ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އެކަން ސަރުކާރުން މީގެ އިރުކޮޅެއް ކުރިން ހާމަކުރެއްްވީ، އެ އިސްލާހުތަކާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އަންނާތީއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސައެވެ.

އެ އިސްލާހުގައި ވަނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކަށް ތިން މަސް ދުވަހުން ހަ މަސް ދުވަހަށް ބަދަލު ކުރަން ހުށަހަޅައިފައެވެ. އަދި ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭނެ ގޮތާއި، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތުތަކާއި ޗުއްޓީ ލިބޭނެ ގޮތާއި، މުވައްޒަފުންގެ އަހުލާގާއި ގުޅޭ ގޮތުން އެ މުވައްޒަފަކަށް ފިޔަވަޅު އެޅިދާނެ އުސޫލުތައް އުނިކުރުން މި އިސްލާހުގައި ވަނީ ހިމަނާފައެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނުގައިވާ ބަލިވެގެން ސަލާމް ބުނުމުގެ މާއްދާއަށް އިސްލާހުތަކެއް ހުށަހަޅާފައި ވެއެވެ.

މި އިސްލާހުތަކާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވީ، އެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ވަޒީފާގެ ޕްރޮބޭޝަން މުއްދަތާއި، ބަލިވެގެން ސަލާމް ބުނުމުގެ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

"މިކަމަށް ހައްލެއް އަހަރުމެން ގެންނާނަން. އަދި ރަނގަޅު ހައްލެއްވެސް ހޯދާނަން". މިނިސްޓަރގެ އެޓްވީޓްގައި ވެއެވެ.

ފައްޔާޒް ވިދާޅުވީ، އެ ގާނޫނަށް ގެނައި އިސްލާހުތައް އެކުލަވާލީ އިކޮނޮމިކް މިނިސްޓްރީން ކަމަށެވެ. އަދި އެކަމަކީ އެޓާނީ ޖެނެރަލް އޮފީހުން އެކުލަވާލި ބިލެއް ނޫން ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އަދި އެ ބިލް ހުށަހެޅި އީސަ އާއިވެސް އެ ބިލާއި ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިސްލާހުތަކާއި ގުޅިގެން ސަރުކާރަށް ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މޫސަ

    މަޤާމު އުވާލުމުން ވަޒީފާ ގެއްލޭ އިސްލާހަކީ ވެސް ނުރައްކާތެރި އިސްލާހެއް.ޕާޓީގެ ފިކުރާ އިދިކޮޅު މީހެއްނަމަ ދެން އަަޑު އިވޭނީ ސަރުކާރުން މަޤާމު އުވާލި ވާހަކަ. އޭރުން މީހުން ވަޒީފާއިން ވަކި ކުރާކަށް ނު ޖެހޭނެ. އެ އަޑު އެއްކޮށް ކެނޑޭނެ. ދެން ބުނާނީ މަޤާމު އުވާލުމުން ވަޒީފާ ގެއްލުނިއްޔޭ.

    43
  2. ޖާނު

    ގަމާރު ސަރުކާރަށް ސާބަސް

    54
  3. ފަޢީ

    އީސަ ވެސް ތާއީދު ކުރާތީ ދޯ ތިކަހަލަ ބިލެއް ހުށަހަޅާނީ. ވަކި ބަހަކު ސަލާމް ބުނާތީއޭ ކިޔާފަ އެންމެނަށް ގެއްލުން ލިބޭ ގޮތަށް ޤަވާއިދު ހެދިގެން ނުވާނެ. މުޅި ޤަވާއިދު އޮތީ މުވައްޒަފުންގެ ހައްގު ގެއްލޭ ގޮތަށް އެކުލަވާލާފަ. ފައްޔާސް އިސްތިއުފާ ދެއްވުން އެދެން.

    46
    1
    • އަހްމަދު

      ބިލަކީ ސަރުކާރުން ތައްޔާރު ކޮށްފައިވާ ބިލެއް. އީސަ ތައްޔާރު ކުރި ބިލެއްނޫން. ސަރުކާރުން ތައްޔާރުކޮށް މަޖިލީހަށް ބިލް ހުށަހަޅަން އީސައާ ހަވާލުކުރީ. އޮޅުވާލަން ނޫޅެބަލަ.

      11
      3
  4. ކަނބާ

    ކޮންމެ ކަމެއްގައިވެސް ޤުރުބާންކުރަން ޖެހެނީ ސިވިލް ސަވިސްގައި ކުޑަ އު ޖޫރައަކަށް މަސައްކަތް ކުރާ މީހުންކޮޅު ހެއްޔެވެ؟ އެކަށީގެންވާ އު ޖޫރައެއް ނުދޭތާގައި އިތުރު ގަޑީގައި މަސައްކަތް ކުރުމުންވެސް އެއްވެސް އެއްޗެއް ދިނުމަކީ ހެޔޮވެރިކަމެއްގައި އޮންނަ އިންސާފު ހެއްޔެވެ؟

    43
  5. މާމީ

    ބޯއިގަން ކޮންމުރުތައްދެއް ތިވަނީ ކަލޭމެން ކީސަވެސް ބައިވެރިވެގެން ކޮންމެތާކު މަސައްކަތެއް ކުރިއަސް އެމީހަކައް އެޖެންޑާ19 ގައިވާ ހައްގު މިންވަރު ތިދިނީ މިފަހަރު އަހަރުމެން މިތިބީ ފަތިހާ ހޭލާ

    28
  6. ނުރަބޯ

    އަސްލު ޓީ،އެމް،އޭ މައްސަލައިގެ ފޯކަސް އަނބުރާލަން ޖެއްސި ގޭމެއް މިއީ. ދެން ޓީ،އެމް،އޭ އަށް ޓާމިނަލް ދޭ ވާހަކަ ހަނދާން ނެތެންދެން މީތި އެނބުރޭނީ.

    35
    1
  7. ޒާ

    ފައްޔާޒާ އީސަ ހަނދާންބަހައްޓާތި ތިކުޅެނީ ކޮންބަޔަކާކަން

    30
  8. ގެރިބަކަރި19

    ފައްޔާޒަކީ ގައުމަށްޖެހިފަ އޮތް ވަބާއެއް

    29
  9. ސިކަންދަރު

    ތީ ހުސް ކަރާފެޅުން ވާނެކަމެއް ނޯންނާނެ ގާނޫނު ހަދާ ހެދޭ ގާނޫނަކައް އަމަލެއް ނުކުރޭ ކޮން ގާނެއްގަތޯ އޮތީ ބިދޭސީންނައް ވިސާ ނުލާ ވޯކްޕާމިޓް ނުހަދާ ސޭޓުކަމާ ދަމާކެނޑުމާ ލެއްވީހާ ވިޔަފާރިއެއް ސަރުކާރައް ޓެކްސް ނުދީ އުޅެވޭނޭ ލަދުންބޯހަލާކް

    19
    1
  10. ހުސައިން

    އިސްލާޙެއް.

    ރާއްޖޭން ބޭރު މީހުނަށްދޭ އެލަވަންސް ރާއްޖޭގެ ރައްރަށުން އައިސް ވަޒީފަ އަދާކުރާ ބޭފުޅުންނަށްވެސް ލިބޭގޮތަށްވުމަކީ ގިނަބަޔަކަށް ލިބޭނެ އުފަލެކެވެ. އެއްގޮތަކުން ބަލާއިރު ބޭރުމީހުނަށް ދިނުމަށްވުރެ ރަށްރަށުން އައިސް ތިބޭ ބޭފުޅުންނަށް ދިނުން މާ އައުލާކަން ބޮޑު. އެހެނީ ބޭރުގެ ބައެއް މީހުންތައް (އެކަނި އުޅޭ މީހުން) ކުއްޔަށް ހިފަނީ 2 - 3 މީހުންވެގެން. އެހެންކަމުން އެމީހުން ކއްޔަށް ޚަރަދުކުރަނީ ކުޑަ އެއްޗެއް. ނަމަވެސް ރަށްރަށުން އައިސް ވަޒީފާ އަދާކުރާ ބޭފުޅުން އުލެނީ ލިބޭ މުސާރަކޮޅުން ވަކިން ތަނެއް ހިފައިގެން. މިކަންތައް ދެކޮޅު ޖައްސަންވެގެން ބޭފުޅަކު ބުނަނީ އެއީ ޕްރޮފެޝަނަލް މީހުން ނުލިބޭތީ ކަމށް. މިއީ ތަންކޮޅެއް ކުރީގެ ކަމަކަށް ވިއަސް މިހާރު ޕްރޮފެޝަނަލް ދިވެހިން ލިބޭ. މިތަފާތު ގެންގުލޭތާ ކިތަންމެ ދުވަހެއް. އެއްގޮަތަކީ ރަށްރަށުން އައިސް ވަޒީފާ އަދާކުރައްވާ ބޭފުޅުންނަށްވެސް އެލަވަންސެއް ދިނުން ނުވަތަ ބޭރުމީހުނަށްދޭ އެލަވަންސް ކަނޑާލުން

    12
  11. ޙަމައަސްްލު

    ޢީސާ ދޭބަލަ ރާކަނިމަސް ކައިގެން އައިސް އަދި ސިވިލް ސާވަންޓުން ގެ އެފް އާ ރް އެލް އަށް ގޮތެއް ހެދޭތޯ

  12. Anonymous

    އިޞްލާޙްތަކަށް ބަދަލު ގެންނަން ނިންމި ނަަމަވެސް އެއީ ވަގުތީ ކަމެއް. ކައުންސިލް އިންތިޚާބަށް ޖަހާ މަޅިއެއް ނިމުނީ ދުވަސްކޮޅަކުން ތިކަން ކުރާނެ.

    14
  13. ބެން

    އީސަ މިހާރު ހަދާން ނެތް ދޯ ބަނޑޮސް ގަ ވެއިޓާރގެ ވަޒީފާގަ އުޅުފަ ހުރިގޮތް މިހާރު އެމް ޕީ އަކަށް ވެ މާލެގައި ބޮޑެތި ވިޔާފާރި ފެށުނީމަ މީހާޔަައް މީހާފެނުނީ ދޯ އެހެންމީހުންނަން ގޮތް ހަދާއިރު ތިމާއުޅުފައި ހުރި ގޮތް ހަދާކޮށްލާ

  14. އިބުރާހީމް

    ސަލާމްބުނުން މަދުކުރަން ސަރުކާރުން ހުށަ ހެޅަފައިވާ އިސްލާހަށް ނުހަނު ތާއީދުކުރަން. ސިވިސް ސަރވިސްގެ ބޮޑުބައެއް ބަލިނުވެ ސަލާމްނެގުމަކީ އާއްމުކަމެއް. އެކަމުގެ ސަބަބުން މަސައްކަތަށް ހުރަސްއެޅި ސިވިލް ސަރވެންޓްގެ އިތުބާރު މިވަނީ ކުޑަވެފައި. ވަގުތު އެދެވޭގޮތެއްގައި ހޭދައެއް ނުކުރެ.

  15. ދުންމާރި

    ތީ ލަދުހަޔާތްކުޑަ ނުކުޅެދޭ ސަރުކާރެއް މިހާރުވެސް އެއްބިތުން އަނެއްބިތުން ތެޅިތެޅި ތިޔަތިއްބަވަނީ ދެންވެސް ޖެހޭނީ ހަމަ ކުރިންވެސް ޖެހުނުތާ

  16. ހުސައިން މުހައްމަދު

    މިފަސްއަހަރުނިމެންކައިރިވަންދެންތިބޭތި އެންމެކުޑައުޖޫރަ އިކޮނޮމިކުމިނިސްޓަރ ބޮލައްޖަަހައިގެން އަލުގަނޑުގެހިތައްއަރާ ތިވާކިހާވަރެއްގެ އުޖޫރައަަަަަކައްވަަަަާނެބާއޭ....