ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ހިޔަނި އެޅިފައިވާ ކަމަށާއި އެ ބަލީގެ ސަބަބުން އެތައް ހާސް ބުކިން ކެންސަލްކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ބަލީގެ ނުރައްކާތެރިކަން އާންމުވި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 13،287 ބުކިން ކެންސަލްވެފައިވާ ކަމަށެވެ. އަދި މިކަމުން ލިބޭ ގެއްލުން ފޫބެއްދުމަށް ފަތުރުވެރިކަން އިސްތިހާރު ކުރުމަށް މި އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމަކު، ހަމަ އެ ނޭވާގައި ރައީސް ސޯލިހް ވަނީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެންތައް ހާމަކޮށްދެއްވައިފައެވެ. އެގޮތުން 2021 ނިމުމުގެ ކުރިން ރާއްޖެއަށް 2.1 މިލިއަން ޓޫރިސްޓުން ގެންނާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. އޭގެ ފަހުން، މަސައްކަތަކަށް ވާނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ދެން ބާކީ އޮތް ދެ އަހަރު، ކޮންމެ އަހަރަކު 2.5 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ. --- ފޮޓޯ: މަޖިލިސް

އެމަނިކުފާނު ވަނީ މިދިޔަ އަހަރު ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރި އަދަދުގެ ތަފްސީލްތައް ދެއްވައިފައެވެ. ރައީސް ސޯލިހް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް އަމާޒު ހިފިޔަސް، ރާއްޖެ އަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރިއެވެ.

"މިއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު، 14.7 އިންސައްތައިގެ އިތުރުވުމެއް،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ޓޫރިޒަމްގެ ދާއިރާއާ ގުޅޭ ގޮތުން ރައީސް ދެއްވި ތަފާސް ހިސާބުތައް

  • މިދިޔަ އަހަރު ނިމުނުއިރު، ރާއްޖޭގައި 158 ރިސޯޓާއި 607 ގެސްޓްހައުސް.
  • 12 ޓޫރިސްޓު ހޮޓަލާއި 156 ސަފާރީ.
  • އެނދުގެ އަދަދު 50591 އަށް ވަނީ އަރާފައި.
  • އިތުރު 1300 އެނދާ އެކު 13 ރިސޯޓާއި 74 ގެސްޓްހައުސް މި އަހަރު ހުޅުވޭނެ ކަމަށް ލަފާ ކުރެވޭ.

ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު އަސަރެއް ކުރާ މައިގަނޑު އެއް ސަބަބަކީ ރާއްޖެ އަށް ގިނަ ފަތުރުވެރިން އަންނަނީ ޗައިނާ އިން ކަމަށްވީމައެވެ.

ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ކުރިން ބޭއްވި ރަސްމިއްޔާތެއް - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސަަރުކާރުން މިހާރު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރަމުން އައި ސީދާ ދަތުރުތައް ހުއްޓާލުމުގެ އިތުރުން، އެހެން މަގުތަކުން ވެސް، ޗައިނާ އިން އެއްވެސް މީހަކު ރާއްޖެ އެތެރެނުވެވޭ ގޮތަށް ހަދައިފައެވެ. އަދި ޗައިނާއަށް ޒިޔާރަތްކުރި މީހަކަށް ވެސް ރާއްޖެ ނާދެވޭނެ ކަމަށް، އިއްޔެ އިއުލާންކުރި އެވެ.

ހެލްތު މިނިސްޓްރީން ކުރިން ބުނި ގޮތުގައި ކޮރޯނާ ވައިރަސް ހުރި ކަމަށް ޝައްކު ކުރެވޭ ދިވެއްސަކު ވަނީ ކަރަންޓީނުކޮށްފައެވެ. އަދި ކޮރޯނާ ވައިރަސްގެ އަލާމާތެއް ހުރެދާނެ ކަމަށް ބަލައި އިތުރު ދެ މީހަކު ދަނީ މޮނިޓަ ކުރަމުންނެވެ. އެކަމަކު، ރައީސް ސޯލިހް ވިދާޅުވީ ރާއްޖެ އިން ބޭރަށް ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ ދައްކާ ގޮތުން އެއްވެސް ދިވެއްސަކު އެ ބައްޔަށް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.

ކޮރޯނާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ކަރުގައި ރިއްސުމާއި ނޭވާލާން ބައެއް ފަހަރު އުނދަގޫވުމާއި ގައިގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. Anonymous

    ކިބުލަކީ ވަރަށް މަޑުން އިދެ ޝިކާރަކުރާ ވަރަށް މަކަރުވެރި އެއްޗެއްް.

    56
    1
    • ށަނޫން

      ޑަ ބެސްޓް ކޮމެންޓް އައިވް ރެޑް ...
      ????

      ތީތި ސަޅި އޭ ބްރޯ

      21
      2
  2. Anonymous

    ހިޔަނި އެޅުނު ވާހަކަ ދެން ނުދައްކާ. ކޮރޯނާ ވައިރަސް ޗައިނާގައި ފެތުރެން ފެށީ އިއްޔެއަކު މިއަދަކު ނޫން ޑިސެމްބަރ މަހުން ފެށިގެން އަލްޖަޒީރާ ނޫހުން ހާއްސަ ކަވަރޭޖެއް ގެނެސް އަޕްޑޭޓް ދޭތާ އެތައް ދުވަހެއް. ދުވާލަކު އެތައް ސަތޭކަ ޗައިނާ ފަތުރުވެރިން ރާއްޖެއަށް އަންނައިރު އޮން އެރައިވަލް ސްކުރީން ނުކުރެވި މިކަމަށް އަހަމިއްޔަތު ކަމެއް ދެވިފައިނުވޭ ސަރުކާރުން އެއަރޕޯޓް ގައި ސްކުރީން ކުރަން ފެށީ މިދިޔަ އަންގާރަ ދުވަހު. ސަރުކާރުގެ ދޯދިޔާ ސިޔާސަތު މިފެންނަނީ ރައްޔިތުންގެ ދުޅަހެޔޮކަމަށް އިސްކަމެއް ނުދެއްވާ އަމިއްލައަށް ޖީބު ފުރާލަން ރައްޔިތުންގެ ބަޖެޓް ތަޅާ ތިރިކޮށް ގައުމުގެ  ދަރަނި އަތްނުފޯރާ ހިސާބަށް ގެންދާތަން. ސަރުކާރުން އަޅާ ނުލާ ދެން އޮތް ކަމަކީ މިހާރު ވެސް ޗައިނާ އިން ތަރުކާރީ މޭވާ ފުރޯޒަން މީޓް އަދި އިކޮމަސަލް ޕާރުސަލްތައް ގެނައުން ނުހުއްޓުވާފައިނުވުން. ޖަރާސީމު މިތަކެތި ގެ ޒަރީޢާއިން ރާއްޖެ އެތެރެ ވާނެކަން މިވެރީންނަށް ނޭންގެނީތޯ. ކޮބާ ތޯ ސަރުކާރުގެ ޒިންމާ އަކީ. ކުރަފީގެ ސިކުނޑި އަށް ވުރެ މި ސަރުކާރުން ވެރީންގެ ސިކުނޑި ދަށް. މިހާވަރު ނުވިސްނޭންޏާ މަޤާމު ގެ ޒިންމާ ތަކުން އިސްތިއުފާ ދިނުމަށް ގޮވާލާން.

    39
    • އަޅުގަނޑު

      މާތްﷲ އަޅަމެން އެންމެން އެންމެހާ ނުރައްކާތެރި ބަލިތަކުން އަބަދުވެސް ރައްކާތެރި ކޮށްދެއްވަވާށި އާމީން

  3. މަންޖެ

    މިނިސްޓަރ އަތްޖަހާފަ ބުނީ ކެންސަލް ކުރި ބުކިންއަށްވުރެން އަލަށް ހެދި ބުކިންގ ގިނައޯ

    45
    1
  4. ޖަހާންގީރު

    ޓުއަރިޒަމް ބޮއިކޮޓް ކުރަން ގޮވަގޮވާ ތިބި ހަނދާން ނެތުނީތަ ލާދީނީ ހުޅު ޕާޓީ މީހުން މިއަދު ކަލޭމެންގެ ވެރިކަމުގަ ޓުއަރިޒަމް އަށް ހިޔަނި އެޅުނީމަތަ މައްސަލައަކަށް ވާންވީ ބަލަގަ މީ ދިވެހީންގެ ދިވެހިރާއްޖެ ކަން ނުދަނެ ކަލޭމެން ޒާތީ ޙަސަދައިން ފޯވެތިބެ ކުޅަ ކަންތައްތަކުގެ ހިތި ރަހަ މިއަދު ކަލޭމެން ރީނދޫ ބައިގަނޑަށް ފެންނަމުން މި ދަނީ

    38
  5. އަހަރެން

    ބޯއިކޮޓް ވަނީ ދޯ ބުރޯ ... އަދިވެސް ގޮވާ ޓޫރިސްޓުން ރާއްޖެ ނާންނަން

    50
  6. Anonymous

    ޓޫރިޒަމް؟ އޯކޭ ވާނެ މިދުވަސްކޮޅަށް. ބަލިން ރައްކާވުން އެންމެ މުހިއްމުކަމަކީ ލޭޓާ އޯލް އިޒް ވެލް އިބޫ ...

    32
    1
  7. ގަންޒާރު

    ކަލޭމެން ގޮވި އެއްޗެހީގެ ޢަޒާބު ތި ދައްކަވަނީ، ހަމަ ވެރިކަން ގެއްލޭއިރަށް ޔޫރަޕަށް ގޮސް ގޮވާނެ ރާއްޖެ ބޮއިކޮޓް ކުރަން، ރާއްޖެއަށް އެއްވެސް ފަތުރު ވެރިއަކު ނާންނަން، ރާއްޖެ އި ދަޖައްސާލުމުގެ ނިޔަތުގައި، މިހާރު ތިލަނީ އެކަމުގެ ހިތިރަހަ، ކޮބާ ގަންޖާބޯ، އަ ދިވެސް ދުލަށް އައިހާ އެއްޗެއް ގޮވާ،

    27
  8. ޔާﷲ

    ޔާﷲއިންޑިޔާ ފާދިރީގެ ގެރިގުއިން މިރާއްޖެ ސާފުޠާޚިރު ކޮށްދެއްވާށި އާމީން

    35
  9. އެސޮރު

    ކޮރޯނޯގެ ސަބަބުން ހިޔަނި އެޅޭ ވާހަކަ ނުދައްކާ..މި ކޮރޯނޯ އެއްނެއް އިރުވެސް ތިޔަ ޓުއަރިޒަމްއިން ގައުމަށްވާ ފައިދާއެއް ނެއް ފެންނާކަށް.

    24
  10. ފާދިރީ

    ހައްލަކީ ގެރީގެ ގުއި

    12
    1
  11. ސޭކްސްތާން

    ޓޫރިޒަމަށް އެކަންޏެއް ނޫން ހިޔަނި އެޅިފަ ހުރިހީކީ. ހުރިހާ ދިމާލަކަށް މިލާދީނީ ވެރިކަމެއް އައިފަހުން ތިޔަ ހިޔަންޏެއް އެޅިފަ ހުރީ. ދީނާ ދެކޮޅު މީހުންނަށް ކުރިއަށް ވެސް އޮތީ ހިޔަނިގަނޑެއް. ތިޔައީ ވެސް ނަމެއްގަ ހުރި ހިޔަނި ރައީސްއެއް. ދެން ހިޔަނި ނޭޅޭނީ ކޮންއެއްޗަކަށް. ހިޔަނީ ރައީސް.

    22
  12. ހިޔަނި ރައީސް

    ހިޔަނި ރައީސްއެވެ. ކަލޭގެ ތިއަ އިއްވި ރިޔާސީ ބަޔާން ކަލެއަށެވެ. ރައްޔިތުންނަށް ތިޔަ އިއްވި ބަޔާނަކުން ވާނެ މަންފާއެއް ނެތެވެ. އަދި ވާނެ މޮޅެއްވެސް ނެތެވެ. ތިޔަ އިއްވި ބަޔާނަކީ ނަނާ ހުވަފެނެކެވެ. ކެނޑި ފޮންޏެކެވެ. މޮޅު ވާހަކަ ދެއްކުމާއި ދޮގުހެދުމާއި މަކަރާއި ހީލަތުގެ ކެހިވެރި ބަޔާނެއް ކަމަށް މަމެން ދިވެހިން މިތިބީ އެއްބަސް ވެގެންނެވެ.

    25
  13. ޔަޙުޔާ

    މިދިޔަ އަހަރު ހުޅުވި ރިސޯޓުތަކުގެ އަދަދު ކިޔާކަށް ލަދެއްވެސް ނުގަތް. އެއީ އިބޫ ނުހައްގުން ޖަލަށް ލާފައި ހުރި ވިޜަނަރީ ލީޑަރެއްގެ އަގުހުރި ޚިދުމަތްކަން ހަނދާނެއް ނުނެތޭނެ ރައްޔިތުންނެއް. ކޮރޯނާ ވައިރަހުން ހިޔަނި އެޅުނު ވާހަކަ އެ ދައްކަނީ ކުރީން ކަންކަން ނުވީ "ކުރީސްރުކާރު" ކިޔައިކިޔައި ރައްޔިތުން ފޫހިވީމާ ދެން ކިޔާން ގަސްތުކުރާ ބަސް އެއީ. ދެން ކިޔާނީ އެކަން ނުވީ "ކޮރޯނާ ވައިރަސް"ގެ ސަބަބުންނޭ.

    20
    1
  14. ބޮމް

    ގެރީގެ ހިޔަނީން މުޅިރާއްޖެ ނާމާން ބިރުވެރި އަނދިރި ކަމެއްގައި ނާމާން ބިރުވެރިކަމެއް ގެ ތެރޭގައި ތިބި ދިވެހި ރަށްޔަތުން ސަލާމަތްކުރޭ

    16
  15. ސަލާމްބެ

    އެނގޭތަ؟؟ ތިޔައޮތީ އޮޓޯ ޓުއަރިޒަމް ބޮއިކޮޓް. ކަލޯމެން ރ ޔާމީންގެ ވެރިކަމުގަ ޓުއަރިޒަމް ބޮއިކޮޓް ކުރަންގޮވީމެންނު. ؟ ރޔާމީން މިގައުމައް ކޮށް ދެއްވިއަގުހުރި ޚި ދްމަތުގެ ބަ ދަލުގަ ދިވެހިއެތައް ރައްޔިތުން ނެއްގެ ތާއީ ދުއޮތް އި ދިކޮޅު ލީޑަރ އަށް ނުހައްގުން ހުކުންކޮށް ޖަލުތޭރިތަކުގަ ހައްޔަރު ކޮށް ބޭއްވުމުގެ ހިތިނަތީޖާ ނޫންކަމެއް އެނގެނީ ކިހިނެތް؟ ހަމަ ޔަގީނުންވެސް ހައްގަކާ ނުލާ އެއްބަޔަކު އަނެއްބަޔަކާ މެ ދު ނުވަތަ އެކެއްއަނެކާ އާއި މެ ދު އަނިޔާވެރިވެ ބޭއިންސާފުން ކުޅަކޮންމެކަމެއްގެ ހިތިނަތީޖާ އާއި ކޮންމެވެސް ސިފައެއްގަ ކުރިމަތިލާންނުޖެހި ނު ދާނެ ކަން ދުނިޔޭގެ ތާރީޚުންވެސް އެނގޭަނެ. ﷲއީކޮންމެކަމަކަށް
    ކުޅަ ދުންވަންތަ ރަސްކަލާން.

  16. ފާއިޒު

    ތި ހުރިހާ ކަމެއް އިންޑިއާއިން ފޫބައްދައިދޭނެ. ޗައިނާ ދޫކޮށްލާފަ ހުސް އިންޑިޔާ ފަތުރުވެރިން ގެނޭ.

  17. ދިދަ ދަނޑި

    ސަރުކާރާއި ހަވާލުވެފައި މަނިކުފާނު ނޫންތޯ ޓުއަރިޒަމް މިނިސްޓްރީ އަށް ހިޔަނި އެޅުވީ.. ޓުއަރިޒަމް މިނިސްޓްރީ އޮތީ ބޮޑު ބިޔަ ކަޅު ހިޔަންޏެއްގެ ދަށުގައި . . .