ރާއްޖޭގެ ފަރުތަކުގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ގާ ހުދުވުން ސަލާމަތްކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެޅި ފިޔަވަުތަކަަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މަރުހަބާ ކިޔައި ތާއިދުކޮށްފިއެވެ.

މިހާރު ހިނގަމުންދާ މާސް ކޮރަލް ބްލީޗިން އިވެންޓުގެ އަސަރު ކުޑަކުރުމަށް އަމާޒުކޮށްގެން އީޕީއޭއިން ވަނީ ފިޔަވަޅުއަޅާފައެވެ. އެ ފަޔަވަޅުތަކަށް އެއްބާރުލުން ދޭން މަޓީން ވަނީ ގޮވާލަިފައެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި، އައްސޭރިފަށުގެ ތަރައްޤީގެ ބޮޑެތި ހުރިހާ މަޝްރޫޢުތަކާއި ބިން ހިއްކުމުގެ މަޝްރޫޢުތައް 2024 ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް ބައެއް މަސައްކަތްތައް ކުރިއަށްގެންދިޔުމަށް މިހާރު ވަނީ ހުއްދަދީފައެވެ. އެގޮތުން ނުކުރަން އެދިފައިވާ ކަންތައްތަކަކީ:

  • ބިން ހިއްކުން
  • ވެލި ނެގުން
  • ގޮނޑުދޮށް ތަރައްޤީ ކުރުން
  • ވެލި އެޅުން
  • ފަރުމަތީ ޕައިޕްލައިން އެޅުމާއި ކޭބަލްތައް އެޅުން
  • ބަންޑް ވޯލް ޖެހުން

މަޓީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީޕީއޭގެ ނިންމުންތަކަށް ތާއީދުކުރާ ކަމަށާއި ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ ސްޓޭކްހޯލްޑަރުންނަށް، ފުރިހަމަ އެއްބާރުލުންދީ، އެ ފިޔަވަޅުތަކަށް ތަބާވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެގޮތަށް އަމަލުކޮށްފިނަމަ މިހާރު ހިނގަމުންދާ މާސް ކޮރަލް ބްލީޗިންގ އިވެންޓުގެ އަސަރުތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެއްކަން ތަޖުރިބާކާރުން ފާހަގަކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ވަރަށް ބޮޑަށް މައްޗަށް ގޮސް، މިދިޔަ މަހުން ފެށިގެން ފަރުތަކުން މުރަކަތައް ދަނީ މަރުވަމުންނެވެ. އެންމެ ފަހުގެ މައުލޫމާތަށް ބަލާ އިރު، މި ވަގުތު ރާއްޖެ އޮތީ 'އެލާޓް ލެވެލް -1' އެވެ.

  • ގާ ހުދުވުމާ ގުޅިގެން މިހާރު ހިނގަމުންދާ މަޝްރޫއުތަކަށް އީއައިއޭ ހެދުން، ޖޫން 10ގެ ފަހަށް މަޑުޖައްސާލުމަށް ވެސް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަލޯ

    ގާ ހުންނަންޖެހޭ ކަޅު ކުލައިންތަ ؟

  2. އަބްދޫ

    ތަރައގިގެ ކޮންމެ މަސްރުއަކީވެްސް ތިމާވެއްތަށް ގެއްލުނަހުރި މަސްރުއެއް.ތައްގީއާއި ތިމާވެށި އެއްމަގަކުން ދަތުރު ނުކުރާނެ. ބިންހިއްކާނަމަވެސް މުއްދަތު ދިގު ނުކޮށް އަވަސްކުރުަން މުހިންމު.ބިން ހިއްކުން ދާއިމަށް ހުއްޓަ ނުލާނަމަ ވަގުތީގޮތުން ހުއްޓާލުމަކީ ހައްލެއްނޫން.ތަރައގީ ހުއްޓާލައިގެންނާއި އާބާދީ އެއްފަސް ނުވާގޮތަށް ނުވަތަ އެއްސަރަހައްދުތަކަކަށް އާބާދީ ބަދަލު ނުކޮށް ގައުމުތަރައގީ ނުކުރެވޭނެ. ގައުމުގެ އާބާދީ ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ހަރަދުކޮށްގެން ފައިސާ އިސްރާފު ކުރުމަކީ ގައުމު މުއްސަނދި ދަވްލަތަކަށް ހެދުމަށް އެޅިފަ އޮތް ބޮޑު ހުރަހެއް.

  3. އއ

    ތިމާވެއްޓަކީ ތަރައްޤީވެ ކުރިއެރުމަށްޓަކައި މަސައްކަތްކުރަމުންދާ، ޖަޒީރާ ޤަވްމުތައް މައިތިރިކުރުމަށް، ފުދުންތެރި ތަރައްޤީގެގޮތުން ކުރިއަރާފައިވާ ޤަވްމުތަކުން އުފައްދައިގެންއުޅޭ، ކޮވިޑް ކަހަލަ ރޯގާއެއް. ޤަވްމުތަކަށް ފައިސާގެ އެހީ ކޮޅުކޮޅު ދީގެން، އަދި އެކިއެކި މުޢާހަދާތައް ހަދައި ބިރުދައްކައިގެން ކަނޑު ފަޅުގެ ރޯދިން ކައިބޮއެހަދާ ޤަވްމުތަކުގެ މުއްސަނދިކަން ވަނީ ފޭރިގެންފައި. ތިމާވެށީގެ ގިނަ ވާހަކަ ތަކަކީ، ދެކޮޅުނުޖެހޭ ބާރުގަދަ ޤަވްމުތަކުން ޢަމަލުނުކުރާ ވާހަކަ ތަކެއް.