ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ހުރެދާނެ ކަމަށް ޝާއްކު ކުރެވިގެން ފުނަދޫގައި ކަރަންޓީނުކޮށްފައި ބޭތިއްބި ހަތް މީހުން ވެސް ދޫކޮށްލާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭ އިން މިކަން ހާމަކޮށް ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެމީހުންގެ ޓެސްޓުތައް ހެދުމަށް ބޭރަށް ފޮނުވައިގެން އެއްވެސް މީހަކު އެވައިރަހަށް ޕޮޒިޓިވް ވެފައިނުވާ ކަމަށާއި، އެ އެޖެންސީގެ ބެލުމުގެ ދަށުން އެ ހަތް މީހުންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ވައިރެހުގެ އަލާމާތްތައް ފެނިގެން އެކަކު ކަރަންޓީނު ކޮށްފައިވާ ކަމަށާއި، އޭނާގައިގައި އެ ވައިރަސް ހުރިތޯ ބެލުމަށް ކުރި ޓެސްޓުން ދެއްކީ "ނެގެޓިވް" ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވިއެވެ.

އަދި އެ ބައްޔަށް ޝައްކު ނުކުރެވޭ އިތުރު ހަ މީހަކު ވެސް ކަރަންޓީނު ކޮށްފައިވާނެ ކަމަށާއި، އެމީހުންގެ ޓެސްޓު ވެސް ނެގެޓިވް ވެފައިވާކަމަށް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

ބަލީގެ އަލާމާތެއް ފެނިގެން ކަރަންޓީނު ކުރީ އެންމެ ފުރަތަަމަ މި ބަލީގައި ކަރަންޓީނު ކުރި މީހާ އެކަންޏެވެ. މީގެ އިތުރުން ޗައިނާ އަށް ދަތުރުކޮށް ބަލީގެ ބައެއް އަލާމާތްތައް ފެނުނު ނަމަވެސް އެވައިރަސް ހުރެދާނެ ކަމަށް ޝައްކު ނުކުރެވޭ ހަތަރު މީހަކު ވަނީ ކަރަންޓީނު ކޮށްފައެވެ.

ބަލީގެ އެއްވެސް އަލާމާތެއް ނެތް، ހަމައެކަނި ޗައިނާ އަށް ދަތުރުކޮށްފައި ވުމާއި ގުޅިގެން ކަރަންޓީނު ކުރީ ދެމީހުންނެވެ.

މިއިން އެއްވެސް މީހެއް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ނުވާކަން އިއުލާން ކުރައްވާފައި ވަނީ މަޖިލީހުގެ ދައުރު ފެށުމުގެ ގޮތުން މިއަދު، ރައީސް އިބްރާހިމް މުހައްމަދު ސާލިހް ދެއްވި ރިޔާސީ ބަޔާނުގައެވެ.

އެޗްޕީއޭގެ ބަޔާނުގައި ވަނީ މި ބައްޔަށް ޝައްކު ކުރެވޭ އެއްވެސް ދިވެއްސަކު މިވަގުތު ނެތްކަން އިއުލާން ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދޫން

    ކޮންތާކުން އައި 7 މީހުންނެއްތަ؟

    17
    • ބުރޯ

      ބަލަ މިނިސްޓަރު އަމީނު ބުނީ 01 މީހަކު ޓެސްޓު ކުރަން ސާމްޕަލް ފޮނުވި ކަމަށާއި އިތުރު 02 މީހަކު ސަސްޕެކްޓުކުރެވުނުކަމަށައި ޖުމުލަ 03 މީހުން ކަމަށް މި އަދާއި ހަމަޔަށްވެސް ބުނަމުން ދިޔައީ. އެކަމަކު މިއަދު ކުއްލި އަކަށް 07 މީހުންނަށް އިތުރު ވެއްޖެ. ސަރުކާރުން ރައްޔިތުންނަށް އޮޅުވަލާ ދޮގުހަދާކަން 100 ޕަސެންޓް.

      17
      • ފައިރޫޒު

        ޢެއިން ކޮންމެ މީހަކުވެސް ކަރަންޓީނު ކުރި ވަގުތު ވިހެއީ އެހެންވެ އޭގެ ދެގުނައަށް އެރީ

        5
        1
  2. ދދދދދދ

    މިކަމާ ގުޅިގެން ދޮގު ހަދާހަދާ މިހާރު ކަލޭމެން ކިޔާ އެއްޗެއް ގަބޫލެއް ނުކުރެވޭ. ޕޮލިހުގަ އުޅޭ އަންހެންމީހާ އަޅެ ކަލޭ ހޮޑެއް ނުލަވާތަ މިމީހުން މިދައްކާ ވާހަކައިން

    14
  3. ޙަގީގަތް

    ކޮން ހަތެއް؟؟؟؟؟؟ އޮޅުވާލަން މީ ދެން ކޮން ކަމެއް...