން ގެންދަނީ ޖެންޑަރ މިނިސްޓަރ ސިދާތާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.

15:55

މިހާރު ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވަރައިސް ފެތުރުން ހުއްޓުވުމަށް އެ ގައުމުގެ ބައެއް ސިޓީތަކުގެ ރައްޔިތުން 14 ދުވަހަށް ގެއިން ނުކުތުން މަނާ.

15:46

ސިންގަޕޫރްގައި މިހާތަނަށް، ޝައްކު ކުރެވޭ 44 މީހެއްގެ ޓެސްޓް ހަދައި، ތިން މީހަކު ޕޮޒިޓިވް ވިއިރު، 13 މީހަކު ވަނީ ނެގަޓިވްވެފައި. ،އަދި 28 މީހެއްގެ ނަތީޖާ ނުލިބޭ.

15:45

ކޮރޯނާ ވައިރަސް ޖެހުނު އިތުރު ދެ މީހުން ސިންގަޕޫރުން ފެނިއްޖެ. މިޔާއެކު އެ ގައުމުން ވައިރަސް ޖެހުނު މީހުންގެ އަދަދު ތިނަކަށް ވަނީ އަރާފައި، މި ތިން މީހުންނަކީވެސްޗައިނާ މީހުން.

15:42

ޗައިނާގައި ހަލުވިކަމާއެކު ފަތުރެމުންދާ ކޮރޯނާވައިރަސް ޖެހޭ މީހުން ކުއްލިއަކަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯތަކެއް އާއްމުވެއްޖެ.

 

15:38

11:32

ރައްކާތެރި ނޫން މާހައުލެއްގައި ތިބި ހަތަރު ކުއްޖަކު ދައުލަތައް ނަގާތީ ބަޔަކު އެކަމަށް ހުރަސްއަޅަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

11:26

ވުހާން އިން ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ ތެރެއިން އެންމެ ހަގު މީހާގެ އުމުރަކީ 36 އަހަރު ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ. ކޮރޯނާވައިރަސް ޖެހިގެން މަރުވެފައިވާ ގިނަ މީހުންނަކީ އުމުރުން 60 އަހަރަށްވުރެ ދޮށިމީހުން.

11:07

ބުރާސްފަތި ދުވަހު ހިމަބިއްސަށް ޓެސްޓް ކުރެވުނު މީހުންގެ ތެރެއިން ޕޮޒިޓިވްވި ދެމީހުންގެ ތެރޭގައި ހުޅުމާލެ ޣާޒީ ސްކޫލުގެ ދަރިވަރަކު ހިމެނޭކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

10:08

ވުހާން ހިމެނޭ ހުބެއީ ޕްރޮވިންސްގައި ސިއްހީ ކުއްލި ހާލާތު އެންމެ މަތީ ދަރަޖަގައި އިއުލާންކޮށްފި.

09:45

މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާވައިރަސް އަށް ވެކްސިނެއް އުފައްދަން އަދި ހަތަރު ވަރަކަށް މަސް ދުވަސް ބޭނުންވާ ކަމަށް ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ދަ ޔުނިވަސިޓީ އޮފް ކްއީންސްލޭންޑްގެ ސައިންސްވެރިން ވިދާޅުވެއްޖެއެވެ.

09:27

ސައުދީ އަރަބިއްޔާގައި ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށް ބުނި އިންޑިއާ މީހާއަށް ޖެހިފައި ވަނީ "މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް)" ކަމަށް ޖިއްދާގައި ހުންނަ ކައުންސެލް ޖެނެރަލް ވިދާޅުވެއްޖެ.

09:24

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި އެކުއްޖާގެ ބައްޕައަށް ބަޔަކު ނުކުމެ ހަމަލާދީ ޖިންސީ އަނިޔާ އާއި ދެކޮޅަށް އެމީހުން އަޑުއުފުލަމުން ގެންދަނިކޮށް އެސްއޯ ފުލުހުންގެ ފައުޖެއް ވިލިމާލެއަށް އަރައި ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.

09:24

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 25 އަށް އަރައިފިކަން ޗައިނާ އިން ކަށަވަރު ކޮށްދީފިއެވެ.

 

08:53

ގިނަ ބަޔަކު މާސްކް ގަންނަން ފެށުމުން ހޮންކޮންގް އިން މާސްކް ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާކަމަށް ރިޕޯޓްތައް ބުނެފި.

08:21

ވުހާންގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށަން ނިންމައިފި. މި ހޮސްޕިޓަލްގެ މަސައްކަތް މިއަދު ފަށާ، ކުރިއަށް އޮތް ހަ ދުވަސް ތެރޭގައި ނިންމާނެ ކަމަށް އޮފިޝަލުން ވިދާޅުވޭ.

08:06

ކޮރޯނާވައިރަސް އާއި ގުޅިގެން ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ޗައިނާ އިން އެއް ބިލިއަން ޔުއާން (144 މިލިއަން އެމެރިކާ ޑޮލަރު) ގެ ބަޖެޓެއް ކަނޑައަޅައިފި.

08:04

ޖަޕާނާއި ދެކުނު ކޮރެއާ އިން ކޮރޯނާވައިރަސް ޖެހިފައިވާ ދެވަނަ މީހަކު ފެނިއްޖެ.

02:20

ވިލިމާލެއިން އާއްމުންގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

02:07

ވިލިމާލޭގައި ހިންގަމުންދާ ހަމަނުޖެހުމުގައއި ހޭނެތުނު 2 އަންހެނަކު ހޮސްޕިޓަލަށް ގެންގޮސްފި

 

02:06

 

01:26

ޗައިނާލެގެ ބޭޖިންގައި އިތުރު 4 މީހަކު ކޮރޯނާ ބަލި ޖެހިފައިވާ ކަމަށް ޕޮޒިޓިވް ވެއްޖެ. މިހާތަނަށް މިބަލި ޖެހިފައިވާ ކަމަށް 26 މީހަކު ބޭޖިންގައި ޕޮޒިޓިވްފައިވޭ.

01:08

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އަކީ، ޕަބްލިކް ހެލްތް އެމެޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސާނެއް ނޫން ކަމަށް ޑަބްލިއު،އެޗް.އޯ އިން ބުނެފި. ޑަބްލިއު،އެޗް.އޯ އަދި އެފަދަ ހާލަތެއް މެދުވެރިނުވާ ކަމަށް.

01:00

ވިލިމާލޭގައި ފުލުހުންގެ ވެހިކަލްއަށްވެސް ގަލުން ހަމަލާ ދީފި

00:59

 

00:57

 

00:12

ފާއިތުވި 24 ގަޑިއިރު ތެރޭގައި ފާހަގަ ކުރެވުނު އެންމެ މުހިއްމު ޚަބަރަކީ ކޮރޯނާވައިރަސް އިތުރު ގިނަ ގައުމުތަކުން ފެނުނު ޚަބަރެވެ. ކޮރޯނާވައިރަސް ވަރަށް ފަސޭހައިން ގައިންގަޔަށް އަރަމުންދާތީ ބަލީގެ ނުރައްކާ ވަނީ އިތުރަށް ބޮޑުވެފައެވެ.

ކޮރޯނާވައިރަސް އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އިއްޔެގެ "ލައިވް ބްލޮގް" އިން ފެންނާނެއެވެ.

 

މިއަދު ފާހަގަ ކުރެވުނު އިތުރު ޚަބަރުތަކަށް ބަލާއިރު ގޭންގަކުން 17 އަހަރުގެ ކުއްޖަކު ރޭޕް ކުރި ޚަބަރު މިރޭ ވަނީ ލިބިފައެވެ. މިހާދިސާ ހިނގާފައި ވަނީ އުތުރުގެ ރަށެއްގައެވެ.

މިއަދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ހަމަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކޯޓުތަކަށް އަންގާފައެވެ.

އުމުރުން ދުވަސްވީ މީހަކު މިއަދު ވަނި މޫދަށް އެރި އުޅެނިކޮށް ނިޔާވެފައެވެ.

މީގެ އިތުރުން، ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ އެކުއްޖާގެ ބައްޕައަށް ހަމަލާދީ މާރާމާރީ މިރޭ ވަނީ ހިނގާފައެވެ.