ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެ އަށް ފަތުރުވެރިން އައުމަށް ހެދި ބުކިންސްގެ ތެރެއިން 11،000 އަށް ވުރެ ގިނަ ބުކިންސް ކެންސަލް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބުކިންސްތައް ކެންސަލް ކުރަމުން އަންނައިރު އިތުރަށް ގިނަ ބަޔަކު ބުކިންސް ހައްދަމުން ވެސް އަންނަ ކަމަށެވެ.

"26 ޖެނުއަރީން ފެށިގެން މިއަދާ ހަމައަށް ސްޓެޓިސްކަލީ މިދަނީ ބަލަމުން ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ކެންސަލޭޝަން. އެގޮތުން މިހާރު ގާތްގަނޑަކަށް 11،115 ކެންސަލޭޝަން އެބައޮތް މި ދެންނެވި ޕީރިއަޑްގެ ތެރޭގައި. އެއީ ޖެނެއަރީ 26 އިން ފެށިގެން 2 ފެބްރުއަރީއާ ހަމައަށް. ނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ހަމަ އެ ޕީރިއަޑްގެ ތެރޭގައި ޖުމްލަ އައު 24،790 ބްކިންސް އެބައޮތް." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސްގެ ސަބަބުން އިގްތިޞާދަށް ނުރަނގަޅު އަސަރުތަކެއް ކުރި ނަމަވެސް މިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަަދަދު އިތުރުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީގައި ރާއްޖެ އައީ 15،1550 ފަތުރުވެރިންނެވެ. މި އަހަރުގެ ޖެނުއަރީގައި 1،73874 ފަތުރުވެެރިން ރާއްޖެ އައި ކަމަށް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.

ކޮރޯނާވައިރަސްގެ އަސަރު މުޅި ދުނިޔޭގެ އިގުތިސާދަށް ވެސް ވަނީ ކޮށްފައެވެ. ޗައިނާ މީހުންނަކީ މުޅި ދުނިޔޭގެ ޓްއަރިޒަމް އިންޑަސްޓްރީގައި ވެސް މިހާރު ބޮޑު ހިއްސާއެއް ވަމުންދާ ބައެކެވެ. ނަމަވެސް މިއަހަރު ޗައިނާ މީހުން އެންމެ ގިނައިން ދަތުރު ކުރާ އެ ގައުމުގެ އާ އަހަރާ ދިމާކޮށް ކުރިމަތިވި ކޮރޯނާވައިރަސްގެ ސަބަބުން ޗައިނާ މީހުން ދަތުރު ކުރަން އެ ގައުމުގެ ސަރުކާރުން ވެސް ވަނީ ބައެއް ހުރަސްތައް ކުރިމަތިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖަހާންގީރު

    ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވަގޮވާ ތިބި ބައިގަނޑުގެ ވެރިކަމުގަ އެންމެ ގަދަޔަށް ހަޅޭލެވި މީހާގެ ވަޒީރުކަމުގަ ޓުއަރިޒަމް ހަލާކުވެގެން މި ދަނީ ، ސުބްޙާނަﷲ !

    25
    3
    • Anonymous

      އެބުނީ ގިނައޭ މިދަޔަ އަހަރަށްވުރެ، ލޮލުގަ އަނދުން އަޅައިގެން ތަތިހިރީ

      11
    • ބޯހަލާކު

      ޕިސް ޕިސް ނެތެއް ނު ރަނގަޅު އެއްގޮތެއް ވެސް ކަލޭމެންނައް. ބުކިން ކެންސަލް ނުކޮށް ފީޔާ ސަރުކާރައް މާމުހިންމޯ ޓޫރިޒަމް ކެންސަލް ކުރީމަ ޓޫރިޒަމް ހަލާކޯ.... މޭކް އަޕް ޔޯރ މައިންޑް ޕީޕަލް.

  2. މަސްވެރިން

    ތައިލެންޑްން ވެސް ތިވައިރެސް ރާއްޖެއައް އައުމުގެ ފުރުސަތު އެބައޮތް ވިސްނަބަލަ

    23
    • ހުސޭނުބޭ

      ހާސްނުވޭ! ތައިލެންޑަށް ތެޔޮދަމަން ދާ ކުދިން ތި ބަލާވެރިކަން ގެންނާނެ!

      10
      1
  3. މިއަދު

    ރ ޔާމީނު ވެރިކަމުގައި މިހާރުގެ ސަރުކާރުގެ އިސްވެރިން ކަރުން ހިމައަޑު ނެރެގެން ގޮވީ ޓޫރިސްޓުން ރާއްޖެނައުމަށާއި ޓޫރިޒަމް ބޮއިކޮޓް ކުރުމަށްގޮވި މިއަދު އެކަކުވެސް ނުގޮވަ ޓޫރިސްޓުން ނައުމަކަށް އެކަމު އެކަމު މިފެންނަނީ ބުކިންތައް ކެންސަލްކުރާތަން ނާންނަން ގޮވިއަޑުން އަންނަންގޮވީމަވެސް ނާދެ މިއީ ޢިބުރަތަކަށްނުވޭބާ؟

    13
  4. ދަވާލި19

    ކޮބާ ކޮބާ އިހަކަށްދުވަހު ރާއްޖެ އަށް ފަތުރުވެރިން ނައަންނަން ހަރުއަޑުން ގޮވި މީހުން އެދުވަހުނުވިސްނުނު ރާއްޖެއަށާ ރައްޔިތުންނައް ލިބިދާނެ ގެއްލުމެއް ދެރައެއް އެދުވަހު ގޮވި ހުރިހާ ގޮވެއްޔެއް މިއަދު އެގޮވެލި ގޮވި މީހުންގެ ބޮލައް މިބިނދެނީ މީ ދުނިޔޭގެ އުސޫލު

    10
  5. ޖައުފަރު

    ތެލުލިމަސް ޗަކޮއި އަނދުން އަޅަނީ ކަންފަތުގަތަ

  6. މުރަނަ ފަރީދާ ވިތް ރޯނުސޮރު

    ދިވެހިންނަށް މާތްﷲ ގުނާ އަދަދު ނުކުރެވޭހާ ގިނަ ނިއުމަތްތަކެއްދެއްވިއެވެ ޝުކުރުވެރި ނުވާނަން ހެއްޔެވެ ހިތްތިރި ކޮށް ބިރުވެތި ނުވާނަން ހެެއްޔެވެ ކަލަކުވޭ ބިރުވެތިވޭ

    12
  7. ނަޒްމާ

    ޓޫރިޒަމް ތިޔޮއްގެންދަނީ އޮޔާ.. ރާލާ އޫރުމަސްރައް ތިޔަދަނީ އޮޔާ.. ދެން ހަރާންލާރިގަނޑު ފަހަތުން ދުވަމުން ދުވަމުންގޮސް ނަރަކައައް ވެއްޓޭ..