މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.

23:45

ޓްރަމްޕް ވަނީ ސުލްހައިގެ އެއްބަސްވުމެއް ގާއިމް ކުރުމަށް ކުރެވެން ހުރި މަޝްވަރާތައް "މަރާލާފައި" ކަމަށް ފަލަސްތީނުން އިނގިރޭސިވިލާތައް ކަނޑައަޅާފައި ހުންނަވާ މަންދޫބް ވިދާޅުވެއްޖެ.

23:44

ޓްރަމްޕް އާއްމުކުރި އެއްބަސްވުން ބައިނަލްއަޤުވާމީ ފަރާތްތަކުން ބޮއިކޮޓް ކުރުމަށް ފަލަސްތީންގެ ބޮޑުވަޒީރު މުހައްމަދު ސައްޔާހް ގޮވާލައްވައިފި.

ސައްޔާހް ވިދާޅުވީ މިދަނޑިވަޅުގައި ޓްރަމްޕް މިފަދަ އެއްބަސްވުމެއް އާއްމުކުރީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ގެންދާ ޓްރަމްޕް މަގާމުން ދުރުކުރުމުގެ މައްސަލައިން ސަލާމަތްވުމުގެ މަޤުޞަދުގައި ކަމަށް. "މިއީ ޓްރަމްޕް އިމްޕީޗްމެންޓުން ސަލާމަތްވެ އަދި ނަތަންޔާހޫ ޖަލު ޙުކުމުން ސަލާމަތްވާން ކުރި ކަމެއް. މިއީ މެދުއިރުމަތީގެ ސުލްހައިގެ އެއްބަސްވުމެއް ނޫން." ސައްޔާހް ވިދާޅުވި.

23:38

ހުޅަނގު އައްސޭރި އާއި ގުދުސްއަށް އެމެރިކާ ރައްޔިތުން ދަތުރު ކުރުމުގައި ސަމާލުވުން އެދި އެމެރިކާ އެމްބަސީ އިން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި.

23:36

ޓްރަމްޕް އިއުލާންކުރި އެއްބަސްވުމަކީ މެދުއިރުމަތީގެ ސުލްހައަށް ރަނގަޅު އެއްބަސްވުމަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރާކަމުގައި އިނގިރޭސިވިލާތުން ބުނެފި.

23:22

ޓްރަމްޕް މިރޭ ވާހަކަދައްކަމުން ގެންދިޔައިރު އަޤުޞާ މިސްކިތުގެ ނަން ކިޔާފައި ވަނީ ނުބައިކޮށްކަން ފާހަގަ ކުރެވިއްޖެ. ޓްރަމްޕް އަޤުޞާ މިސްކިތަށް ނިސްބަތްކޮށް ބުނީ އަގުވާ މިސްކިތް ކަމަށް. އެކަން ބައިނަލްއަޤުވާމީ މީޑިއާތަކުން ދަނީ ފާހަގަ ކުރަމުން.

23:19

ފްރާންސްއިން ހަތަރު ވަނަ މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެ.

23:18

މިއީ ފަލަސްތީން ރައްޔިތުން އެއްބައިވަންތަވާންވީ ވަގުތު ކަމަށް ހަމާސް ޖަމާޢަތުން ބުނެފި.

ހަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ މެންބަރު ޚަލީލް އަލް ހައްޔާ ވިދާޅުވީ މިއީ ފަލަސްތީންގެ ބިމަށް ވެރިވެގެންފައިވާ ފަރާތްތަކާއި ދެކޮޅަށް ހަނގުރާމައިގެ މައިދާނާއި ޤާނޫނީ އަދި ޑިޕްލޮމެޓިކް ދާއިރާގައި ވެސް ފަލަސްތީން ރައްޔިތުން އެއްބައިވެ އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް.

23:16

ޓްރަމްޕް އިއުލާންކުރި އެއްބަސްވުން ބަލައިނުގަންނަކަން ތުރުކީއިން އިއުލާންކޮށްފި.

23:15

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް: އަޅުގަނޑުގެ ރައްޔިތުން މަރުވާން ދުލެއް ނުކުރާނަން. ނަމަވެސް އަޅުގަނޑުގެ ރައްޔިތުންނަށްޓަކައި މަރުވާން އަޅުގަނޑު މިހުރީ ތައްޔާރަށް. އަޅުގަނޑުމެންނަށް ވެވުނު އެންމެ މަތީ މިންވަރަކުން މި އެއްބަސްވުމާއި ދެކޮޅު ހަދާނަން.

23:13

ޓްރަމްޕް އިއުލާންކުރި އެއްބަސްވުމުގެ ސަބަބުން ފަލަސްތީނާއި އަދި އަރަބި ގައުމުތަކުގައި ވެސް މުޒާހަރާތަކެއް ފެށިދާނެ ކަމަށާއި އިސްރާއީލް އެކަމަށް ތައްޔާރުވެފައިވާ ކަމަށް އިސްރާއީލް އަސްކަރިއްޔާގެ އިންޓެލިޖެންސް ޗީފް ބުނެފި.

23:11

އިސްރާއީލާއި ދެކޮޅަށް ފަލަސްތީންގައި މުޒާހަރާތައް ފަށައިފި.

23:11

މި އެއްބަސްވުމުގައި ފަލަސްތީންގެ ރެފިއުޖީންނަށް އަނބުރާ ގައުމަށް ދެވޭނެ އެއްވެސް ގޮތެއް ބަޔާންކޮށްފައެއް ނެތް.

23:10

ނަތަންޔާހޫ ބުނީ ޓްރަމްޕް އަކީ ހެޔޮ ރަހުމަތްތެރިއެއް ކަމަށާއި މިހާތަނަށް އެއްބަސް ސުލައިގެ އެއްބަސްވުމެއް ކާމިޔާބު ނުވެ އޮތީ އެއްބަސްވުންތަކުގައި ފަލަސްތީނަށް އިސްކަން ދީފައި އޮތުމުން ކަމަށް. ނަމަވެސް މިފަހަރު ހާލަތު ބަދަލުވެއްޖެ ކަމަށާއި މިއީ ކާމިޔާބު ވާނެ އެއްބަސްވުމެއްކަމަށް ޓްރަމްޕް ބުނި.

23:09

ޓްރަމްޕް ބުނީ އެމެރިކާގައި މީގެ ކުރިން ވެރިކަންކުރި ހުރިހާ ރައީސުން ވެސް ވަނީ ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ކޮށްފައި ކަމަށާއި ނަމަވެސް އެހުރިހާ ބޭފުޅުންގެ މަސައްކަތް ވަނީ ފެއިލްވެފައި ކަމަށް. "އަހަރެން މަގާމާއި ހަވާލުވީ ކުދިކުދި ކަންތައްތައް ކުރާކަށް ނޫން. އަދި އަހަރެންނަކީ ލަދުން އަސްލު މަސްލައާއި ކުރިމަތިލާން ނުކެރިފައި ހުންނާނެ މީހެއް ވެސް ނޫން." ޓްރަމްޕް ބުނި.

23:07

23:01

ޓްރަމްޕް އެއްބަސްވުން އާއްމު ކުރަމުން ގެންދިޔައިރު ޔޫއޭއީ، ބަހްރޭން، އަދި އޮމާންގެ ސަފީރުން ވައިޓްހައުސްގައި ތިބެ އެއްބަސްވުމަށް ތާއިދުކުރުމުގެ ގޮތުން ދިޔައީ އަތްޖަހަމުން. ކުރިން ވެސް ބެލެވިފައި އޮތް ގޮތުން މިއެއްބަސްވުމުގެ އަޑީގައި ތިބީ ސައުދީ އަރަބިއްޔާ ހިމެނޭ ގޮތުން އަރަބި ބައެއް ގައުމުތައް.

22:56

ޓްރަމްޕް އެއްބަސްވުން އިއުލާން ކުރުމާއި އެކު މިހާރު އިސްރާއީލް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައި. ޣައްޒާ އާއި ހުޅަނގު އައްސޭރީގެ ލީޑަރުން ދަނީ ބޮޑެތި މުޒާހަރަތަކަކަށް ތައްޔާރު ވުމަށް ގޮވާލަމުން.

ފަލަސްތީންގެ ރައީސް ވަނީ "ރުޅުވެރިކަމުގެ ދުވަހެއް" ފާހަގަ ކުރާނެ ކަމުގެ އިޝާރާތެއް ކޮށްފައި.

ރަސްމީކޮށް އައްބާސް ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރު. މިހާރު އައްބާސް ގެންދަވަނީ ކުއްލި ބައްދަލުވުމެއް ފަލަސްތީންގެ ވެރިކަންކުރާ ފަތަހަ ޖަމާޢާތުގެ އިސްވެރިންނާއި އެކު ބާއްވަމުން.

22:52

22:52

22:41

ގަރުނުގެ އެއްބަސްވުމުގެ ނަމުގައި އެމެރިކާ އިން އެކުލަވާލާފައިވާ ފަލަސްތީނުގެ ބިންތައް އިސްރާއީލުން ފޭރިގަންނަން މަގުފަހިކޮށްދީފައިވާ އެއްބަސްވުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއްމުކޮށްފިއެވެ.

22:07

ޗައިނާގައި ތިބި ދިވެހިންގެ ތެރެއިން ފަސް ސަރަހައްދެއްގައި ތިބި ދިވެހިން ރާއްޖެ އަންނަން ބޭނުން ނަމަ ސަރުކާރުގެ ޚަރަދުގައި އެމީހުންނަށް ރާއްޖެ އާދެވޭނެ އިންތިޒާމް ހަމަޖައްސަން ސަރުކާރުން ނިންމައިފިއެވެ.

21:28

ނޫސްވެރިންގެ ބައްދަލުވުން ނިންމާލައިފި.

21:24

މިނިސްޓަރ އަލީ ވަހީދު: ރާއްޖެ އަށް ވޫހާން އިން ޑައިރެކްޓް ފްލައިޓެއް ނޯވޭ. ނަމަވެސް ޓްރާންސިޓް ފްލައިޓެއްގައި ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް ވޫހާން އިން މީހަކު ގޮސްފައި ހުރެފައި ހުރެދާނެ. މިސާލަކަށް ފަތުރުވެރިޔަކު ފެނުނަސް ދެން ކަންތައް ކުރާނެ އެސްއޯފްތައް އެހެރީ ލިޔެވިފައި. ފޮނަދޫއެކަންޏެއް ނޫން އެއަށްވުރެ ބޮޑަށް މާސްކޮށް މިކަން ވީނަމަވެސް ދެން ކަންތައްތައް ކުރާނެ ގޮތްތައް ދަނީ ރޭވެމުން. އަޅުގަނޑުމެންގެ ދުޢާ އަކީ މި ބަލި ރާއްޖެ ނައުން. ނަމަވެސް އެންމެ މީހަކު ފެންނާނެ ކަމަކަށް ނޫން މިތައްޔާރު ވަނީކީ. ކަންބޮޑުވާނެ. ކަންބޮޑުވުމަކީ މައްސަލައެއް ނޫން. ނަމަވެސް އޯވަ ޕެނިކެއް ނުވެވޭނެ. އެއީ ސޮލިއުޝަނެއް ވެސް ނޫން. އޭރަކު ނަގަން ޖެހުނު ޑިޒިޝަން ނަގާނަން. އެސްޓީއޯއިން ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތް ވެސް އެދަނީ ރާވަމުން. ޓްރެވަލް އެޑްވައިޒަރީ ނެރެން ޖެހިއްޖެއްޔާ އެކަން ވެސް ކުރާނަން. ރާއްޖޭގެ ބައެއް ރައްޔިތުން ދަތުރުކުރާ ގައުމުތަކުން ވެސް ފެނިފައި އެބަހުރި. އަޅުގަނޑުމެންގެ އިލްތިމާސް އަކީ ބަލި ފެނިފައިވާ ގައުމުތަކަށް ކޮންމެހެން ދަތުރުކުރަން ޖެހިގެން ނޫނީ ދަތުރު ނުކުރުން.

21:20

ހެލްތު މިނިސްޓަރ އަމީން: މިވަގުތު ކަމާބެހޭ އިރުޝާދުތައް ވަރަށް މުހިއްމު. ސައްހަ މައުލޫމާތު ހާމަކުރުން ވަރަށް މުހިއްމު. އަޅުގަނޑުގެ އިލްތިމާސެއް އެއްވެސް ފަރާތަކުން ސައްހަ ނޫން މައުލޫމާތެއް ހާމަނުކުރަން އެދެން. އަޅުގަނޑުމެން ވިސްނަން ރާއްޖޭގައި މިހާރު (ބަލި ޖެހިފައި ހުރި) މީހަކު ހުރެދާނެތޯ ނުވަތަ ނޫންތޯ. ޗައިނާގައި ބާރު ސްޕީޑްގައި ފެތުރެމުން ދިޔަ ނަމަވެސް އެހެން ގައުމުތަކުގައި ހުރީ މަދުއަދަދުތަކެއް. ނަމަވެސް މަދު އަދަދެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް އަޅުގަނޑުމެން ބަލަނީކީ. ހާލަތެއް ކުރިމަތިވެދާނެ ކަމަށް އެންމެ ފުރިހަމައަށް މިވަނީ ތައްޔާރަށް.

21:16

ހެލްތު މިނިސްޓަރ އަމީން: ހައެކަނި އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންނެއް ނޫން. ގެސްޓްހައުސްތަކާއި ރިސޯޓްތަކާއި ޓްއަރިޒަމް ދާއިރާގެ މުވައްޒަފުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް މާދަމާ ފަށާނަން.

21:14

ހެލްތު މިނިސްޓަރ އަމީން: އައިސޮލޭޝަން ކުރާ ކޮންމެ މީހަކީ އަދި އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ މީހަކަށް ނުވާނެ. ބޭސްފަރުވާ ކުރަން ނުޖެހުނު ނަމަވެސް އައިސޮލޭޝަންގައި މީހަކު ބަހައްޓަން ޖެހިދާނެ. ޕަސެންޖަރ ލައިނެއް އައުމުގެ ކުރިން ފާއިތުވި 14 ދުވަހު އެއުޅަނދެއް ބަނދަރުކޮށްފައިވާ ތަންތަން ބެލުމަށްފަހު އެއިން މީހުން ފޭބުމުގެ ހުއްދަ ދޭނީ.

21:12

ހެލްތު މިނިސްޓަރ އަމީން: އަޅުގަނޑުމެންނަށް ވެސް އެނގޭ މާލެ އަކީ ވަރަށް ކުޑަތަނެއްކަން. އައިސޮލޭޝަން ފެސިލިޓީ ކަނޑައަޅާފައި އެވަނީ މަޝްވަރާ ކުރުމަށްފަހު. މިހާލަތުގައި އަމަލު ކުރަމުން މިގެންދަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތައް.

21:11

ހެލްތު މިނިސްޓަރ އަމީން: އެންމެފުރަތަމަ ޓެސްޓް ކުރެވެން ހުރީ ދެލެބޯޓްރީއެއްގައި. މިހާރު އިންޑިއާގައި ވެސް އެބަހުރި ޓެސްޓް ކުރެވެން. 48 ގަޑިއިރު ތެރޭގައި މިހާރު ހުރިމިންވަރުން ޓެސްޓް ކުރެވޭނެ. އަޅުގަނޑުމެންގެ ރާއްޖޭގައި ނެތް ޓެސްޓް ކުރެވޭކަށް. ޗައިނާގައި ތިބި ދަރިވަރުންނަށް މާލީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްއެބަދޭ. ޗައިނާގައި ތިބި އެހެން ގައުމުތަކުގެ މީހުން އަނބުރާ ގެންދިއުމުގެ މަސައްކަތް ކުރެވެމުން އެބަދޭ.

21:03

މިނިސްޓަރ އަލީ ވަހީދު: ޗައިނާގެ ވޫހާން އާއި ކައިރި ސަރަހައްދުތައް ވަނީ ކަރަންޓީންކޮށްފައި. ނަމަވެސް ކަރަންޓީން ކުރުމުގެ އިތުރުން އެތައް މިލިއަން މީހުން ވަނީ ދުނިޔޭގެ އެތަން މިނިތަނަށް ދަތުރުކޮށްފައި. އެކަން ޖެހޭނީ ގަބޫލު ކުރަން. ތެދެއް ބައެއް ގައުމުތަކުން ވިސާ ހުއްޓާލައިފި. އަނެއްބައި ގައުމުތަކުން ވިސާ ދެމުން އެބަގެންދޭ. ފަތުރުވެރިކަން ޕްރޮޓެކްޓްވެފައި އޮތުމަކީ މުހިއްމުކަމެއް. ނަމަވެސް ސަރުކާރުން ނަގަން ބޭނުންވާ ޑިޒިޝަނެއް ނެގުމުން ބައިބައިވުމެއް ނޯންނާނެ. މާދަމާ ރައީސް ފަތުރުވެރިންގެ ދާއިރާގެ ފަރާތްތަކާއި ބައްދަލުކުރައްވާނެ. އެންމެބޮޑަށް ރައްޔިތުން ބޭނުންވަނީ ސަރުކާރު އޮތީ ތައްޔާރަތައްތޯ ބެލުން. ހުރިހާކަމެއް އޮތީ ތައްޔާރަށް. މީގެ ކުރިން ސުނާމީގެ ކާރިސާވެސް ކުރިމަތިވި. އެކިކަންކަމާއި ގުޅިގެން ލޮޅުން އައިސްފައި އެބަހުރި. އަޅުގަނޑުމެން މިދަނީ ކޮންމެ ދުވަހަކު މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއި މަޝްވަރަ ކުރަމުން. މިވަގުތު ފުލް ފޯކަސް މިހިރީ ރައްޔިތުންނާއި ރާއްޖެ އަންނަ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުން. މިރޭވެސް އަޅުގަނޑުމެންނަށް އެއާޕޯޓް ބަންދުކުރެވިދާނެ. ނަމަވެސް މުހިއްމީ ކަންތައްތައް ބެލުމަށްފަހު މުހިއްމު ކަންތައްތައް ނިންމުން.

20:57

ކޮރޯނާ ވައިރަސް އާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި، އިގްތިސާދަށްވުރެ މުހިންމީ ރައްޔިތުން ކަމަށް ސަރުކާރުން ވިދާޅުވެއްޖެ.

20:52

ރާއްޖެ އަންނަން ބުކިންގ ހެއްދި 2083 މީހުން ދަތުރު ކެންސަލް ކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ.

20:49

ކޮރޯނާ ވައިރަސް އާ ގުޅިގެން މިހާތަނަށް ރާއްޖެ އައުމަށް ބުކިންގ ހަދާަފައިވާ 2380 ފަތުރުވެރިން ވަނީ ބުކިންގ ކެންސަލްކޮށްފައި. އޭގެ ތެރޭގައި ހިމެނެނީ 1466 ޗައިނީސް ކެންސެލޭޝަން ހިމެނޭ.

20:46

ކޮރޮނާ ވައިރަަސް އާ ގުޅޭ އެއްވެއސް ކަމެއް ސަރުކާރުން ސިއްްރެއް ނުކުރާނަން - ޓުއަރިޒަމް މިނިސްޓަރ

20:43

ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރޭ ހާލަތެއް އަތުވެއްޖެނަމަ މަދު ނުވާ ވަރަށް މާސްކް އެތެރެ ކުރުމުގެ މަސައްކަތް ފަށައިިފި.

20:42

ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިއްޖެ ހާލާތެއްގައި، ކަމާއި ބެހޭ މުވައްސަސާތައް އޮތީ ތައްޔާރަށް - ހެލްތް މިނިސްޓަރ

20:39

އައިސޮލޭޝަން ފެސިލީ ހުރީ ތައްޔާރަށް، އެއީ ހުޅުމާލޭގައި ހުރި އެތަން ތައްޔާރަށް ހުރިއިރު، ފުނަދޫވެސް ތައްޔާރު ކުރާނެ ކަމަށް ވެސް ހެލްތް މިނިސްޓަރ ވިދާޅުވި.

20:37

ރާއްޖެއިން މި ވަނީ މި ކޮރޯނާ ވައިރަސްއަށް ތައްޔާރުވެފައި، ރާއްޖެއިން މީގެ އެއްވެސް މީހަކަށް ޝައްކު ކުރެވި އެއްވެސް މީހަކު ސްކްރީން ކުރެވި، މި ބައްޔަށް މީހަކު ތުހުމަތު ކުރެވިފައެއް ނެތް/

20:09

ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ ތައިލެންޑްގައި ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ނުކުރެވިދާނެ ކަމަަށް އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެފި.

20:01

ޗައިނާއަށް ޒިޔަރަތްކޮށްފައިނުވާ ޓައިވާން މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓީވް ވެއްޖެ.

 

19:54

ހެލްތް މިނިސްޓްރީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިރޭ 8:15 ގައި ރައީސް އޮފީހުގައި އޮންނާނެ.

19:53

ޓައިވާނުން އިތުރު ދެ މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ. އޭގެ ތެރެއިން އެކަކީ އުމުރުން 70 އަހަރުގެ އަންހެނެއް. އޭނާއަކީ ވުހާންގައި ދިިރިއުޅެމުން އަންނަ އަންހެނެއް. އޭނާ ޓައިވާނަށް ގޮސްފައި ވަނީ ވަރަށް ފަހުން.

18:17

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ލަންކާގައި ފެތުރެން ފެށުމާއެކު އެގައުން އެބަލި ޖެހޭ ފަރާތްތަކަށް ފަރުވާ ދިނުމަށް 11 ހޮސްޕިޓަލެއް ތައްޔާރު ކޮށްފި.

17:51

ކޮރޯނާވައިރަސް ފުރަތަމަ ފެތުރެން ފެށި، ޗައިނާ ގައި ތިބި ސްރީލަންކާގެ ދަރިވަރުން އަނބުރާ އެގައުމަށް އަންނަ އިރު ސްކޭން ކުރަން މަޑު ކުރުވައި ކަރަންޓީން ކުރާނެ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެފި.

17:11

ހިމަބިއްސަށް މިހާތަނަށް ހަތް މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ.

17:11

ޓްރަންސްޕޯޓް މިނިސްޓްރީގެ 11 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

16:28

ޖަޕާނާއި ޖަރުމަނުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި ދެ މީހަކު ޗައިނާއަށް ޒިޔާރަތްކޮށްފައިނުވާ ކަމަށް އެ ދެ ގައުމުން ބުނެފި.

15:53

އަންގައާއި ނޭފަތް ނިވާ ކުރުމުގެ ގޮތުން އަޅާ މާސްކް އެޅުމަށް މަނާ ކުރި ހޮންކޮންގުގެ ޗީފް އެގްޒެކެޓިވް ކެރީ ލަމް މާސް އަޅަން ޖެހިއްޖެ.

14:55

ކޮރޯނާވައިރަސް ފެތުރެމުން އަންނާތީ ޗައިނާގެ ބައެއް ބޯޑަރުތައް ބަންދުކުރުމަށް ހޮންކޮންގުން ނިންމައިފި ކަމަސް ޗީފް އެގްޒެކެޓިވް ކެރީ ލަމް ވިދާޅުވެއްޖެ.

14:35

ޗައިނާގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރެހަށް ޝައްކު ކުރެވޭ އިތުރު ބަޔަކު އިންޑިއާގައި ޓެސްޓު ކުރަން ފަށައިފި.

14:24

ކުރީގެ ރައީސް އަބްދުﷲ އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން މިނިވަން ކުރުމުގެ އަމުރަކަށް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި މިއަދު އެދިއްޖެ.

14:23

ފިއްލަވައިގެން ކުރިންވެސް ރާއްޖެ ދޫކޮށް ވަޑައިނުގަންނަވާ ކަމަށާއި،ދެން ވެސް ނުފިއްލަވާނެ ކަަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ.

14:12

ޗައިނާގައި ފެތުރެމުންދާ ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ގައުމުގެ ރައްޔިތުން މި ދުވަސްކޮޅު ގައުމުން ބޭރަށް ކުރަން ރާވާފައިވާ ދަތުރުތައް ފަސް ކުރުމަށް އެ ގައުމުގެ ސަރުކާރުން ގޮވާލައިފި.

13:58

ޗައިނާއިން އަންނަ ފަތުރުވެރިން މަދުވުމުން ވާ ގެއްލުން އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަތުހް ހަމަކުރެވޭނެތޯ ރައްޔިތުންގެ މަޖިލީހުގެ ކުރީ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ސުވާލު އުފައްދަވައިފި.

13:48

13:43

ސިންގަޕޫރުގެ ހެލްތް މިނިސްޓްރީން ވިދާޅުވީ, ސިންގަޕޫރުގެ ރައްޔިތުންގެ ތެރޭގައި ކޮރޯނާ ވައިރަސް ފެތުރޭކަމުގެ ހެއްކެއް އަދި ނެތް ކަމަށް.

އެކަމަކު މިހާރު ސިންގަޕޫރަށް ވަރަށް ރިސްކް ބޮޑުވެފައިވާ ކަމަށް.

13:41

ސިންގަޕޫރުން ކޮރޯނާ ވައިރަސް ޖެހުނު އިތުރު ދެ މީހަކު ފެނިއްޖެ. އެއީ 56 އަހަރުގެ ފިރިހެނެކާއި 35 އަހަރުގެ ފިރިހެނެއް. ދެ މީހުންނަކީވެސް ޗައިނާގެ ވުހާންއަށް ނިސްބަތްވަ ދެ މީހުން. މި ދެ މީހުންނާއެކު މިހާރު ސިންގަޕޫރުގައި ކޮރޯނާ ވައިރަސް ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ހަތަކަށް ވަނީ އަރާފައި.

12:59

12:58

ކޮރޯނާވައިރަސް އަށް ވެކްސިނެއް އުފައްދަން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތިބި ސައިންސްވެރިން މިހާރު ކުރަމުން ގެންދާ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބުވެދާނެ ކަމުގެ އުއްމީދު ބޮޑުކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

12:30

ޗައިނާގައި ތިބި ލަންކާގެ ދަރިވަރުންގެ ތެރެއިން 204 ދަރިވަރަކު އެނބުރި ގައުމަށް އައުމަށް ތައްޔާރުވެއްޖެ. ވުހާންގައި ބާކީ ތިބި 33 ދަރިވަރުން ވެސް ވަރަށް އަވަހަށް ގައުމަށް ގެންނާނެ ކަމަށް ލަންކާ ސަރުކާރުން ބުނޭ.

12:21

ތައިލެންޑް އިން އިތުރު ހަ މީހަކު އަނެއްކާވެސް ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެ. މިހާރު ތައިލެންޑް އިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14 އަށް އަރާފައި.

12:20

ކޮރޯނާވައިރަސް އާއި ގުޅޭ ފުރިހަމަ މައުލޫމާތު ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ވެސް ލިބިފައި ނެތްކަން ފާހަގަ ކުރެވިއްޖެއެވެ.

11:31

10:54

10:48

ހައިކޯޓުގައި އޮންނަ އިސްތިއުނާފް ޝަރީޢަތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ގެނެސްފި.

10:37

10:25

ވުހާންގައި ތިބި ޖަޕާން މީހުން އަނބުރާ ގެންދިއުމަށް ޖަޕާނުން ޗާޓަރު ފްލައިޓެއް ފޮނުވައިފި. މި ފްލައިޓް ޖަޕާން މީހުންނާއި އެކު އެނބުރި ގައުމަށް ދިއުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު. ވުހާންގައި ތިބި ޖަޕާންގެ 650 ވަރަކަށް މީހުން ވަނީ އެނބުރި ގައުމަށް ގެންގޮސް ދިނުމަށް ސަރުކާރުގައި އެދިފައި. އެހެންކަމުން މާދަމާ އިތުރު ޗާޓަރު ފްލައިޓްތަކެއްގައި ޖަޕާން މީހުން ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރާނެ.

10:20

ކޮރޯނާވައިރަސް ފެތުރެމުން ދާތީ ހޮންކޮންގްގެ ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ހޮންކޮންގް ސަރުކާރުން އަންގައިފިއެވެ.

10:06

09:15

08:44

ލަންކާގެ މައި އެއާޕޯޓް ކަމަށްވާ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުވެރިން ފިޔަވައި އިތުރު އެއްވެސް ބަޔަކު ވަނުން ވެސް މަނާކޮށްފި.

08:43

ޗައިނާ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުން ސްރީލަންކާއިން ކުއްލިގޮތަކަށް މިއަދު ހުއްޓާލައިފި.

08:42

ޗައިނާ ފަތުރުވެރިންނަށް ވިސާ ދޫކުރުން ފިލިޕީންސުން ހުއްޓާލައިފި.

08:42

08:23

ކޮރޯނާވައިރަސްގައި މަރުވި މީހުންގެ އަދަދު 106 އަށް އަރައިފި

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު ވެސް އެންމެ ފާހަގަ ކޮށްލެވެނީ ކޮރޯނާވައިރަސް އާއި ގުޅޭ ޚަބަރުތަކެވެ. ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 82 އަށް އަރާފައެވެ. ރާއްޖެއާ އަވައްޓެރި ސްރީލަންކާއިން މިއަދު ވަނީ ކޮރޯނާވައިރަސް އަށް މީހަކު ޕޮޒިޓިވް ވެފައެވެ.

ކޮރޯނާވައިރަސްގެ ނުރައްކާ ވަރަށް ބޮޑަށް މުޅި ދުނިޔެއަށް އޮތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިއަދު ވަނީ ބުނެފައެވެ.

ކޮރޯނާވައިރަސް އާއި ގުޅޭ ފަހުގެ މައުލޫމާތު "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

އެހެން ޚަބަރުތަކަށް ބަލާއިރު މިއަދު ފާހަގަ ކުރެވުނު އެންމެ މުހިއްމު އެއް ޚަބަރަކީ ރާއްޖޭގެ އުތުރުގެ ރަށެއްގައި އުމުރުން 60 އަހަރުގެ ފިރިހެނަކު، 11 އަހަރުގެ ފިރިހެން ކުއްޖަކާއި ބެހުނު މައްސަލާގައި ހައްޔަރުކުރި ޚަބަރެވެ.

މާދަމާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކުރި ޙުކުމުގެ އިސްތިއުނާފް ޝަރީޢަތް ހައިކޯޓުގައި ފަށާނެއެވެ. ޝަރީޢަތް ތާވަލް ކޮށްފައި ވަނީ ހެނދުނު 11:15 އަށެވެ.

ކިޔުންތެރިންގެ ހިޔާލު