އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފެބްރުއަރީ 25 ވަނަ ދުވަހުގެ އިރުއޮއްސި 18:00 ގެ ކުރިން "ވަގުތު" އަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން މޮނިޓަރަކަށްވުމަށް އެދޭ ފޯމު، މޮނިޓަރަކަށްވުމަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ އަދި މޮނިޓަރަކަށްވުމަށް އެދޭ ފަރާތުގެ މޮނިޓަރުންގެ އިޤްރާރު ފުރިހަމަ ކުރުމަށް ފަހު އީމެއިލް ކުރައްވާނީ "ވަގުތު" މެއިލް [email protected] އަށެވެ. އީމެއިލް ކުރައްވާއިރު މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ބޭފުޅަކާއި ގުޅޭ ފޯނު ނަމްބަރެއް އީމެއިލްގައި ހިމަނުއްވަން ވާނެއެވެ.

ފުރިހަމަ ކުރައްވަން ޖެހޭ ފޯމާއި އިޤުރާރު އަދި މޮނީޓަރުން އަމަލު ކުރަން ޖެހޭ އުސޫލު ތިރީގައިވާ ލިންކްތަކުގައި ހުންނާނެއެވެ.

މޮނިޓަރަކަށް ވުމަށް އެދޭ ފޯމު

މޮނިޓަރުންގެ އިޤުރާރު

ސުލޫކީ މިންގަނޑު

މޮނީޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކުން "ވަގުތު" ގެ ނަމްބަރ 7999681 ނުވަތަ 9500101 އަށް ގުޅުމުން އިތުރު މައުލޫމާތު ސާފުވާނެއެވެ.

އައިޑީކާޑުގައިވާ ފޮޓޯ ނޫން ފޮޓޯއެއް ފާހުގައި ޖަހަން ބޭނުން މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ، JPEG/PNG ފޯމެޓުގައި) ސޮފްޓް ކޮޕީ ހުށަހަޅަން ޖެހޭނެއެވެ. ފޮޓޯ ސޭވްކޮށްފައި ހުންނަންވާނީ އެފޮޓޯގައިވާ މީހާގެ އައިޑީ ކާޑު ނަންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އ. ޖ. އ

    ކިހާވަރެއް ލިބޭނެ ؟

    • ހިލޭ

      ހިލޭ ސާބަހަށް ހަމަ..

  2. ޒަރީރު

    ހިލޭ ސާބަހައްތޯ ތިޔަކަން ކުރަން ޖެހޭނީ.؟