ނަފްސާނީ ބަލީގެ އެންމެހާ ކަންކަން ފޯރުކޮށްދިނުމުގެ ގޮތުން "ނޭޝަނަލް މެންޓަލް ހެލްތު ރިވިއު ބޯޑު"ގެ ނަމުގައި ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންޖެހޭ ގޮތަށް ނަފްސާނީ ހިދުމަތުގެ ބިލުގައި ހިމަނައިފިއެވެ.
ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމް ހުށަހެޅުއްވި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބޯޑުން ކުރާ ހުރިހާ ކަމެއް ވިލަރެސް ކުރާނީ ހެލްތު މިނިސްޓަރެވެ. މި ބޯޑަށް މެންބަރުން އައްޔަން ކުރުމުގެ ކަންކަން ވެސް ކުރާނީ މިނިސްޓަރެވެ. އަދި މުސާރައާ އިނާޔަތްތައް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ހެލްތު މިނިސްޓްރީންނެވެ.
މި ބޯޑުގެ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހުގެ އެއް ދައުރެވެ. ބިލުގައި ބުނެފައިވަނީ ބޯޑުގެ މަސައްކަތްތައް ނުވަތަ ބޯޑު މެންބަރެއްގެ ހައިސިއްޔަތުން އުފުލަންޖެހޭ އެއްވެސް މަސްއޫލިއްޔަތެއް އަދާ ނުކުރެވިއްޖެ ނަމަ އެ މެންބަރަކު މަގާމުން ވަކި ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.
ބިލުގައި ބުނެފައިވަނީ ނަފްސާނީ ބަލީގެ އެންމެހާ ކަންކަން ފޯރުކޮށްދިނުމުގެ ގޮތުން "ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތު"ގެ ނަމުގައި ހާއްސަ މަރުކަޒެއްވެސް އުފައްދަންޖެހޭނެ ކަމަށެވެ. މި ހާއްސަ މަރުކަޒު އުފެދުމާއި އެކު މިހާރު ރާއްޖޭގައި ނަފްސާނީ ބަލީގެ ކަންކަން ބަލަހައްޓާ އަދި ފޯރުކޮށްދެމުން އަންނަ ސެންޓާ ފޯ މެންޓަލް ހެލްތުގެ އެންމެހާ ބާރުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާނީ ނަފްސާނީ ހިދުމަތުގެ ބިލުގައި ބަޔާންކޮށްފައިވާ ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތުންނެވެ.
ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތުގެ މަސްއޫލިއްޔަތާއި ބާރުތަކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރެއެރުވުމާއި ނަފްސާނީ ބަލިކަށް ފަރުވާގެ އެންމެހާ ކަންކަން ފޯރުވުމެވެ. އެގޮތުން ފަރުވާއަށް އަންނަ މީހުންގެ އެސެސްމަންޓު ޓެސްޓު ހެދުމާއި ފަރުވާގެ ކަންކަން ވިލަރެސް ކުރުމާއި ފަރުވާއަށް އަންނަ ފަރާތަކަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތުގެ މަސްއޫލިއްޔަތާއި ބާރުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މި ސެންޓަރުގެ ކަންކަން ދުވަހުން ދުވަހަށް ބެލެހެއްޓުމަށްޓަކައި ހުންނަ ވެރިޔަކީ އެ ސެންޓަރު ނުވަތަ މަރުކަޒުގެ ޗީފް އެގްޒެކްޓިވްއެވެ. އެއީ ނޭޝަނަލް މެންޓަލް ހެލްތު ރިވިއު ބޯޑުން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގާނޫނު ތަންފީޒު ކުރުމާއި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެ ސެންޓަރުގެ އިދާރީ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުމެވެ.
މި މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރުމުގެ ބާރު އޮންނަނީ ސިވިލް ސާވިސް ކޮމިޝަނަށެވެ. އެ މަގާމަކީ ސިވިލް ސާވިސްގެ ޑިރެކްޓަރު ޖެނެރަލް ފެންވަރުގެ މަގާމެކެވެ.
އަބަދުވެސް ކޮންމެވެސް ބޯޑެއް ހަދައިގެން ރައްޔަތުންގެ ޓެކްސް ފައިސާ މިމީހުން ބޭނުންވާ ބަޔަކަށް ދެމުން މިދަނީ. ރައްޔަތު މީހާގެ ޓެކްސް ފައިސާއިން ރައްޔަތު މީހާއަށް ކަމެއްކޮށްދޭކަށް ނޫޅޭ.
ކިތައް ބޯޑުތޯ މިހާރު އުފެއްދީ ގުނަމާ ހިނގާ. މިހެންގޮސް ބަނބުކެޔޮ ފިލާއިންވެސް ބޯޑު ހަދާނެ
މިވެސް ދެން ރައީސަކު އުޅޭ ގޮތް. ދެން ކަމަކަށްވާ ކަމެއް މިއިންޒަމާނެއްގަވެސް ކުރެވެން ނެތްކަން މި އެނގެނީ. ބަލަ ތިކަހަލަ ކިތައްމެ ކްލިނިކެއް އައިޖީއެމްތެރޭގައި ޑޮކްޓަރުން ލައްވާ ވަނީ ހުޅުވާފަ. ރައީސް ޔާމީން ވަޑައި ނުގަންނަވާ ފޮތި ދަމަން. ދެންމަ ހީހީހީ
އިބޫ ފުރަތަމަ ކަލޭ މެންޓްލީ ފިޓެއްނޫނެއްނު އެހެއްވެ ތިކަހަލަ ބޯޑު ތިއުފައްދަނީ. ތީތަ އިބޫ ކަލޭ އުފައްދާ ބިޔަ ބޮޑަތި މަސްރޫއު ތަކަކީ. ލަދުއްދެފާ ކައިރިކޮށްލައްނުކެރެ. މިޔޮތީވާ ވެރިކަމެއް.
ތީ ކަލެއަށް ވާނެ ވަރު. ފުރަތަމަ ކަލޭ ބޮލަށް ބޭސްކުރަންވީ ތިތަނުން. ތިކަހަލަ ކިތައްމެ ބޯޑެއް ޖެހި ކުރިން. ކުރީގެ ރައީސް ނޫން އެކަންކުރީ. ސީނިއަރ ޑޮކްޓަރުން ލައްވާ އޭރު ތިކަން ކުރުވީ. ކަލޭ ގަދަ . ވަަރަށް ތަފާތު
މިވެސް ބޯޑެއް ހަދަންޖެހޭ ވަރުގެ ކަމެއްތަ؟