މިއަދު މެންދުރު ފަހު ހުޅުމާލެ އިން މާލެއަށް ދިޔަ ދާން ސައިކަލެއްގައި ދިޔަ މެދު އުމުރުގެ މީހަކު ހައިވޭމަތިން ކަހާލައިގެން ވެއްޓި އަނިޔާތަކެއް ވެއްޖެއެވެ.

އޭނާ ހައިވޭމަތިން ކަހާލައިގެން ވެއްޓުނީ މިއަދު 15:40 ހާއިރު އެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ 49 އަހަރުގެ މީހަކަށެވެ.

އެ މީހާ އޭޑިކޭއަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ބޮލުގެ ފުށްކިބައިން ފަޅައިގެން ގޮސްފައިވާ ކަމަށާއި، އޭނާގެ އަނގައިގެން ލޭ އަންނަ ކަމަުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

އަދި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ މީހާގެ އަތުގައި ލައިސަންސް އޮންނަ ކަމަށާއި، އެކަމާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޔާގޫތު

    މާވަހަރެއް ބަލާ ދާންއުޅުނުމުގެތެރޭ އެވެއްޓުނީ

    3
    2
  2. ނައިނާ

    އަވަސް ޝިފާޔަކަށްއެދެން

  3. ޜޫބީ

    ތިކަން ހިގިތަން ދުށްބަޔަކު އެބަތިބިބާ!

  4. ރަދީފް ހުސެން

    ވެއްޓުނުތަން ފެނުނުމީހުން ހޯދަން އިއުލާން ނުކު ރާނެބާ؟؟

  5. ބްރޯ

    މާވަހަރު ފެނުނިމަ އެހެން މިހަކަށް ލިބިދާނެތި އަވަސްކުރަން މަބަަރަށް ދަނިކޮށް ކުރީބުރަކިީގަ ބާރަށް ހިފުނީ ކަހާލި މިހެންވެ ކަމަށް ފެންނަނީ