މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ ޚަބަރުތައް.

23:37

ޗައިނާ އިން ބުނާ ގޮތުގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން މަރުވަނީ 2.3 އިންސައްތަ މީހުން. ތަފާސް ހިސާބުތަކަށް ބަލާއިރު އިންފުލްއެންޒާ ޖެހިގެން މަރުވަނީ 0.1 އިންސައްތަ މީހުން. ނަމަވެސް ސާސް ޖެހުނު މީހުންގެ ތެރެއިން 9.6 އިންސައްތަ މީހުން މަރުވި. އަދި މާސް ޖެހުނު މީހުންގެ ތެރެއިން 35 އިންސައްތަ މީހުން މަރުވި. އެހެންކަމުން ނުރައްކާތެރި ބަލިތަކަށް ބަލާއިރު ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު މަދު.

22:52

22:11

ހޮންކޮންގަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އެމެރިކާގެ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން އިން އިލްތިމާސްކޮށްފި. އެއިދާރާ އިން ދެންމެ ވަނީ ހޮންކޮންގަށް ދަތުރު ކުރުމާއި ގުޅޭ ގޮތުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައި. މި އެޑްވައިޒަރީގައި ބުނެފައި ވަނީ ހޮކޮންގަށް ދަތުރު ކުރިނަމަވެސް ބަލި މީހުންނާއި ބައްދަލު ނުކުރުމަށް އިލްތިމާސް ކުރާކަމަށް. އަދި އަތް ދޮވުމަށާއި ސާފުތާހިރުކަމަށް އިސްކަން ދިނުމަށް އިލްތިމާސްކޮށްފައިވޭ.

22:07

21:38

21:15

ކޮވިޑް-19 ފެތުރެން ފެށި ގޮތާއި ބެހޭ ގޮތުން ދައްކާ ކޮންސްޕިރަސީ ތިއަރީތަކުގައި ހަޤީޤަތެއް ނެތް ކަމަށް ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ 27 ސައިންސްވެރިޔަކު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފި.

"ދަ ލެންސެޓް" ގައި ސައިންސްވެރިން ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅޭ ގޮތުން އުފައްދަމުން ގެންދާ ކޮންސްޕިރަސީ ތިއަރީތައް ކުށްވެރިކުރާކަމަށާއި އެއީ ބިރުވެރިކަން އުފައްދަން ބަޔަކު ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށް.

މިހާރު އެންމެ ގިނައިން ދައްކަމުން އަންނަ ކޮންސްޕިރަސީ ތިއަރީއަކީ ކޮވިޑް-19 އަކީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އެރި ބައްޔެއް ނޫން ކަމަށާއި އެއީ ޗައިނާ އިން ލެބޯޓްރީއެއްގައި އުފެއްދި ބައްޔެއް ކަމަށް ބުނެ ފަތުރަމުން އަންނަ ތިއަރީ.

20:34

ސިންގަޕޫރުން އިތުރު 3 މީހަކު ކޮވިޑް-19 ވައިރަސް އަށް ޕޮސިޓިވް ވެއްޖެ. މިއާއިއެކު އެ ގައުމުން ޕޮސިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 84ށް އަރާފަ.

18:24

ޖަޕާނުގައި ބަނދަރުކޮށްފައިވާ ޑައިމަންޑް ޕްރިންސެސް އިން އިތުރު79 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

18:06

ހޮންކޮންގުގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިފައިވާ އިތުރު މީހަކު ފެނިއްޖެ

އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ އެންމެ ފަހުން ފެނިފައިވަނީ އުމުރުން 83 އަހަރުގެ އަންހެނެއް ކަމަށް

އޭނާއާއި އެކީ މިހާރު އެގައުމުން ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 63 އަކަށް އަރާފައި

17:33

ޗައިނާގެ ވޫހާން އިން ފެތުރެން ފެށި ކޮވިޑް-19 އީރާނުންވެސް ފެނިއްޖެ.

17:01

މެދު ރާއްޖެތެރޭގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި.

12:18

ކެމްބޯޑިއާގައި ބަނދަރުކޮށްފައި އޮތް "ވެސްޓާޑަމް" ގްރީޒްލައިނާގައި ތިބި މީހުންގެ ތެރެއިން 781 މީހަކު ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ޓެސްޓްތަކުން ދައްކައިފި. މިކްރޫޒް ލައިނާގައި ތިބި މީހުންނަށް ކޮވިޑް-19 ޖެހިފައި ވެދާނެ ކަމަށް ޝައްކު ކުރެވުނީ އޭގައި ހުރި ޗައިނާ އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން.

10:43

ޗައިނާ ފިޔަވައި އެހެން ގައުމުތަކުން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1000 ފަހަނައަޅައިފި. މިހާރު ތަފާސް ހިސާބުތައް ދައްކާ ގޮތުން އެހެން ގައުމުތަކުން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1011 އަށް ވަނީ އަރާފައި. މީގެ ތެރެއިން 545 މީހުންނަކީ ޖަޕާންގެ ބަނދަރުގައި އޮތް "ޑައިމަންޑް ޕްރިންސަސް" ގައި ތިއްބާ ވައިރަސް ޖެހުނު މީހުން.

09:21

08:40

ކޮވިޑް-19 ޖެހިގެން ހޮންކޮންގް އިން ދެވަނަ މީހަކު މަރުވެއްޖެ.

ހޮންކޮންގެ ޕްރިންސެސް މާގްރެޓް ހޮސްޕިޓަކުން ބުނީ ކޮވިޑް-19 ޖެހިގެން މަރުވީ 70 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ފެބްރުއަރީ 14 ވަނަ ދުވަހު ކަމަށް.

ހޮންކޮންގް އިން މިހާތަނަށް ކޮވިޑް-19 އަށް 62 މީހަކު ޕޮޒިޓިވްވެފައިވޭ. އޭގެ ތެރެއިން ދެމީހަކު ވަނީ މަރުވެފައި.

މީގެ ކުރިން ހޮންކޮންގް އިން ކޮވިޑް-19 ޖެހިގެން މަރުވީ 39 އަހަރުގެ ފިރިހެނެއް. އޭނާ އަކީ އެހެން ބައެއް ބަލިތަކަށް ވެސް ފަރުވާ ކުރަމުން އައި މީހެއް. އޭނާ ވަނީ ޖަނުއަރީ 21 އިން 23 އަށް ޗައިނާގެ ވޫހާން އަށް ދަތުރު ކޮށްފައި. އޭނާ މަރުވީ ފެބްރުއަރީ 04 ވަނަ ދުވަހު.

08:40

08:22

"ޑައިމަންޑް ޕްރިންސަސް" ގައި ތިބި ހުރިހާ ފަސެންޖަރުން އެކްރޫޒް ޝިޕުން މިއަދު ފައިބައިފި.

08:07

ކޮވިޑް-19 އާއި ގުޅިގެން މިއަދު ލިބުނު ޚަބަރުތަކަށް ބަލާއިރު ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ވޫހާންގައި ތިބި ހަތް ދިވެހިން މިއަދު ވަނީ މާލެ ގެނެސްފައެވެ.

އިތުރު ޚަބަރުތަކަށް ބަލާއިރު ކޮވިޑް-19 ފެތުރުނު ގޮތާއި މެދު ސުވާލު އުފެދޭ ކަމަށް "ބީބީސީ" އިން ވަނީ މިއަދު ބުނެފައެވެ.

ރާއްޖޭގެ މަސްރަހުން ފާހަގަ ކުރެވުނު ޚަބަރުތަކަށް ބަލާއިރު އެންމެ ފާހަގަ ކުރެވުނު ޚަބަރަކީ ނުއަގުގައި ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ތާއިދު ކުރި ޚަބަރެވެ.

އޭގެ އިތުރުން ޑރ.ބިލާލް ފިލިޕްސް ރާއްޖެ ގެންނަން ކުރި މަސައްކަތް އެމްޑީޕީ މެންބަރުންގެ ދެކޮޅު ހެދުންތަކުގެ ސަބަބުން މިއަދު ވަނީ ހުއްޓާލާފައެވެ.

އިތުރު ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު