އެމްއެންޑީއެފުން ހިންގާ "ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް" ގެ ފައިނަލް އެކްސްސައިޒްތައް ބާއްވައިފިއެވެ.

މިމަހު 9 ން 15 ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެކްސަސައިޒްތައް ކުރިއަށްދަނީ މާލެ، ހުޅުލެ އަދި ހުޅުމާލޭގެ އެކަމަށް ކަނޑައެޅިފައިވާ ވަކި ސަރަޙައްދުތަކެއްގައެވެ.

އެމްއެންޑީއެފުން ހިންގާ "ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް" ގެ ފައިނަލް އެކްސްސައިޒް - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މިއަދު ހެނދުނު ހުޅުމާލޭގައި ކުރިއަށްދިޔަ މި ކޯހުގެ އެކްސަސައިޒްތައް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ހުޅުމާލެއަށް ޒިޔާރަތް ކުރައްވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މި ޒިޔާރަތުގައި ކޯސް ކުރިއަށްދާ ގޮތާބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވައި ކޯހުގެ މުދައްރިބުންނާވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

އެމްއެންޑީއެފާ ސްރީލަންކާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށްގެންދާ ބޮމްބް އެންޑް އައިއީޑީ ޑިސްޕޯސަލް އެޑްވާންސް ކޯހަކީ ސިފައިންގެ ހުނަރާއި އޮޕަރޭޝަނަލް ޤާބިލުކަން އިތުރު ކުރުމުގެ ގޮތުން ސިފައިންގެ ތެރޭގައި އަލަށް އެކުލަވާލި "އެމްއެންޑީއެފް ކެޕްސްޓޯން ޑޮކްޓްރީން" ގެ ދަށުން ކުރިއަށްގެންދާ ކޯހެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފުން ހިންގާ "ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް" ގެ ފައިނަލް އެކްސްސައިޒް - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
އެމްއެންޑީއެފުން ހިންގާ "ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް" ގެ ފައިނަލް އެކްސްސައިޒް - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މި ކޯސް ފަށާފައިވަނީ މި މަހުގެ 4 ވަނަ ދުވަހު އެވެ. އަދި މި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. މި ކޯސް ކުރިއަށްގެންގޮސްފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ.ކައްދޫގެ އިތުރުން އެއަތޮޅުގެ ބައެއް ރަށްރަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު