ބްރަސަލްގައި މި އިހަކަށް ދުވަހު ބޭއްވީ ވަރަށް ތަފާތު ފެޝަން ޝޯއެކެވެ. މި ފެޝަން ޝޯގައި ދައްކާލާފައިވާ ހުރިހާ ހެދުމެއް ހަދާފައި ވަނީ ޗޮކްލެޓްގެ ބާވަތްތަކުންނެވެ. އެތަނުގައި ހުރި ރިޕޯޓަރަކު އޭނާގެ ބްލޮގްގައި ލިޔެފައި ވަނީ ޗޮކްލެޓުން ހަދާފައިވާ ހެދުންތައް ރީތި ވެފައި ހިތްގައިމު ކަމަށެވެ. އަދި ދުވާ މީރު ޗޮކްލެޓްވަހުން އެންމެން ތިބީ ޗޮކްލެޓް ކާހިތްވެފައި ކަމަށް އޭނާ ބުނެފައިވެއެވެ.

ބްރަސަލްގައި ބޭއްވި ފެޝަންޝޯގައި ޗޮކްލެޓް ހެދުންތައް ދައްކާލަނީ: ފޮޓޯ މީސްމީޑިއާ

މި ކަލެކްޝަން އަކީ މިއީ ބްރަސަލްސްގެ ޑިޒައިނަރުންގެ ގްރޫޕަކުން އެތައް މަހެއް ވަނަދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެ މީހުން ވަނީ ޗޮކްލެޓް ބޭނުންކޮށްގެން އުފައްދާފައިވާ ހެދުންތައް ދިޔާ ނުވެ ހުންނާނެ ގޮތަށް ބެހެއްޓުމަށް ޚާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޗޮކްލެޓް ގަނޑުކޮށްގެންނައި އެކި ގޮތްގޮތަށް ތުނިކޮށް މަތިމައްޗަށް ހާކައިގެންވެސް ހެދުންތަކުގެ ބައެއް ބައިތައް ހަދާފައިވެއެވެ.

ބްރަސަލްގައި ބޭއްވި ފެޝަންޝޯގައި ޗޮކްލެޓް ހެދުންތައް ދައްކާލަނީ: ފޮޓޯ މީސްމީޑިއާ

"ސެލޯން ދަ ޗޮކޮލަޓް"ގެ ނަމުގައި ކުރިއަށް ދިޔަ މި ފެއާގައި 14 ހެދުން ދައްކާލާފައިވެއެވެ. އޭގެ ތެރޭގައި ޖަމްޕްސޫޓާއި، ޗޮކްލެޓުން ހަދާފައިވާ ފިޔަ ހިމެނޭ ހެދުންތަކާއި، މިޑީ އާއި މެކްސީވެސް ހިމެނެއެވެ. އަދި ބައެއް ހެދުންތަކާއި އެކު ބޮލުގައި އަޅަން ގަހަނާ ވެސް ޗޮކްލެޓް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވެއެވެ.

ބްރަސަލްގައި ބޭއްވި ފެޝަންޝޯގައި ޗޮކްލެޓް ހެދުންތައް ދައްކާލަނީ: ފޮޓޯ މީސްމީޑިއާ

މި ޗޮކްލެޓް ހެދުންތަކަކީ ބެލްޖިއަމް ޗޮކްލެޓް ބޭނުންކޮސްފެން ހަދާފައިވާ ހެދުންތަކެކެވެ. މި ހެދުންތައް ތައްޔާރު ކުރީ ސިކްސްޓައިން އެނޭ ދެ މޮލީނާ އާއި އޭނާގެ ޓީނުންނެވެ. މި ހެދުންތަކުގެ ތެރެއިން ކޮންމެ ހެދުމެއްގައި ހާހަކަށް ވުރެ ގިނައިން ޗޮކްލެޓްގެ ބައިތައް ހިމެނެއެވެ. އެ ބައިތައް އެއްކުރަން އެކަނިވެސް 5 މަސް ހޭދަވެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝޭޑް

    ނައިސް ވޯރކް

  2. ?❤️?

    ގައިމު ތިޗޮކްލެޓްތައް އަޅުގަނޑަށް ދިންނަމަ?????. ހަމަ ކުޅުދިޔާވެއްޖޭ?. އަސްލުވެސް ތި މަސައްކަތް ވަރަށްސަޅި. ???? އެކަމް ރާއްޖެ ކުދިން ދެންވާނެ ނޭނގުނަސް މުޅިގައިގަ ޗޮކްލެޓާ އުނގުޅައިގެން ހޭވުންގަނޑެއް ހާވަން.?? މީހަކު ކަމެއް ކޮށްފިއްޔާ ނިކަން ކޮޕީކުރާހިތްވާނެވިއްޔަ ދޯ؟؟ ??

    13
    1
  3. nahulaa

    އައްޗީޑި!!!!!!!