ރާއްޖޭގެ އުތުރުގެ ރަށެއްގައި އުމުރުން 60 އަހަރުގެ ފިރިހެނަކު، 11 އަހަރުގެ ފިރިހެން ކުއްޖަކާއި ބެހުނު މައްސަލާގައި ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދުއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު 9 ވަނަ ދުވަހުގެ 4:30 ހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު 12:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މައްސަލަތައް މިވަނީ ވަރަށް ބޮަޑަށް އިތުރުވެގެން ގޮސްފައެވެ. ރައްޖޭގެ އެކިކަންކޮޅުތަކުގައި މީގެ ކުރިން ހިނގާފައި ހުރި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް މިހާރު ދަނީ ފެންމަތިވަމުންނެވެ. އަދި އެ މައްސަލަތަކާއި ގުޅިގެން ގިނަބަޔަކު މިހާރު ހައްޔަރުވެސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަނގަ

    މީދެން ބޮޑުވަރު ހޮޑުލަވައިފި?

    18
    11
  2. ހަސަނު

    ކަލޭހުރެބަ ހޮޑުލާލާ މާރަގަޅު މީހެއްކަ މަށް ހެދިގެން.

    18
    10
  3. ބޮޑު ހަސަންބެ

    ޅަ ފިރިހެންކުދިންނަށް ލާރިދީގެން ޖިންސީ ގޯނާކުރާ ސިޔާސީ މީހުން މަދެއްނޫން. އެމީީހުންގެ ވާހަކަެއް ނުގެންނާނެ މީޑިއާއިން.

    12
    10
  4. ސޮރު

    ޖަލަކަށް ލާނެ ކަމެއްނެތް. ރާއްޖެއަކީ ވެސް ޖަލެއް

    14
    4
  5. ނުރަބޯ

    ޑިސެމްބަރު 9 ގަ ހުށަހެޅި މައްސަލައެއްގަ މިއަދު ހައްޔަރުކުރީ. އަދި ތަންކޮޅެއް އަވަސްނު ހައްޔަރުކުރަން. މަޑުކޮށްލާ މިއަހަރު ޑިސެމްބަރ 9 އަންނަންދެން.

    21
    8
    • ކަޅުބޯ

      ކަލޭވެސް ގޮސް ޖަލަށް ވަންނަންވީނު އަމިއްލަޔަށް؟

      3
      13