ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަމްޖަދު އަބްދުލްޢަނީގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން)ން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން މިއަދު ވިދާޅުވީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަމްޖަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ކޮމިޝަނުން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައި ކަމަށެވެ.

ނަމަވެސް އޭނާއާ ގުޅޭ ގޮތުން ބަލަމުން ދަނީ ކޮން ކަހަލަ ސުލޫކީ މައްސަލައެއްކަން ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

ޖޭއެސްސީން މީގެ ކުރިންވެސް ވަނީ ބައެއް ފަނޑިޔާރުންނާއި ގުޅޭ މައްސަލަތައް ބަލައި، ފިޔަވަޅު އަޅާފައެވެ. އަދި ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު