މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ ޚަބަރުތަކާއި ދުނިޔެ އާއި ރާއްޖެ އިން ފާހަގަ ކުރެވޭ ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލެވެ.

23:51

23:35

ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެމުންދަނީ އެއާލައިންތަކަށް. އެއާލައިންތަކަށް މިހާތަނަށް ލިބުނު ގެއްލުން ވެސް 29.3 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ.

22:53

21:40

އިނގިރޭސިވިލާތުގެ ލަންޑަންގެ މިސްކިތެއްގެ އިމާމަކު ނަމާދަށް ހުއްޓާ އޭނާއަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

21:36

20:18

ޖަޕާނުން އަނެއްކާވެސް އިތުރު 12 މީހަކު ކޮވިޑް-19 ވައިރަސް އަށް ޕޮސިޓިވް ވެއްޖެ. ޗައިނާ އަށް ފަހުގައި އަދިވެސް އެންމެ ގިނަ ބަޔަކު ޕޮސިޓިވްވެފައި ވަނީ ޖަޕާނުން.

18:55

ކޮރޯނާ ވައިރަސް އާ ގުޅިގެން ދިވެހިން ފިޔަވާ ޗައިނާއިން، އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭ ގޮތަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީއާއި ގުޅިގެން، ރާއްޖޭގައި ޗައިނާއިން ހިންގާ ޕްރޮޖްޓްތައް ހިންގަން ދަތިތަކާއި ދިމާވެފަިއވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޒް-ހޮންގް ވިދާޅުވެއްޖެ.

17:16

ޖަޕާނުގައި ކަރަންޓީން ކޮށްފައިވާ "ޑިއަމަންޑް ޕްރިންސެސް" އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 634 އަށް އަރައިފި.

17:07

17:06

15:47

އީރާނުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްކެ. އިއްޔެ އީރާނުން ވަނީ ކޮވިޑް19 ޖެހުނު ދެ މީހަކު މަރުވެފައި. އިރާނުގެ ފަސް ހޮސްޕިޓަލެއްގައި ކޮވިޑް19 އަށް ފަރުވާ ދިނުމަށް ވަނީ ހާއްސަ ކުރެވިފައި.

15:40

ދެކުނު ކޮރެއާގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ ސިޓީ ޑައެގޫ ސިޓީގައި 2.5 މިލިއަން މީހުން ބޭރަށް ނުކުތުން މަނާކޮށްފި.

15:33

ދެކުނު ކޮރެއާގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރެން ފަށައިފި.

15:27

ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެމުން އަންނަ ކޮވިޑް 19 ޖެހިގެން ދެކުނު ކޮރެއާއިން މީހަކު މަރުވެއްޖެ.

14:47

ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެތުރެން ފެށި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން ޗައިނާ އިން ބޭރުގައި މި ބަލި ޖެހިގެން މިހާތަނަށް 1،100 އަށް ވުރެ ގިނަ މީހުން ރިޕޯޓް ކޮށްފައިވާ ކަމަށް މީޑީއާތަކުން ބުނެފި.

14:24

މިއަދުން ފެށިގެން އައިޖީއެމްއެޗުގައި ކޮވިޑް 19އަށް ޓެސްޓު ހެދޭނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެ.

13:45

13:45

10:44

10:36

މަކާއޯގެ 29 ކެސީނޯއެއް ހުޅުވުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފި. ކެސީނޯތައް ބަންދު ކުރިތާ ދެހަފްތާ ފަހުން ކެސީނޯތައް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދީފައި ވަނީ ސިއްހަތާއި ބެހޭ ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމަށް ޝަރުތުކޮށްފައި.

އެގޮތުން ކެސީނޯތަކުގެ މުވައްޒަފުން މާސްކް އެޅުމަށާއި އެހެން މީހުންނާއި ވާހަކަ ދައްކާއިރު އެއް މީޓަރު ދުރުގައި ހުރުމަށް އަދި ހުން އައިސް ރޯގާ ޖެހިފައި ހުރި އެއްވެސް މީހަކު ކެސީނޯތަކަށް ނުވެއްދުމަށް ވަނީ ޝަރުތުކޮށްފައި.

10:31

09:46

08:45

"ޑައިމަންޑް ޕްރިންސަސް" ކްރޫޒް ލައިނާގައި ތިއްބާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެމީހަކު މަރުވެއްޖެ ކަމަށް ޖަޕާނުން ބުނެފި.

ޖަޕާންގެ ހެލްތު މިނިސްޓްރީން ދެންމެ ބުނީ މަރުވެފައި ވަނީ އުމުރުން 80 ގެ އަހަރުތައް ގުނަމުން ދިޔަ ދެމީހުން ކަމަށް. އެމީހުންގެ ގައުމެއް، އަދި އެމީހުންގެ ޖިންސެއް ވެސް ޖަޕާން ސަރުކާރުން ހާމައެއް ނުކުރޭ.

"ޑައިމަންޑް ޕްރިންސަސް" އިން 624 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި.

08:43

08:17

08:10

ކޮވިޑް-19 އާއި ގުޅިގެން މިއަދު ފާހަގަ ކުރެވުނު އެންމެ މުހިއްމު އެއް ޚަބަރަކީ އީރާނުން ކޮވިޑް-19 ފެނުނު ޚަބަރެވެ. އަދި ކޮވިޑް-19 ޖެހުނު ދެމީހުން އީރާނުން މަރުވި ޚަބަރެވެ.

ކޮވިޑް-19 ޖެހުނު ބައެއް މީހުން އެމީހުންގެ ވާހަކަތައް މީޑިއާއާއި ހިއްސާ ކުރަމުން ގެންދާއިރު، އެމީހުން ތަހައްމަލް ކުރި ބިރުވެރިކަން ކޮންމެވެސް ވަރަކަށް އަންދާސާ ކުރެވެއެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 2000 ފަހަނައަޅައި ދިޔައީ ވެސް މިއަދު އެވެ.

ރާއްޖެ އިން ފާހަގަ ކުރެވޭ ޚަބަރުތަކަށް ބަލާއިރު މިއަދަކީ ވެސް ޖިންސީ ގޯނާގެ މައްސަލަތަކެއް ރިޕޯޓް ކުރި ދުވަހެކެވެ.

އިތުރު ޚަބަރުތަކަށް ބަލާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދީނީ އިލްމުވެރިންގެ މެދުގައި ބަދަލުކުރެވެމުންދާ ބަހުގެ ހަމަލާތަކަށް އަދިވެސް ނިމުން ނާދެއެވެ.

ކިޔުންތެރިންގެ ހިޔާލު